1302ހ ޒުލްގައިދު 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ގެދަރި އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ނެލު މޫސާފުޅުގެ ދަރި ފުއްކޭ އަބޫބަކުރު ކަލޭފާނު ހާޒިރުވެ؛ އޭނާގެ މިލްކުގާވާ ގަލޮޅު ފުއްކޭގެ އާއި، ހުތް އާމިނާދީދީގެ މަންމަ ހައްވާފުޅުގެ އަތުން އޭނާ ގަނެ، މިލްކުކޮށްފާވާ، ބާބާގެއާއި، ނެލުގެއާއި، އެހުރިހާ ގޯއްޗާއި، އެގޯތީގާވާހާ ތަކެއްޗާއި؛ ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާދެއްވާ ފަތެއްލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ އެތިންގޯތިވެސް އެއީ އަބޫބަކުރުގެ މިލްކެއްކަމަށް ސާބިތުވެ، އެވަގުފް އެގޮތަށް އޮތްކަމުގާ، އަލްހަތީބު މުހައްމަދު ބުނު މުލަކީގެ ދަރި އައްނައިބު އީސާގެ ދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - G.Fu'hkei Goathi (Housing Plot) - Deed for housing plot
Modern History; The 1880's
1 Archival description results for Modern History; The 1880's
1 results directly related
Exclude narrower terms
NAM DOC-MN-F3-5
·
Item
·
1885
Part of Documents