1236ހ ޝައްވާލް(1821މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގެ 24ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، އިސްކަންދަރު ޝާހު މަހާ ރަދުން، މަތިވެރީ މީހުންނަށް ދެއްވާފާވާ ފަތްކޮޅުގާ، ހަތީބުންނަށް ދެއްވާން ބުނެފާވާ އުޖޫރަ ނުދޭކަމުގާ އަރިއަތޮޅު މަތިވެރީ މޫސާ ހަތީބު ޝަކުވާކުރުމުން، އެކަން ގަބޫލުކުރައްވާ، އިސްކަންދަރު ޝާހު ރަދުން، މަތިވެރީ ހަތީބަކަށް ދެއްވާން، އިހު ފަތުގާ އަމުރުކުރަށްވާފާވާ ކޮންމެ އެއްޗެއް، ހަތީބުންނަށް ލިބެންޖެހޭނެ ކަމުގާ ވިދާޅުވެ، އިހުފަތް ބެއްލެވިއިރު، އެއީ، ސުވަސްތަސިރީ މަތަމަހާސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އިބްރާހީމް އިސްކަންދަރު 1)ގެ 20ވަނަ އަހަރު ހައްޖު މަހު، ލިޔެދެއްވާފާވާ ބާވެގެން، އަލުން ލިޔެފާވާ ފަތެއް ކަމާ، އެފަތުގާވާ ގޮތުގެ މަތިން، ކަންދޫ؟ކިލެގެ ދަރި ހާޖީ ހަސަނާއި، އޭނާޔާ އެއްބަފާ، މުހައްމަދުގެ ދަރި އަބޫބަކުރާއި ދެމީހުން އަތުން، 40ލާރިޔަށް ބައްލަވައިގަނެ މިލްކުވެފާވާ އަރިއަތޮޅު މަތިވެރިޔޭ ކިޔޭ ރަށުގާ މިސްކިތެއް އަޅުއްވަން ނިޔަތް ގަނެ، އެރަށުގާ މިސްކިތެއް ބިނާކުރުން ޝަރުތުކޮށް، އެ މަތިވެރިއާއި އެރަށު ކައިރީގާވާ މާފޮޅުދޫ(ބޮޑުފޮޅުދޫ؟)އޭ ކިޔާ ރަށާ އެދެރަށް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، ލިބޭ މަންފާއަކުން 2/1އިން އެމިސްކިތުގެ ފުރާޅު ފަންގިލާ، ކުނާ އަޅާ، ވޮއް ބަހައްޓާ، ވޮށަށް ތެޔޮ ލާ، ވަޅު ދާނި ބަހަށްޓާ، ވަޅު ދިޔަހިއްކާ، ފަސް ވަގުތު ބަންގި ސޮލަވާތްކިޔަވާ، އަދިވެސް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ޝަރުތުކޮށް، ބޯގައިގެ ހަވާލުވެރިންކަން، އެރަށުގެ އެންމެހާ ރައްޔިތުން ލަށްވާ، އެދެރަށުގެ މަންފާގެ ދެން އޮތްބައިގެ 2/1 މުދިންކަމުގާ ހުންނަމީހަކަށް، އަނެއް ބައި، ހަތީބުކަމުގާ ހުންނަމީހަކަށް ލަށްވާ، އެރަށުގެ ހަތީބު ކަމާއި، މުދިންކަން އެރަށުގެ މުދިން މުހައްމަދު ކަލޯގެ ދަރި ހަސަން ކަލޯއާއި އޭނާގެ ދަރިކޮޅަށް ލަށްވާ، އަދި އެ ދެރަށުގެ މަންފާއޭ އެބުނެވޭ އެއްޗިއްސަކީ، އެދެރަށު ދަނޑުފާލަށްބަ، ގޮއިރުއް، ރަހުރާ، ގޮއި މަސް، ގޮއި ތެޔޮ، އަދި އެރަށުގާ ބަންނަ، ދޮޅަސް(12)ރިޔަން ހުރި ކޮންމެ އޮޑިއަކުން 4ލާރިޔަކާ، އެދެރަށުގާ ވާހާ ބަންޑާރަ ތަކެއްޗެއް ކަމާއި، އެދެރަށުގާ ހެދޭ ރުއްގަސް ނުވިއްކޭނެ ކަމާއި ނުގަނެވޭނެ ކަމާއި، އެ އެންމެހާ ކަންކަން ބަޔާންކޮށް ފަތެއް ލިއުމުގެ އަމުރުއިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާޖީ މުހައްމަދު ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އިބްރާހީމް ލިޔެފާވާ ފަތެއް. Size: 25.2" X 13.5"
A.Mathiveri - Mathiveri Mosque - Endowment for Shrine (ziyaaraiy)
Modern History; The 1820's
4 Archival description results for Modern History; The 1820's
1235ހ ޒުލްގައިދު(1820މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަޑިޔާރުގެ ޝަރީއަތު މަޖިލީހުން، ދޮށުންނަށް ލިޔެފާވަ ފަތެއް ކިއުއްވާ، އޭގާ، ނ.ކެނދިކޮޅު ހުކުރު މިސްކިތަށް އޮތް 200ގަޒުގެ(ގަޒަކީ މީހެއްގެ އިސްކޮޅާ މުށެއް ކަމަށް މިފަތުގާ ލިޔެފާވެއެ) ހިންނައަކީ، ދޮށުންނަށް އޮތް ހިންނައެއް ކަމުގާ، އެފަތުން ސާބިތުވުމުން، އެހިންނަ އެއީ އެ ދޮށުންގެ ތަނެއްކަމުގާ ނިޔާކޮށް، ކެނދިކޮޅުދޫ މީހުންނަށް، ލިޔެފާވާ ފަތެއް. Waqf endowment of assests allocated to Ke'ndhikolhu Hukuru Miskiyy (Size: 4.7" X 5.4") Chief Justices - Al Ghaazee Ibrahim Sirajuddin
N.Ken'dhikulhudhoo - Ken'dhikolhu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1235ހ ޝައްވާލް 16(1820މ ޖުލައި 27)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، އުތީމު ދޮންއަލީ ތަކުރު، އުތީމު އުމަރުކަލޭގެ މަރުވުމުން، އެކަލޭގެ ތަރިކައިން، އޭނާއަށް ވާނެކަމުގާ ދައުވާކޮށް، އެތަކެތި ހޯދާދެއްވުމަށް އެދުމުން، އެއުމަރުކަލޭގެގެ ގޯތީގާ އިންނަ، އުތީމު އައިސާބީ އާއި، އެދޮންއަލީ ތަކުރު، ޝަރީއްޔަތަށް ހާޒިރުކުރަށްވާ، ދެފަރާތުގެ ދައުވާ އެއްސެވުމަށްފަހު، އެތަކުރުގެ ހުރިހާ މުދަލެއް ދޮންއަލީ ތަކުރަށް ކަމާއި، އަދި ގޯތި ވަގުފްކޮށް އައިސާބީއަށް ކަމުގާ، އެދެމީހުން އެއްބަސްވާ، އެޔަށްފަހު، އެ ތަރިކަޔާމެދު އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމުގާ ނިއާކުރެއްވުމުން، ނައިބު ބޭކަލުންނާއި، ދޭވާނީން ފޮނުވާ، ތަކެތި ދޮންއަލީ ތަކުރަށް ހަވާލުކުރުމުން، މިކަންކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، އެ އައިސާބީ އެދުމުން، ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ؛ އަލުން ފަތެއް ލިޔެދީފާވާ ކަމުގާ، އޮތް ލިޔުމެއް.
(Size: 10.1" X 8")Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - G.Irujehige - (Housing Plot) - Deed for housing plot/Endowment for property
1235ހ ރަޖަބް(1820މ މޭ)ގައި، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު؛ އެރަދުންނާ، އެރަދުންގެ ބައްޕަ އައްސުލްތާނު ހަސަން ނޫރައްދީނު އާއި، ރުއް އިންދެވި، މާލެއަތޮޅު މާހިތާހިންތެ(މިހާރުގެ ބޮޑުހިތި)އަށާއި، މާލެ އަތޮޅު އެރިޔަދޫ އާއި، މިދެރަށުން ކޮންމެ ރަށެއްގެ 2/1 އެދެބޭފުޅުން އެޅުއްވި އީދުމިސްކިތް މައްޗަށް ވަގުފްކޮށް، އެ ވަގުފްގެ 4/1 އެ މިސްކިތުގެ ބަންގީދޭ މީހާއަށް، ދެންއޮތް 4/3، އެ މިސްކިތް ބަލަހަށްޓާ މީހުންނަށް ލަށްވާ، އަދި، އެއިން ކޮންމެ ރަށެއްގެ ދެންއޮތް 2/1، އެދެބޭފުޅުންނާއި އެދެބޭފުޅުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެކަން ސައްހަ ކަމުގާ ނިޔާކޮށް، އަލްއާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަޑިޔާރު ލިޔެފާވާ ފަތެއް. (Size:11" X 9.6") Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - Eid Mosque - Endowment for Shrine (ziyaaraiy)