Modern History; The 1790's

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Modern History; The 1790's

          Equivalent terms

          Modern History; The 1790's

            Associated terms

            Modern History; The 1790's

              19 Archival description results for Modern History; The 1790's

              19 results directly related Exclude narrower terms
              NAM DOC-MN-F3-16A · Item · 1794
              Part of Documents

              1208ހ ރަޖަބް(1794މ ފެބްރުވަރީ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިމިތީ ދޮންމަނިކު އާއި ފިހާރަ ކޮއިގެ ދަރި(ނަމެއްނެތް) ދެމީހުން އައިސް، ފިހާރަކޮއިގެ ދަރީގެ ކާފަ ފިހާރަ ހަސަން ކަލޭފާނު އޭނާއަށް ހިބައިން ދިން މާފަންނުގާ އޮތް ވަގުފް ގޯތިން(F3-16B) ލިބޭއެއްޗަކުން، ވަގުފް ފުއްދާފާ ދެން އިތުރަށް އޮތް މަންފާއެއް، އޭނާއަށާ، އޭނާގެ އެއްބަފާ އަންހެންކޮޔާ އިން އެހިމިތީ ދޮންމަނިކު އަތުން 30ކޮއްޓޭ ބޮލި އަތުލާ، އެ ހިމިތީ ދޮންމަނިކުއަށް އެތަނުގެ ހަވާލުވެރިކަން ދީ، އަދި އެދެބެއިންގެ ދަރިކޮޅު މީހަކަށްވެސް އެތަން ނުނެގޭނެ ކަމުގާ ފަތެއް ލިޔދެއްވުމަށް އެދުމުން އެކަން ބެއްލެވިއިރު، 1190ހ ރަމްލޯނު(1776މ އޮކްޓޯބަރު)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއަތު މަޖިލީހުން، އައްނައިބު އަހުމަދު ބަންޑާރަނައިބު ލިޔެދެއްވި އެތަނުގެ އިހު ފަތުގާ ފިހާރަހަސަން ކަލޭފާނު އެގޯތި ވަގުފްކޮށް، އޭނާ ދަރިއެއްގެ ގޮތުގާ ބޮޑުކުރި އިބްރާހީމް ކަލޭގެއަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ސާބިތުވެ، އެއެދުމުގެ މައްޗަށް، އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް.
              މިނަކަލުގާ ބުނެފާވާ އެއްޗެއް މާކަ ސާފެއް ނޫން.
              (Size: 10" X 7.4") Chief Justices - Al Ghaazee Ibrahim Majduddin
              K.Male' - M.Fihaara Hassan Kaleygefaanu Goathi (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F3-16 · Item · 1793
              Part of Documents

              1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، އަލްހާޒިން އަބޫބަކުރު މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު މުހައްމަދު ބަނޑޭރި، އެތެރެބަނަޑަހަލަ ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު އަލީ ސައިދުއްލާ އަދި، ތޮއްޑޫ އިބްރާހީމް ހާޒިރުކޮށް، މަޖިލީހެއް ހަދާ، މާލޭގާވާ ބަންޑާރަ ގޯއްޗާ މިލްކުގޯތި، ހެކިސާބިތުކޮށް ވަކިކުރުމަށް ހަވާލުކުރެއްވުމާ ގުޅިގެން، ފިހާރަކޮއެގެ މާފަންނު ވަށާހިނގާގޯޅީގެ އެތޭރޭގާވާ ގޯއްޗާމެދު އަރާރުންވާތީވެ، އޭރުތިބި ދުވަސްވީ މީހުންގެ ހެކިން، އެގޯތި އެއީ، ފިހާރަ ހަސަން ވަގުފްކޮށް، އެ ފިހާރަކޮއެ އަށް ދީ، އެތާގެ ހަވާލުވެރިކަން އޭނާޔަށާ އޭނާގެ ދަރިންނަށް ލަށްވާފާވާ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެމަގަށް، އެގޯއްޗަށް ފަތެއް ދެއްވުމަށް އެދުމުން، ރަދުންގެ ހުއްދަލިބި، އަލްހާޒިން އަބޫބަކުރު މުހައްމަދު ހަނދޭގިރި ކިޔުމުން މާލެ ލިޔާއަޅާ ލިޔުނު ފަތުގެ ނަކަލެއް.
              މިނަކަލުގެ އެންމެ މަތީގާ 'މ.ޖޭމުގަސްދޮށުގޭ ފަތް' މިހެން ލިޔެފާވެއެ.
              Size: 10" X 7.4"
              K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F0-146 · Item · 1793
              Part of Documents

              1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް، ކަމުވޮށި ބޭކަލުންކުރެ، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރު ބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް އަޅާ އަށް، މާލޭގެ ހަތަރު އަވަށުގެ އޮތްހާ ބަންޑާރަ ގޯތި ތަކާއި، އަމިއްލަ ގޯތި ތަށް ވަކިން އިނގޭނޭ ގޮތް ހެދުމަށް އެންގެވުމުން، އެކަންތައް ބެލުމުގާ، އެ ހަތް މީހުންގެ މަޖިލީހަށް، މައްޗަންގޯޅި، މާވެވު ފޫރުއްބައިން(އިރުން) އޮތް، ނޮޅިވަރަމު އާބަކުރުގެ ދަރި ދޮންއަލީގެ ދަރި މުހައްމަދު ތަކުރުގެ ގޯތީގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކާ، ވަށަފަރު ހަސަން ވަތަބަނޑޭރިގެ ދަރި އަލީ، ހާޒިރުކުރަށްވާ، އެކަން ވެފާވާގޮތް އެހުމުން، އޭނާޔަށް އެގޯތި، 53ކޮށްޓޭ ބޮއްޔަށް، އެމުހައްމަދު ތަކުރު ވިއްކާ، އަގުދީ ހަލާސްކޮށް މިލްކުކޮށްފާވާކަމުގާ ބުނެ، އަދި ބޮނޑިބަތް މުހައްމަދު ތަކުރުގެ ދަރިން އަހުމަދު ތަކުރުފާނާއި، އަލީ ތަކުރުފާނާއި، ބޮނޑިބަތްގޭ ދޮންބީފާނުންގެ ފިރި އަލީ ތަކުރުފާނާއި، ގިރާވަރު ހަސަން ތަކުރު، ހެކިންގޮތުގާ ދައްކާ، އެމީހުންގެ ހެކިބަހުން އެކަން ސާބިތުވެ، އެތަނުގެ މިން އަޅާ ވިކިކުރުމުން، އެތަނުގެ ފަތަކަށް އެ އަލީ ތަކުރު އެދުމުން، އެއީ ސައްހަ މިލްކެއްކަމުގާ، އެ މަޖިލީހުން، ރަދުންގެ ދަރުބާރުގާ އިއްތިފާގުވުމުން، އެކަމަށް ރަދުންގެ އަމުރުނެރުއްވުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެދީފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ:
              1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް.
              Declaration of a change of ownership of residential land (Size: 13.4" X 10.65")
              K.Male' - Ma.Dheydharuge - Order

              National Archives of Maldives
              NAM DOC-MN-F0-127 · Item · 1791
              Part of Documents

              1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް ބ.ކުޑަރިކިލި މީހުން ދިއުމުން، އެރަށު މިސްކިތު ވަގުފް ކަމުގާވަ އެރަށުގެ ގޮއިފާލަށްބައިގާ ހުރި މީސްމީހުންގެ ގަސްގަހާގެހިން ނުކުންނަ އެއްޗެއް އެމީހަކަށް ދޭންވާނެ ކަމުގާ އަންގަވާ، އަދި ކުޑަރިކިލް އެމިސްކިތުގެ ކުރީގެ ބޯގައިގެ އިތުރުން، އެއަތޮޅު ވޯވަށް އާއި، ވިނެއްނަފަރު(ވިނަނެއްފަރު ހުރާ)އާ، އެކަކުގެ ރަސްހަކުރު ލަށްވާ، ކަތީބަކު ހުރިނަމަ އޭނާޔަށްވެސް އެކެއްގެ ރަސްހަކުރު އޮންނާނެ ކަމުގެ ބަސްއިއްވެވުމުން، އެބައިމީހުން، އާފަތަކަށް އެދުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލް ކަބީރު ހަނދޭގިރި މުހައްމަދު ކިޔުމުން، މުދިން ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްގައިދު 10(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8"
              B.Kudarikilu - Kudarikilu Mosque - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-124 · Item · 1794
              Part of Documents

              1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ވަލުކަޑަ ބަނޑޭރި ހަސަން ތަކުރުގެ ދަރި އައަމިނަތު މަނިކެ، އޭނާގެ މިލްކުގާވާ މައްޗަންގޯޅި ވައިދަރިމަގު އިރުމަތީބައިގާ އޮތް، ވަށާ 111ބަމަ ހުރި އޮޑައްސަލަ ކިޔާ ގޯއްޗާއި، އެގޯތީގެ ގޮއިފާލައްބައިން، އެގޯއްޗަށް ވާހާ ތަކެއްޗާއި، އޭނާގެ މިލްކުން ކަނޑާ، އެރަދުންނަށް ހިބައިން ދިނުމުން، އެކަން ގަބޫލު ކުރަށްވާ، އެ ގޯއްޗާއި، އެގޯތީގެ ގޮއިފާލަށްބައިން އެގޯއްޗަށްވީހާ ތަކެތިން، ލިބޭ އެއްޗަކުން އެރަދުންނާއި، އެރަދުންގެ ބައްޕަ، އަލްގާޒީ ހަސަން އިއްޒުއްދީނާއި، މަންމަ އައިމިނާ މަނިކުފާނަށް ފާތިހާ ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކުރަށްވާ، އެތަނުގެ ހަވާލުވެރިކަން، އެރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 20.8" X 14.2"
              K.Male' - Odassala Goathi (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F0-122 · Item · 1794
              Part of Documents

              1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ވަގާރު ހުސެއިން އަޅާގެ ދަރި ކޮރު މުހައްމަދު، އޭނާގެ މިލްކުގާވާ ހެންވޭރު ބާމިސްކިތުގެ ދެކުނުން އޮތް ގޯއްޗާއި އެގޯތީގެ ގޮއިފާލައްބައިން، އެގޯއްޗަށް ވާހާ ތަކެއްޗެއް، އޭނާގެ މިލްކުން ކަނޑާ، ރަދުންނަށް ހިބައިން އެރުވުމުން، އެކަން ގަބޫލު ކުރަށްވާ، އެރަދުން، އެގޯތި ބަންޑާރަ ކުރަށްވާ، އޭގެ ބަދަލުގާ، ހެންވޭރު ރަންނަބަނޑޭރިގެގެ އުތުރުން ގަސްދަށުގޭ ފަކުސަމައިން(ހުޅަނގުން) އޮތް ބަންޑާރަ، ރަސްދޫ ގޯތި މިލްކުރަށްވާ، އެ ގޯއްޗާއި، އެގޯތީގެ ގޮއިފާލަށްބައިން އެގޯއްޗަށްވީހާ ތަކެތިން ލިބޭ އެއްޗަކުން އެރަދުންނާއި، އެރަދުންގެ ބައްޕަ، އަލްގާޒީ ހަސަން އިއްޒުއްދީނާއި، މަންމަ އައިމިނާ މަނިކުފާނަށް ފާތިހާ ކިޔެވުމަށް ޝަރުތުކޮށް، ވަގުފްކުރަށްވާ، އެތަނުގެ ހަވާލުވެރިކަން، އެރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 20.8" X 14.2"
              K.Male' - H.Rasdhoo Goathi (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F0-117 · Item · 1790
              Part of Documents

              1204ހ ރަޖަބު(1790މ މާޗް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަނޑިޔާރުގެ މަޖިލީހުގާ، މާންދޫ ބޮޑުބަނޑޭރި ތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލީ މަނިކުގެ ރައްދެބައިމަގު ހުޅަނގުފަރާތުގާ އޮތް މާންދޫގޯތި، އައްސުލްތާނު ހަސަން ނޫރައްދީނު ރަދުންނަށް ދީ، އެރަދުން އެގޯތި ގަބޫލުކުރަށްވާ، ވަގުފްކުރަށްވާ، އެވަގުފްގެ ހަވާލުވެރިކަން އެރަދުންގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިންނަށްވެސް ހަމަހަމަޔަށް އޮންނަންވާނެ ކަމުގަޔާ، އެދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ލަށްވާ، އެދަރިކޮޅު ނޫން އެހެންއެއްވެސް ފަރާތަކަށް އެކަން އެއްވެސް އިރެއްގާ އޮވެގެން ނުވާނެކަމުގާ ޝަރުތުކުރިކަމުގާ ބުނުމުން، އެ ވަގުފް ސައްހަކަމަގާ ނިޔާކުރަށްވާ ލިޔެފާވާ ފަތެއް. (Size: 15.7" X 9.9") Chief Justices - Al Ghaazee Ibrahim Sirajuddin
              K.Male' - H.Maandhoo Goathi (Housing Plot) - Deed for housing plot

              National Archives of Maldives
              NAM DOC-MN-F0-102T · Item · 1798
              Part of Documents

              (މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ.
              މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ.
              Size: 13" X 7.9"
              Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)

              National Archives of Maldives
              NAM DOC-MN-F0-97 · Item · 1799
              Part of Documents

              1193ހ ޝައްވާލް(1779މ އޮކްޓޯބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ދިޔަމިގިލި މީހުން، އެމީހުންގެ ރަށު މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ފަހަލަ؟ ކިޔާ ރަށާ އެރަށުގެ ފަޅާ، (މ/ލ؟)މެދަފުއްށި އާއި އަދި ދިއަމިގިލިފަޅަށް، މަސްބާނައިގެން ވަތް ކޮންމެ ރަށެއްގެ އޮޑިއެއް ނަމަވެސް، އެ އޮޑިއަކުން މަސްބައަކާ، ވާރު މަހާ، ވާރުކާށްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އަށް ވީހާ ތަކެއްޗަކުން، އެގަނޑުވަރަށާއި އެ މިސްކިތަށް ބައިއެޅުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު( މިއީ އިހުގައި ގަނޑުވަރު ތެރޭގެ ފިރިހެން ބޭފުޅުން އަނދެ ވަޑައިގަންނަވާ އެއްޗެއް)ހުއްދަވާނެ ކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމީހަކާ ނުލާ އެމަޖިލީހެއް ނުފެއްޓޭނެ ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ސަލާމަތުން ނުދާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް(މަސްދޯނިފަހަރު ވަކިވަރަކަށް މަސްބާނައިގެން އައިމާ އެބޭނިމަހުން ގަނޑުވަރުތެރެއަށް ގެންދާމަސް) އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޯރާ ހަމަޔަށް ކަމާއި، ދިޔަމިގިލި މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެ، ލިބޭ ދަރިޔަކުވެސް ވާނީ ދިޔަމިގިލި ރައްޔިތެއްކަމަށާއި، ދިޔަމިގިލި މީހުން ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމަށް އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަހުމަދު ހަނދޭގިރިން ކިއުމުން، އުމަރު މާފަތްގެ ދަރި ހަސަން ލިޔެފާވާ ފަތެއް. Size: 17.5" X 15.8"
              Th.Dhiyamin'gili - Dhiyamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-95T · Item · 1792
              Part of Documents

              1207ހ(1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު ދަރަވަންދޫ މީހުން، އެމީހުންގެ ރަށުގާ މިރިއަބޭކަނބުލޯ ކިޔާ މީހަކު އިމާރާތްކުރި މިސްކިތަށް، ކުރީގެ ރަސްކަލުން ބޯގައަށް ދެއްވި ފަތް އަނދައިގެން އޭގެ ފަހުން ދެއްވި ފަތް މަލާބާރީން ހަލާކުކޮށްލައިފި ކަމުގާ ބުނެ، އާފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ ބޯގައަށްވީ ދަރަވަންދު ގޮއިފާލައްބައިގެ ½ އާ، އެރަށު ބައިބާރު؟؟(ރޯނު ބައި؟..ރޯނުން ނަގާ ޓެކްސް)ރޯނާ، ގޮއިމަހުގެ(ސަރުކާރަށް ނަގާ މަސް) ½އާ، ދެމީހުންގެ ރަލާ، އެރަށުގެ ކުޑަހިންނަ، އަލަދަނޑު، ބޮޑުމަގުދަނޑު، އަލަދަނޑު ދެކުނުން އޮތް ދަނޑު އަދޮ އެރަށުގެ ދެކުނުގައި އޮތް ދަނޑާ، ރަސްކާރުދައިން؟؟ ½އާ، މިއެއްޗެތިން ލިބޭ އެއްޗެއްގެ އުޖޫރަ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ދަރަވަންދޫ އެންމެހާ ރައްޔިތުންނަށް ދެއްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-95)ގެ، 1378ހ ޒުލްގައިދު 9(1959 މޭ 18)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.Size: 12.9" X 7.9"
              B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)

              National Archives of Maldives