Modern History; The 1900's

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Modern History; The 1900's

          Equivalent terms

          Modern History; The 1900's

            Associated terms

            Modern History; The 1900's

              3 Archival description results for Modern History; The 1900's

              3 results directly related Exclude narrower terms
              NAM DOC-MN-F0-28/R23 · Item · 1909
              Part of Documents

              1327ހ ރަބީލްއާހިރު 22(1909މ މޭ 13)ގާ،(އެކަމަކު މައިގަނޑުގާ ލިޔެފާވަނީ، 1325ހ ސަފަރު 28(1907މ އޭޕްރިލް 12)ގާ ކަމުގާ) އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، އެރަދުން، މާލޭގެ (މއ.)މާންދޫގޭ ދެކުނުން، ކޮލިހިނގާމަގާ(މަޖީދީމަގު)އިންވެގެން ހުރި، ކަލާފާނު މިސްކިތް ބާވެ ވީރާނާވެފާވާތީ، އެމިސްކިތް އާކުރެވޭނެ ގޮތެއް ބެއްލެވުމުގާ، އެ މިސްކިތުގެ ހަވާލުވެރިން، އެކަން ކުރެވެންނެތް ކަމުގަ ބުނުމުން، އެ ރަދުން އެ މިސްކިތް އާކުރަށްވާ، އިހުއްސުރެ އެމިސްކިތުގެ ބޯގަކަމުގާ ލަށްވާފާވާ ކަމުގާ އެނގެންހުރި، ހުވަދޫއަތޮޅު(ގދ.) ހަވައްޑޭ(ހަވޮށްޑާ)އޭ ކިޔާ ރަށު ގޮއިފާލަށްބައާއި، ހައްދުންމަތީ(ލ.) އިސްދޫ، އިސްދޫގަޑު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 260ބަމަ ހުރި، އަންހެނުން ބޮނބިތަޅާ ރުއްގަނޑޭ ކިޔާ ހިންނައާއި، އިސްދޫގާ، ކަލައިދޫއޭ ކިޔާ ތާގާ އޮތް، ވަށަމިނުގާ 158ބަމަ ހުރި، ސަންބަޔާޕަ ކިޔާ ހިންނަޔާ، ވަށަމިނުގާ 246ބަމަ ހުރި، ކުކުޅުދޫ ކިއާ ހިންނައާއި، މާލޭ، ފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 175ބަމަ ހުރި، ރުއްގަހު ފާލަށްބައާއި، އަތިރީފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 143ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ދޮށިމޭނާ ގަނޑުވަރު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 94ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ކަލާފާނު މިސްކިތުގާ އޮތް، ވަށަމިނުގާ 202ބަމަ ހުރި، ރުއްގަހު ފާލައްބަ، އެއީ އެމިސްކިތުގެ އާ ބޯގަ ކަމުގާ ނިންމަވާ، އެމިސްކިތުގެ ހަވާލުވެރިކަން، މާލޭ ހުކުރު މިސްކިތުގެ 8 ދޮށުންނަށް ލަށްވާ، އަދި އެ މިސްކިތް މަރާމާތު ކޮށްފި ކޮންމެ މުސްލިމަކަށް ހެވާ ދަރުމަ ލިބޭނެކަމާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން(ސަލާހުއްދީނު) ލިޔެފާވާ ފަތެއް. Size: 18.9" X 12"
              K.Male' - Kalaafaanu Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-40 · Item · 1906
              Part of Documents

              1343ހ ޒުލްހައްޖު 23(1925މ ޖުލައި 15)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ވެރިކަމުގެ 24ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، އަރިއަތޮޅު (އދ.)މާމިގިލީ މީހުން، އެރަށުގެ ހުކުރު މިސްކިތުގެ މައްޗަށް އިހުގެ ރަދުން ދެއްވި ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން، 1111ހ(1700މ)ގާ، އައްސުލްތާނު އަލީ ތުއްކަލާ(ދެއްވަދޫ ރަސްގެފާނު)ގެދަރި އައްސުލްތާނު މުހައްމަދު(ކުޑަ މުހައްމަދު ރަސްގެފާނު) ލިޔެދެއްވާފާވާ ފަތުގާވަ ގޮތުގެ މަތިން، މާމިގިލީ ހުކުރު މިސްކިތަށް، އެރަށުގެ ރުއް ފާލައްބައިން 2/1، ގޮއިން 2/1، އެރަށު ގަލަމާއި؟ ބަރުވަތާއި؟ ލަށްވާ، އަދި އެމިސްކިތުގާ އިންދާ ރުއްރުކަކީ މިސްކިތުގެ މުދިމަށް ހުންނަ އެއްޗެއް ކަމާއި، އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވާ، ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Receipt of real estate documents: Maafannu Kurikihanfilaa (Size: 17.9" X 10.2")
              A.Maamigili - A.Maamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-148 · Item · 1908
              Part of Documents

              1326ހ ޖުމާދިލްއައްވަލް 17(1908މ ޖޫނު 17)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމުގެ 6ވަނަ އަހަރު އެރަދުންގެ ދަރުބާރުގާ މުލަކުއަތޮޅު(މ.) ކޮޅުފުށީ ރައްޔިތުން، އެމީހުންގެ ރަށުގާ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު އަޅުއްވާފާވާ މިސްކިތަށް، އިހު ރަސްރަސްކަލުން ދެއްވި ފަތްތައް ބާވެގެން އަލުން ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ އިހުފަތް ބެއްލެވިއިރު، އެއީ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތަކާ، އެފަތުގެ މައްޗަށް އައްސުލްތާނު އަލްގާޒީ ހުސެއިން ފާމުލަދޭރި ކިލެގެ ދެއްވި ފަތަކާ، އެފަތުގެ މައްޗަށް، އައްސުލްތާނު އަލްގާޒީ އިބްރާހީމް އިސްކަންދަރު ލިޔެދެއްވި ފަތެއް ކަމާ، އެ ފަތްތަކުގާ، އެ މިސްކިތު ބޯގަޔަށްވާ، ކޮޅުފުށީގެ ފާލައްބަޔާ އެންމެހާ ތަކެތި، އެރަށު ދެކުނުން އޮތް ދިއްތުނޑި، އެރަށުގެ ދެ ފިރިހެނުންގެ ރަސް ބޮލި، އެމިސްކިތު ގޯތީ (ހަރިންމަ)ގާ ވަޅުލާ ކޮންމެ މީހެއްގެ ސަންދޯކުގާ އެޅި ފޮތިގަނޑު، އެރަށުގެ ގުލާމުން(އަޅުން)، އެރަށުން ކުރި ކޮންމެ މަސްވެރިކަމަކުން މަސްބަޔެއް، އޮޑި އޮޑީގެ ގޮއި މަސް، ކަހަނބަށްދާ ކޮންމެ ދިއުމަކުން ބައެއް އަދި ކޮންމެ ރާއެރުމަކުން ބަޔަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު، ހަސަން އޮޅިގިނާކަލޯގެ ދަރިކޮޅަށް ލަށްވާ، އެރަށުގެ ހަތީބުކަމަށް، އެ ދަރިކޮޅަށް އިސްކަން ދޭންވާނެ ކަމާ، ބޮޑުތަކުރުފާނު ދެއްވި ފަތުގާ، އެއަތޮޅު ނާލާފުށި އަދި މެދުފުށި، އެ މިސްކިތަށް ލައްވާފާވާ ކަމާ، އެފަތުގާވާ ނާލާފުށީގެ މަތިކިބާ ދޮން ބީނާ ރުއްރުކަކީ އެހާތަނަށް އާއިރު މިސްކިތަށް ވެގެންވާ އެއްޗެއް ނޫން ކަމާއި، ބޮޑުތަކުރުފާނު ލިޔެދެއްވި ފަތުގާވާ މުހައްމަދު ހަތީބު ކަލޯއަށް ލައްވާފާވާ ރުކާއި ވަކަރުގަނޑުވެސް އެޒަމާނަށް އާއިރު އެނގިފެނިވެ ނުވާކަމާއި، މިއެންމެހާ ކަންކަމުގެ، އަމުރު، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރީގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size: 18.65" X 12.15
              M.Kolhufushi - Mosque built by Bodu Thakurufaanu - Endowment for Shrine (ziyaaraiy)

              National Archives of Maldives