Easily Modern History; The 1690s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Easily Modern History; The 1690s

          Equivalent terms

          Easily Modern History; The 1690s

            Associated terms

            Easily Modern History; The 1690s

              4 Archival description results for Easily Modern History; The 1690s

              4 results directly related Exclude narrower terms
              NAM DOC-MN-F6-15 · Item · 1695
              Part of Documents

              1106ހ(1695މ މާޗް)ގާ، ސުވަސްތިސިރީ މަތަމަހާސިރީ ފުރަސިތުރަ އައުދާނަސިރި ކުލަރަންމީބަ އައުދަކީރިތި ބޮވަނަ މަހާރަދުން(މުހައްމަދު ރަސްގެފާނު-ދެއްވަދޫ(ރަދުންގެ ނަން ތާރީހަށް ބަލާފާ)، އައްޑުއަތޮޅު މީދޫ ދޮންއަލީގެ ދަރި އަބޫބަކުރު، އެރަދުންގެ ދަރުބާރުގާ، އޭނާގެ ބައްޕަގެ ހުރިހާ މިލްކެއް، އޭނާގެ އެދުމުގެމަތިން، ރަންދިޔާގެފާނު(ރަދުންގެ ފުރަތަމަ އަންހެންބޭފުޅާ؟)އާއި، އަދި އެދޮންއަލީއަށް ދަރުމަ ލިބުމަށް ވަގުފްކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން...(ފެންނަށް އޮތީ، މިހިސާބަށް ލިޔެފާވާ، މިފަތު ފުރަތަމަ ސަފްހާ)Size: 10" X 8"
              Sh .Meedhoo - Deed for housing plot, Housing plot (Property)

              National Archives of Maldives
              NAM DOC-MN-F6-21 · Item · 1697
              Part of Documents

              1108ހ(1697މ)ގާ، އައްސުލްތާނު އިސްކަންދަރު އިބްރާހީމް(ކަލާފާނު)ގެ ރަސްކަމުގާ، އެރަދުންގެ ރަސްކަމުގެ 4ވަނަ އަހަރު، 997ހ(1589މ)ގާ، ހައްދުންމަތީ ގަމުގެ ހުކުރު މިސްކިތް ބާވެގެން، އެރަށު ރައްޔިތުން، އާ މިސްކިތަކަށް އެދި، އެރަދުންގެ އަމުރު ލިބި، އެޅި މިސްކިތް، ނިމިއްޖެ ކަމުގާ ބުނެ، އިހު މިސްކިތުގެ ލޯމާފާނުގާ، އެތަނުގެ ބޯގަޔަށް ލަށްވާފާހުރި އެއްޗެތި، އަލަށް އެޅި އެ މިސްކިތަށް ލަށްވާދެއްވުމަށް އެދުމުން؛ އެކަން އެގޮތަށް އޮންނަންވާނެ ކަމުގަޔާ، އެރަށު ގޮއިފާލަށްބާ ނޫން އެހެން ހުރިހާ އެއްޗެއް، އެމިސްކިތު ބޯގަޔަށް ލަށްވާ، އަދި، އިސްކަންދަރު ރަދުންގެ ބައްޕާ އައްސުލްތާނު މުހައްމަދު(ބޮޑުތަކުރުފާނު)، ލ.ގަމަށް ވަޑައިގެތް ފަހަރު، އެރަށު ރައްޔިތުން، އެރަދުންނަށް ދީފާވާ، 400ބަމަ ހިންނައާ، އިސްކަންދަރު ރަދުންނަށް، އެރަށު މީހުން ދީފާވާ ހިންނައާވެސް، ގޮއި(ސަރުކާރަށް އެތަނަކުން ދޭންޖެހޭ ތަކެތި)ކަނޑުއްވާ، އެމިސްކިތަށް ބޯގައަށް ދެއްވާ، އެތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުނަށް ލަށްވާފި ކަމުގެ އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިއުމުން، މުހައްމަދު ހަތީބު ލިޔުނު (ދިވެސްއަކުރުން) ފަތުގެ، 1962ހ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކުރަށްވައިފާވާ ތާނަ ތަރުޖަމާ.Size: 10" X 8"
              L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F6-39 · Item · 1694
              Part of Documents

              1105ހ(1694މ)ގާ،(ރަދުންގެ ނަމެއް ނެތް.. ތާރީހަށް ބަލާފާ) މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރަށް، ފާދިއްޕޮޅު ކުރެންދޫ މީހުން އައިސް، އެރަށުގެ މާމިސްކިތް މައްޗަށާއި ޝެއިހު ނަޖީބު ހަބްޝީގެ ޒިޔާރަތް މައްޗަށް ހުރި ބޯގަ ނުލިބޭތީ އެދެތަން ނުބެލެހެއްޓޭނެކަމުގާ ބުނުމުން؛ އެތަނުގެ، މުހައްމަދު ރަދުން(ބޮޑުތަކުރުފާނު)ދެއްވި ފަތުގެ މައްޗަށް، އިސްކަންދަރު އިބްރާހީމް ދެއްވި ފަތުގެ މައްޗަށް، ކުޑަމުހައްމަދު ރަދުން ދެއްވި ފަތްކޮޅުގާ ވާގޮތު މުލިބަންއޯރަ؟؟އަށް އޮތް ދޮޅަސްކޮށި ނޫން ހުރިހާ ތަންތަނެއް ބޯގައަށް ލަށްވާ، އޭގެ ހަވާލުވެރިކަން ކުރެންދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ އާއި އަހުމަދު ހަތީބު ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1941މ އޭޕްރިލް 10)ގާ، ކޮށްފާވާ ތަރުޖަމާއެއް.(F0-75އާއި އެކަށްޗެއް)Size: 10" X 8"
              Lh.Kurendhoo - Maa Miskiiy (Mosque), Sheikh Najeeb Habsheege Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-R-34 · Item · 1697
              Part of Documents

              1108ހ(1697މ)ގާ، އައްސުލްތާނު މުހައްމަދު ރަދުން(ރަސްކަލެއްގެ ނަމެއް... ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 4 ވަނަ އަހަރު، ލ.ގަމުގެ ރައްޔިތުން، އެރަދުންގެ ދަރުބާރަށް އައިސް، އެރަށުގެ ހުކުރު މިސަކިތް ބާވެ ހުކުރު ކުރެވޭނެގޮތެއް ނެތް ކަމަށާ، އެހެންވެ ހުކުރުމިސްކިތެއް ބިނާކޮށްދެއްވުމަށް އެދުމުން، އެކަން ކުރުމުގެ ހުއްދަދެއްވުމުން، އެ މިސްކިތް ބިނާކުރުމަށް ފަހު، ކުރީގެ މިސްކިތަށް، އިހު ރަސަކަލުން ދެއްވާފާވާ ލޯމާފާނު(އިހުގާ ލޮއި ގަނޑުގަނޑުގާ ކަނޑާނަގާފާވާ ލިޔުން..)ގާވާ ބޯގަ، މި މިސްކިތަށްވެސް ދެއްވެވުމަށް އެދުމުން، އެލޯމާފާނުގާ ބުނެފާވާ އެންމެހާ ކަންކަމެއް އެމިސްކިތައް ލަށްވާ... (މިފަތް ހަލާކުވެގެން ކިޔަން އުނދަގޫ) (Size: 15.3" × 9.8")
              L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives