Modern History; The 1890s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Modern History; The 1890s

          Termos equivalentes

          Modern History; The 1890s

            Termos associados

            Modern History; The 1890s

              2 Descrição arquivística resultados para Modern History; The 1890s

              2 resultados diretamente relacionados Excluir termos específicos
              NAM DOC-MN-R-43 · Item · 1892
              Parte de Documents

              1310ހ ރަބީލްއާހިރު 24(1892މ ނޮވެންބަރު 14)ގާ، އަބްދުލް ގާދިރު އަލްނަސްކީ އަލް ގާހިރިއްޔާ ގެދަރި އަލްގާޒީ އަލީ ހިސާމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުގާ، ހެވިގޭ ހުސެއިން މަނިކުފާނު ގެދަރި މީރުބަހުރު މުހައްމަދު މަނިކުފާނު ގެދަރީން، އެމީހުންގެ ކާފަ، ފެންފުށި މަލިން ތަކުރުފާނުގެ ދަރި މަލިން އެދުރު ހަސަން ތަކުރުފާނު އަށް ހަވާލުވެރިކަން ދީފާވާ .....(ވީދިގޮސްފާ)ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމް ފާނު ވަގުފްކޮށްދީފާވާ .....(ވީދިގޮސްފާ)މައިޒާނުގެ ވަރިންމަ(އުތުރާއި ހުޅަނގާ ބެދުނުކަން)އިން، ކޮލިހިނގާ މަގާ އިންވެ އުތުރުން .....(ވީދިގޮސްފަ)... ދާންނަގެޔާ އިންވެ ދެކުނުން އޮތް ގޯތި ބަށްސަވާ، އެމީހުންނަށް ވީތަން ވަކިކޮށް، އެތަނުގެ މިން ހިމަނާ ފަތެއް ދެއްވުމަށްއެދުމުން، އެގޯތި ބައްސަވާ، އެގޯތީގެ ހުޅަގުން ....(ވީދިގޮސްފަ)، އެ މުހައްމަދު މަނިކުފާނު ބައްލަވައިގަތްފާވާ ތަންކޮޅަކާ އެކު އެއީ، އޭނާގެ ދަރިންގެ މިލްކެއްކަމުގާ، ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބުލް ކަބީރު މުހައްމަދު މިން ނަވާއިބުލް މަހްލީ ލިޔެފާވާ ފަތެއް.
              (Size: 8.89" × 7.3")
              K.Male' - A.Dh.Fenfushi Malin Thakurufaanu Goathi (Housing Plot) - Housing plot (Endowed)

              Sem título
              NAM DOC-MN-R-21 · Item · 1892
              Parte de Documents

              1309ހ ޝައުބާން 10(1892މ މާޗް 10)ގާ، އަބްދުލް ގާދިރު އަލް ނަސްކީ އަލް ގާހިރިއްޔާ ގެދަރި އަލްގާޒީ ހާޝިމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ މަޖިލީހަށް، ހަސަން ޝާހު ބަންދަރު ވެލަވަޅުނާ މަނިކުފާނު ހާޒިރުވެހުރެ، އޭނާ، -/211 ރުފިޔާ ދީފަ ގަތް ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން، އަތިރީ ހަކުރާގެއާއި ޖެހިގެން އިރުން، އަތިރީގޭ ހުޅަނގުން އޮތް ވެޔޮދޮށުގެ ކިޔާ ގޯތި، އެ ގޯތީގެ ވެރިން، އެ ފައިސާ އޭނާއަށް ދައްކާ، އަނބުރާ އެގޯތި އެމީހުންނަށް ލިބެންދެން، އޭނާގެ އަނބި، ސިއްތި އަށް، އެގޯތީގެ ވަގުފް ހަވާލުކޮށް، އެގޯތި އާއި އެގޯތީގާ އޭނާ އަޅާފާވާ ގޭގެ ކޮޓަރި އާއި، އެ ސިއްތިޔަށް ދެއްވައިފި ކަމަށާއި، އޭނާގެ ދަރިޔަކަށްވެސް އެކަމާ ދައުވާއެއް ނުކުރެވޭނެ ކަމާ، އެގޯތީގެ ވެރިން، އެގޯތި ބޭނުންވީ ދުވަހަކުން، އެއްފަހަރާ، -/211 ރުފިޔާ ސިއްތިޔަށް ދައްކާ އެގޯތި ލިބިގަތް ދުވަހަކާ ޖެހެންދެން، އެގޯތިން ކޮންމެ ފައިދާއެއް ނެގިޔަސްވެސް، ގޯތިވެރިންނަށް ނުބެހެވޭނެ ކަމަށާއި، އަދި އެ ސިއްތި އެކަންކަން ގަބޫލުކުރަށްވައިފި ކަމަށާއި، މި ހުރިހާކަމެއްގެ މައްޗަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަންތައް ބައްލަވާ، އެގޮތަށް ފަތެއް ލިޔުމަށް ކުރެއްވި އަމުރަށް، ހަސަންލް މުލައްގަބް މާރަދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު މިން ނަވާއިބު އަލް މަހަލްދީބިއްޔާ ނައިބު މަނިކުފާނު ލިޔެދެއްވާފާވާ ފަތެއް.(Size:12.05" × 8")Al Ghaazee Haashimuddin
              K.Male' - H.Veyodhoshuge (Housing Plot) - Deed for housing plot

              Sem título