Modern History; The 1900s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Modern History; The 1900s

          Equivalent terms

          Modern History; The 1900s

            Associated terms

            Modern History; The 1900s

              98 Archival description results for Modern History; The 1900s

              98 results directly related Exclude narrower terms
              NAM DOC-MN-N-3 · Item · 1908
              Part of Documents

              1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35")
              Sri Lanka - Maldivian Embassy - Account

              National Archives of Maldives
              NAM DOC-MN-N-11 · Item · 1908
              Part of Documents

              1908މ ޑިސެންބަރު 31(1326ހ ޒުލްހައްޖު 7)ގާ، ޝްރީލަންކާއިން، ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ އިނގިރޭސި 'ލެޓާހެޑް' އެއްގާ) 'ތިރިނާކޮޅުން ގެންދާ ދާގީނާގެ ހިސާބު'، މިހެންޖަހާ،ފޮނުވި ތަކެއްޗާއި، ނިސްބަތްވާ އަގު ޖަހާ، ލިސްޓުކޮށް، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ކަރުދާހެއް.
              (Size: 3.45" x 8.45")
              Sri Lanka - Maldivian Embassy - list(Package)

              National Archives of Maldives
              NAM DOC-MN-N-12 · Item · 1908
              Part of Documents

              1908މ ޖުލައި 11(1326ހ ޖުމާދިލް އާހިރު 12)ގާ، ޝްރީލަންކާގެ ކޮޅުނބުގެ، 'ކޭ.ސީ ޕެރޭރާ އެންޑް ބްރޯޒް'، ކިޔާ ލަކުޑީގެ ވިޔަފާރީގެ ކުންފުންޏަކުން، މަތީގާ އަބްދުލް ހަމީދުގެ ނަން ލިޔެ، 'ފައިސާ ލިބިއްޖެ' ޖަހާ، ޝްރީލަންކާގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، 'އިންވޮއިސް'އެއް.(Size: 10.4" x 8.2")
              Sri Lanka - Maldivian Embassy - Account

              National Archives of Maldives
              NAM DOC-MN-N-14 · Item · 1907
              Part of Documents

              1325ހ ރަމްލޯނު 23(1907މ އޮކްޓޯބަރު 31)ގާ، ކޮޅުނބުގާ ހުންނަވާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑު ބަނޑޭރިގެޔަށް،'ސަވައިދީން' ކިޔާ ބޯޓުން 50 ބަސްތާ 'އަހުގެ'؟އަހުންގެ؟ ކާއެއްޗެތި ފޮނުވި ވާހަކަޔާ، ޝްރީލަންކާ ސަރުކާރުން، ހަސަން ދީދީގެ ދެބެންގެ ހަށިގަނޑުގާވާ ފާހަގަތަށް ބޭނުންވާތީ އެދެބެންގެ ފޮޓޯ ފޮނުވަން އެދުނު ކަމާ، އެ ފޮޓޯ ނުލިބުނަސް، އެސަފީރަށް އިނގިވަޑައިގަންނަވާ، ފާހަގަތައް ލިޔެފާ ފޮނުވާނެކަމާއި، ދެން އަންނަ ބޯޓަކުން އިތުރު ހަބަރު ފޮނުވާނެކަމުގަޔާ، ލިޔެފާވާ ސިޓީއެއް.A letter sent to Malé Bodu ba'ndeyrige from Sri Lanka declaring a shipment of fifty sacks of horse feed. It also includes a request for photographs. (Size: 10.45" x 8.2")
              Sri Lanka - Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-15 · Item · 1908
              Part of Documents

              1908މ ޖުލައި 23(1326ހ ޖުމާދިލްއާހިރު 24)ގާ، 'އޮފީސް އޮފް ދަ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އިން، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ އަށް، ކޭ.މިސްކީނު ކިޔާ ޝްރީލަންކާގެ ރައްޔިތެއް، އެ އޮފީހަށް ފޮނުވި މައްސަލެއްގެ ސިޓީއެއްގެ ކޮޕީ އެއް(N-15A)ފޮނުވިކަމާއި، އެކަމާ ބެހޭ އެއްވެސްކަމެއް އިނގޭނަމަ، އަންގާދެއްވުމައް އެދި، 08/8/1މ(26/07/03ހ)ގާ އަބްދުލް ހަމީދު ދީދީ މާލެފޮނުވާފާވާ ސިޓީއެއް.A letter sent by K.Miskeine stating that he has send a copy of a letter that he wrote stating an issue and requesting any updates on the matter (Size: 13" x 8.5")
              Sri Lanka - Office of the Inspector General of Police - letter(Official)

              National Archives of Maldives
              NAM DOC-MN-N-15A · Item · 1908
              Part of Documents

              1908މ ޖުލައި 20(1326މ ޖުމާދިލްއާހިރު 21)ގާ، ކޮޅުބުގެ ޕޮލިހުގެ އިންސްޕެކްޓާ ޖެނެރަލް އަށް، ކޭ މިސްކީނު ކިޔާ ޝްރީލަންކާ މީހަކު، މާލޭގެ 6 ނަންބަރު ފިހާރާގެ ސިންނައްޕޫ ކިޔާ މީހަކު އޭނާގެ ކޮއްކޮ/ބޭބެ ރާއްޖެ ގެންދިޔަކަމާއި، ތުންތުންމަތިން ދެކުވޭ ވާހަކައިން، އޭނާގެ ކޮއްކޮ/ބޭބެ މަރުވެއްޖެ ކަން އިވި، އެ ސިންނައްޕޫއަށް އެތައް ސިޓީއެއް ލިޔެ، ޖަވާބެއް ލިބިފާނުވާ ކަމާއި، އަދި އެހެންވެ، އޭނާގެ ކޮއްކޮ/ބޭބެ، ދުނިޔޭގާ ހުރިނެތް ކަން ބައްލަވާދެއްވުމަށް އެދި، ލިޔެފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެ ސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާ ފޮނުވި ސިޓީއެއްކަން ބަޔާންކޮށް، އަދި އެކަމުގެ ހަބަރުބަށްލަވާ ދެއްވުމަށް އެދި، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް (N-15)އާއެކު ފޮނުވާފާވާ ހަވާލާ ސިޓީއެއް.A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
              Sri Lanka -Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-15B · Item · 1908
              Part of Documents

              1908މ ޖުލައި 24(1326ހ ޖުމާދިލްއާހިރު 26)ގާ، ޝްރީލަންކާއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، ކޮޅުނބުގެ އިންސްޕެކްޓާ ޖެނެރަލްއަށް، ސިންނަވަށްޕޫ، އޭގެ 4 މަހެއްހާ ކުރިން ރާއްޖެއަށް ދިޔަކަން އެނގިވަޑައިގަންނަވާ ކަމާއި، އެކަމަކު، ކޭ މިސްކީނުގެ ކޮއްކޮ/ބޭބެ މަރުވެފާވާ ކަން އެނގިވަޑައިގެން ނެތް ކަމާއި، އެކަން ބަށްލަވާދެއްވުމަށް އެދި ރާއްޖެޔަށް ސިޓީއެއް ފޮނުއްވަވައިފި ކަމުގާ ލިޔެ ފޮނުވާފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާއަށް ފޮނުއްވެވި ސިޓީއެއްކަން ބަޔާންކޮށް އަބްދުލް ހަމީދުގެ ސޮއި ކޮށް މާލެފޮނުވާފާވާ ސިޓީއެއް. A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
              Sri Lanka -Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-17 · Item · 1908
              Part of Documents

              1908މ ޑިސެންބަރު 4(1326ހ ޒުލްގައިދު 10)ގާ، ކޮޅުބުގާ ހުންނަވާ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ؛ ޝްރީލަންކާ ސަރުކާރުން އޭނާޔާ ބައްދަލުކުރަށްވާ، ވިލާތުން އެ ސަރުކާރުގާ، ރާއްޖޭގާ އުޅޭވައްތަރުގެ ދެތިން ވާލަށް އެދިފާވާވާހަކަ ބުނެ، އެއެއްޗެތި ކުނިނުވެ ގެންދާނެގޮތް ލިޔެފާ އިނގިރޭސިވިލާތުން ފޮނުވާފާވާ، އެސަފީރަށް އަތްޕުޅަށް ދެއްވި، ލިޔުމެއްގެ ކޮޕީއެއްގާ، އޭނާ، އެ ބައްދަލުވުމުގެ ވާހާކަ ވިދާޅުވެ، ދިވެހިސަރުކާރަށް ލިޔުއްވައިގެން އެކަންތައް ކޮށްދެއްވިދާނެކަމުގާ އޭނާ ވިދާޅުވި ކަމާ، އެކަމަށް ބޭނުންވާތަކެތި ޝްރީލަންކާ ސަރުކާރުން ދޭންބުނުމުން، އެކަން ދިވެހި ސަރުކާރުން ކުރެވިދާނެކަމުގާ ވިދާޅުވި ކަމާ، އަދި އެއްޗެތި ކުނިނުވެ ފޮނުވާނޭގޮތް ދިވެހިން ލިޔުއްވާ، އަދި ވީހާވެސް އަވަހަކަށް އެކަން ކޮއްދެއްވުމަށް އެދި؛ ރާއްޖޭގެ ބަނޑޭރި ގެޔަށް ފޮނުވާފާވާ ސިޓީއެއް.A letter requesting to sent a sample of a Maldivian bat species, togehter with instructions for its preparation for shipment (Size: 13.1" x 8")
              Sri Lanka - Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-19 · Item · 1906
              Part of Documents

              1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް.
              އަދި މި ކަރުދާހުގެ އަނެއްފުށުގ:
              ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ)
              A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3")
              Sri Lanka - Nur Bhai - Account(Money)

              National Archives of Maldives
              NAM DOC-MN-N-20 · Item · 1903
              Part of Documents

              1903މ ޖޫނު 23(1321ހ ރަބީލްއައްވަލް 27)ގާ، ކޮޅުބުގާ ހުންނަ ކޮލޯނިއަލް ސެކެޓްރިގެ އޮފީހުން، މެސާޒް، ޓީ.އޭ.ޖޭ ނޫރުބާއީ އެންޑް ކޮންޕެނީޔަށް، ދިވެހިރާއްޖެއިން ފޮނުވާފާވާ 3 ސިޓީ ހިމަނާ، އެކޮންޕެނީ ފޮނުވި ސިޓީ ލިބިނުކަމުގާ ލިޔެފާވާ ސިޓީއެއް.Notificaion of the receipt of letters from T.A.J Noorbai&Company (Size: 13.4" x 8.5")
              Sri Lanka - Office of the Colonial Secretary - letter(Official)

              National Archives of Maldives