1349ހ ރަބީލްއާހިރު 30(1930މ ސެޕްޓެންބަރު 24)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3، އެރަދުންގެ ރަސްކަމުގެ 29ވަނަ އަހަރު، ނިލަންދި އަތޮޅު ދެކުނުބުރި(ފަތުގާ އޮތީ އުތުރުކަމަށް)(ދ.)ބަނޑިދޫގެ ފާލައްބަކޮށް(ގަސްރުކުގެ ތެރެއިން ސަރުކާރަށް ނަގާބައި ވަކިކޮށް، ތައްޖަހައި ފާހަގަ ކުރުން)އެފާލައްބައިގެ 2/1 އެރަށު މާމިސްކިތު ބޯގަޔަށް ލަށްވާ، އަނެއްބައި، އަހަރަކު 50ކޮއްޓޭ ބޮށްޔަށް، ބޮލިކޮއްޓޭއަކަށް 2ރުފިއާގެ މަގުން، އަހަރުންއަހަރަށް، ދޮށުން(ހުކުރު މިސްކިތާ މެދުޒިޔާރަތުގެ މިސްކިތް ބަލަހަށްޓަން، ރަސްގެފާނުން ހޮށްވަވާފާ ތިބޭ މީހުން)ނަށް ދިނުމަށް އަމުރުކުރެއްވުމުން، އެކަން އަންގާ، އެރަށު ރައްޔިތުންނަށް، ބޮޑުބަނޑޭރިގޭން، ސިއްކަ(ވީދިގެން ކޮންތަނެއްގެކަން ނޭނގޭ)ޖަހާ، ލިޔެފާވާ ފަތެއް.
Dh.Ban'didhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size: 8.45" x 5.75")
Modern History; The 1900s
98 Archival description results for Modern History; The 1900s
1319ހ ރަބީލްއައްވަލް(1901މ ޖުލައި)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 9ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ނިލަންދި އަތޮޅު އުތުރުބުރީ(ފ) ހިމިތީ ރައްޔިތުން، އެމީހުންގެ ރަށުގެ ހުކުރު މިސްކަތް ބެލެހެއްޓޭނޭ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން؛ ހިމިތީގެ ރައްޔިތުން، އަހަރުން އަހަރަށް، ފުރަބަންޑާރަޔަށް(ސަރުކާރު) ދައްކަމުން އަންނަ ވާރުބޮލިން، އަހަރަކު 20ކޮއްޓޭ(12ހާސް ބޮލި = 1ކޮއްޓޭ) އެ މިސްކިތަށް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހަސަން ފާމުލަދޭރިކިލެގެފާނުގެ ދަރި އަލްވަޖީހު؟؟ އަލިމަނިކުފާނު ކިޔުމުން، މާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެފާވާ ފަތެއް. F.Himithi - Hukuru Miskiiy (Mosque)
(Size: 8.85" x 7.95")
1318ހ(1908މ)ގާ،(ލިޔުނު ފަރާތެއް ނެތް) ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުންގެ ގޯތީގެ ހުޅަނގުން އޮތް މަގާ އިންވެ ހުޅަނގަށް އޮތް ގޯތި، އެގޯތީގެ ވާރުތަވެރިން، ކަޅު އަހުމަދު ކޮޔަށް ވިއްކާ އަގުދީ ނިންމި ކަމުގާ ބަޔާންކޮށް ލިޔެފާވާ ލިޔުމެއް.
K.Male' - Writing(Housing Plot)
(Size: 4.67" x 5.3")
1321ހ(1903މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން؛ ޝްރީލަންކާގާ ހުންނަ ރާއްޖޭގެ މަރައްކާރުކަން(އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް) އެގައުމުގެ އެން.އެމް އަބްދުލްކަރީމު އަށް، ދެއްވައިފި ކަމާ، އަދި، ދިވެހި އޮޑި އަދި ނާ ފަހަރުން އެ މަގާމްގާ ހުންނަ މީހަކަށް، އިހުއްސުރެ، އޮންނަ ކޮންމެ ކަމެއް އޮންނާނެ ކަމާ، އަދި ދިވެހިރާއްޖޭގެ މީހަކު ކޮޅުނބުގަ ހާލުގާ ޖެހިގެން އުޅޭނަމަ، އެބަޔަކު ކޮޅުނބުގާ ތިބިހާ ދުވަހަކު، އެކަށީގެންވާ ގޮތުގާ، ވެވެންހުރި އެންމެ ރަންގަޅަކަށް، އެ މަރައްކާރުގެ އެހީ ލިބި، ބެހިގެން ދިޔަ ބަޔެއްނަމަ އެމީހުން މާލެ ފޮނުވާދޭން ޖެހޭނެ ކަމާއި، މި އެންމެ ކަންކަމުގެ އަމުރަށް ލިޔެފާވާ ފަތެއް..
Sri Lanka - Designation
(Size: 7.95" x 5")
1325ހ ޝައުބާން 26(1907މ އޮކްޓޯބަރު 4)ގާ، ސްރިލަންކާގާ ހުންނަ ދިވެހި އެނބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގެއަށް؛ ކަރާ ބޯޓުން އޭނާޔަށް ފޮނުވި ސިޓީ ލިބުނުކަމާއި، މިއީ އޭގެ ޖަވާބުކަމުގާ ބުނެ، ވާކަރަށް އަންގަން ބުނެފާވާ ކަންކަން އަންގާ، ބަންނަމުން ގެންދާ ބޯޓު، މުޅިން ދަގަނޑުން ބަނދެ 10ދުވަހުގެ ތެރޭގާ ނިމޭނެ ކަމާ، އެއުޅަނދު މާލޭ ގެންދާނީ ރޫޅާލައިގެން ކަމަށްވާތީ، މީހުންނާ އިންޖިނޭރަކާވެސް ދާންވާނެކަމާ، އެކަމާ މެދު ފެންނަގޮތެއް ބުނެ އެންގުމަށާ، އަދި، ގުޅީ އަލީކަލޭފާނުގެ ކުޑަބައްތެލި މާލެއިން ފާދިއްޕޮޅަށް ދާން ދިޔަ މަގުމަތީ ކާށިދޫއަށް ޖަށްސާ، އެތަނުން ފުރައިގެން ދަނިކޮށް ގަދެވެގެން، ބެހިގެންގޮސް 5 ދުވަހު ކަނޑުމަތީ ވެފާ، ޖަފްނާކައިރީގާ އޮންނަ ތާވަށްކަޑޭ ކިޔާ ތާކަށް އުރި، އެތާ އެއްދުވަހު ތިބެފާ އެތަނުން މަންނާރު ކިޔާ ހިސާބެއްގާ 9 ދުވަހު ތިބެފާ، ޝްރީލަންކާ ސަރުކާރުގެ ހަރަދުގާ ރޭލުން ކޮޅުބަށް، ސެޕްޓެންބަރު 21ގާ ގޮސް، މަރައްކާރު( އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް)ގެ ގޭގާ، ހެޔޮ ހާލުގާ ތިބި ކަމާ، އޭގާ ތިބީ ނައިފަރު 6، ކުޅުދުފުށި 2 އަދި ނޮޅިވަރަމު 1 މީހެއް ކަމާ، އަދި އޭގާ ގެންދިޔަ އެއްޗިއްސާ، އެތަކެއްޗަށް ވީގޮތް އަދި އެމީހުންނަށް ކަންތައްތައް ކުރާނޭގޮތް ބުނެ، އަދި ޝްރީލަންކާޔަށް ދާ ބޯޓުން ދާ ޕެސެންޖަރުންގެ އަތްނުކަނޑާ(ކަށިވިދުރި ވެކްސިން) ދޫނުކުރާ ކަމާ، އަދި އެތާގާ ބަލިމަޑުކަން ގިނަވެފާވާ ދުވަސްކޮޅަކަށް ވާތީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ވިސްނަންޖެހޭނެ ކަމާއި، އދވސ. ލިޔެ؛ އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.45" x 8.2")
Sri Lanka - Dhivehi Embassy - letter(Official)
(N-90)ގެ ޑުބްލިކޭޓެއް... 4ވަނަ ސަފްހާގެ ތިރީގާ އަތުލިޔުމުން، މިކަރުދާހުގެ އަސްލު، ޕޯސްޓުން ފޮނުވާކަމުގާ، އިނގިރޭސިން ލިޔެފާވެއެ. (Size: 10.95" x 8")
Sri Lanka - Delmege Forsyth & Company Agent - letter(Official)
1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދ 'އިސްކޫނަރު މޭރީން 2 ވަނަ ހިސާބު'، މަތީގާ ޖަހާ، ފުރަތަމަ ސަފްހާގާ، 'އަލީ ކޮއިފުޅު ނާކޮޅުގެ ހިސާބުގާ ދެއްކި ހިސާބު'،ލިޔެ، އޭގެ ދަށުގާ، ޖުމްލައަކަށް 18ރުފިޔާ 11އަނާ(ރުފިޔާއެއްގެ ސޯޅަބައިކުޅަ އެއްބައި) އަރާފާވާ، ހިސާބުކިތާބު ކަރުދާހަކާ، އަދި 2ވަނަ ސަފްހާގާވެސް، 'އިސްކޫނަރު މޭރީން 2 ހިސާބު'، މަތީގާ ޖަހާ، 'މިނާކޮޅުން ގެންދިޔަ މީހުންގެ ތަކެތި' ލިޔެ، އޭގެ ގެދަށުގާ، އަމިއްލަ މީހުންގެ 12އެއްޗެއް، އަދި ސަރުކާރުގެ ތަކެތި ކަމުގާވާ، ވީގޮދަން އަދި ކޮށިހުއިގަޓަރި، އެދެ ބާވަތް، އަދަދާއެކީ ޖަހާ، 3 އަދި 4ވަނަ ސަފްހާގާ 'އިސްކޫނަރު މޭރީގެ ހިސާބު'، މަތީގާ ޖަހާ، '-މަރައްކާރުގެ ހިސާބު-'، ލިޔެ، އޭގެ ދަށުން، އޭޕްރިލް 3އިން 16އަށް، ފޮނުވާފާވާ ތަކެތީގެ އަގު ހިމަނާ ހަދާފާވާ ލިސްޓަކާ، އަދި މި އެއްޗެތީގެ އިތުރުން، ދެން އޮތީ، ހަނޑުލުގެ ހިސާބުކަމާ، އޭގާ އޮޅުމެއް އުޅޭތީ އެ އޮޅުންފިލުވާދެއްވުމަށް އެދި ލިޔެފާވާ ލިޔުންކޮޅެއް ހިމެނޭ ހިސާބުކިތާބުގެ ކަރުދާހެއް.
Sri Lanka - Maldivian Embassy - Account
(Size: 10.25" x 7.85")
1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑުބަނޑޭރިގެޔަށް؛ މަތީގާ ' އިސްކޫނަރު މޭރީ އިން'، މިހެން މަތީގާ ޖަހާ، ސަފަރު 3ގާ ލިޔެފާވާ ސިޓީއާ 3 ފޮށި ލިބި، އެއްފޮށީގާ އޮތް ކޮތަޅުގާ ހުރި، އިސްޓޭންޕަށް އަގު ދެއްކުމަށް ފޮނުވި ލާރި އެތާގެ ޓްރެޝަރީއަށް ގެންގޮސް އެމީހުން އޭގާވާ ލާރި ގުނިއިރު -/100ރުފިޔާ މަދުވެ އަދި އެއިން ވަގު ނޫޓެއް ފެނުނު ކަމާ އެކަމާބެހޭ އެކިއެކި ވާހަކަޔާ، އަދި 900ބަސްތާ ހަނޑޫ، ބަސްތާއަކަށް -/11 ރުފިޔާވެސް ނުޖެހޭ އަގެއްގާ، ނާކޮޅަށް ލީ ކަމާ، އިސްޓޭންޕަށް -/2500 ރުފިޔާ ދީ އަދި ތިންމަހެއްހާ ދުވަހުން އެތަކެތި ލިބެންވާއިރަށް މާލެއިން ލިޔާނެ ކުއްޖެއް ފޮނުއްވެވުމަށް އެދި، އަދި އެއްގަމުގޭ އަބްދުލޯހި ދީދީ، ކާލީކޯޓު(ކެލިކަޓް)އަށް ވަޑައިގަތުމަށް، ސޫދުކުޅި(ޓުޓިކޯރިން)އަށް ވަޑައިގެން ހަބަރު ލިބޭ ވާހަކަޔާ، އެނާކޮޅުން ހެންވޭރުގަނޑުވަރުގެ އަދި ފަޅުކޮންނަ ބޯޓުގެ ސާމާނު ފޮނުވިކަމާ، މުހައްރަމް މަހު، މުލަކުން ބެހިގެން ޖާވާޔަށް ދިޔަ މީހުންގެ ތެރެއިން ސަލާމަތްވީ 9 މީހުން ފޮނުވާ ވާހަކަޔާ، އަދި އޭގެ 6 މީހުން، ކަޑުމަތީ ބަނޑަށް މަރުވިކަމާ، އެ 9 މީހުން، ކޮޅުބަށް ދިޔައީ ޖާވާއިން ޕިނާގު(ޕިނޭންގް)އަށް ގޮސްފާކަމާ، އަދި ބަނޑޭރިގެއިން ފޮނުވަން އެންގެވި ހުސެއިން ތަކުރުފާނު އާއި އިބްރާހީމް މަނިކުވެސް އެނާކޮޅުން ދާނެ ކަމާ، ފައިސާކޮޅެއް ފޮނުވަން އެދިފަޔާ، ކަންތައްތައް ލަސްވި ސަބަބާ އަދިވެސް އެހެނިހެން ވާހަކަ ލިޔެ؛ ފޮނުވާފާވާ ސިޓީއެއް.Sri Lanka - Maldivian Embassy - letter(Official)
(Size: 10.15" x 10.85)
1332ހ ޒުލްހައްޖު 4(1914މ އޮކްޓޯބަރު 24)ގާ،(ލިޔުނު ފަރާތެއް އިނގޭކަށް ނެތް)އަތިރީގޭ އަބްދުލް ހަމީދު ދީދީޔަށް؛ ދޮންމަނިކުގެ އަބްދުއްލޯގެ ސަލާމްއާއި، އަބްދުލް މަޖީދު ދީދީ ހާލު ރަނގަޅުކަމުގާ ބުނެ ފަށްޓާފާވާ، ދިއްދޫ އޮޑި އުރުނީ ޒުލްގައިދު 30 މެންދުރު 12 ޖެހިއިރުގާ ކަމާ، އެވާހަކަ، ހައްޖުމަހުގެ 2ވަނަރޭ، އިނގުމުން، އެދުވަހު ނާޖޫއާ، އޭނާޔާ(ލިޔުނުފަރާތް)، އަބްދުއްލޯ އަދި އެނަވުގެ މާލިމީއާ އެންމެން، އެބޯޓު ފުންވޭތޯ އާގު ބޯޓެއް ހޯދަން އުޅެނިކޮށް، އުރުނު ބޯޓުގެ 3 މީހުންނާ ދިމާވެ، އެއޮޑި އޮތީ އެއްގަމުގައޭ ބުންޏަސް ރަނގަޅުވާނޭ ބުނުމުން، އެ ހަތަރު މީހުން އެއޮޑި ކައިރިޔަށް ގޮސް ބަލާ އަދި ދެން އޮތްގޮތަކީ، މާލުބަނޑެއް ހިފައިގެން މުދާ ބާލާ އޮޑި ފުންކުރަން ޖެހުން ކަމުގަޔާ، އެވަރުންވެސް އޮޑި ސަލާމަތްވާނެހެން ހީނުވާ ކަމުގާ ބުނެ، އޮޑި ބީހިފާއޮތް ގޮތް ތަފްސީލުކޮށް ބަޔާންކޮށް، އަދި އެހާދިސާ ހިނގީ އޮޑީގާ އާރުކާޓީ(ދަތުރުކުރާ އެއްޗެތި ބަނދަރަށްވަދެ ނިކުމެވާ މަގު ދައްކާން އަރާމީހާ) ހުއްޓާ ކަމާއި، ބޯޓު ބީހެންއުޅޭތީ ނަގިލިލާން، ބޯޓުގާ ތިބި މީހުން ބުނުމުންވެސް އެ އާރުކާޓީ އެ އަޑުނާހާ، އަދި ބީހުމުންވެސް މުދާކޮޅުވެސް ބާލާދޭން ނޫޅޭ ކަމާ، އަދި މުދާ ބާލަން ކުލީ މީހުންނާއި ސާމާނު ބޭނުންވާ ކަމުގަޔާ، އޮޑީ މީހުންނަށާ އަދި އެމީހުން ގެންގޮއްސާވާ ކާއްޓަށް ހަދާނީ ކިހިނެތްތޯ އަހާ، ތިރީގާ ނޯޓެއްގެ ގޮތުގާ، މިސިޓީ ލިޔުނުއިރުވެސް އަބްދުއްލޯ ދީދީ ވަޑައިނުގަންނަވާކަމާ، އަމާނަތުއްރަހުމާނުގެ ހަބަރެއް ނުވާ ކަމާ، ދިޔައީ ބޮޑުނާކޮޅު އާއި ހައްދުންމަތީ އޮޑިޔާ ކަމުގާ ލިޔެފާވާ، އަދި ސިޓީގެ ތިރީގާ އެހެން ދެއްޔެއް އަދި އަތުލިޔުމަކުން، 'ޒުވާބުދިނީ 1914 އުކްތޫބަރު 28'(1332ހ ޒުލްހައްޖު 8)ސިޓީއެއް. (Size: 10" x 8")
letter(Official)
1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް؛ 'ސަރުކާރުގެ ހިސާބުގައި ނާކޮޅުން ފޮނުވި ތަކެތީގެ ހިސާބު' މިހެން ސުރުހީކޮށް، އެކުލަވާލާފާވާ ތަކެތީގެ ލިސްޓަކާ، އެ ލިސްޓުގެ 2ވަނަ ސަފްހާގެ ތިރީގާ، އެތަކެތީގެ ބިލް ނާންނާތީ އަގު ނުޖެހުނީ ކަމާ، އިނގިރޭސިން އޮތް ކަރުދާހުގާހުރިތަކެތިވެސް ފޮނުވާ ކަމާ، އެތަކެތީގެ އަގު ފޮނުވާއިރު އަހުގެ ހެދުމަށާ އަދި ގޭގެ ކަންތަކަށް ދިޔަ ހަރަދާ ފޮނުވާނެ ކަމާ އަދިވެސް އެހެނިހެން ހަބަރު ލިޔެ، (މި ކަރުދާހުގާ 3އަދި4 ވަނަ ސަފްހާ އެއް ނެތް..) 5ނަންބަރު ސަފްހާގާ، 'ތިރިނާކޮޅުން ފޮނުވި މީހުންގެ ތަކެތި' ސުރުހީކޮށް، އޮތް އަބްދުލް މަޖީދު ދީދީ، ދޮންމަނިކުގެ އަބްދުއްލޯ ދީދީ، މާލިމީ ކޮއި، މާވަޑިކަލޭގެ ގެދަރި ދޮންފުތު، ސިއްކަގޭ އަލިމަނިކުފާނު އަދި ހުރާ ކުޑަކަލޯ، މިފަދަ މީސްމީހުންގެ ސާމާނުގެ ލިސްޓުކޮށް، އަދި 6ނަންބަރު ސަފްހާގާ، 'މީހުންގެ ފާސިންދާރުންގެ ތަކެތި' މިހެން ސުރުހީކޮށް އޮތް ތަކެތީގެ ލިސްޓަކާ، އޭގެ ތިރީގާ، އެ ނާކޮޅުން ދާ ފާސިންޖަރުންނަކީ، ހުސެއިން ސާހިބު އަބޫބަކުރު އާއި ސިންނަމަރައްކާރު މުހައްމަދު މަރައްކާރު އާއި އިސްހާގު މާލިމީ ކަމުގާ ބަޔާންކޮށް؛ ފޮނުވާފާވާ ކަރުދާހެއް.(Size: 9.9" x 7.65")
Sri Lanka - Maldivian Embassy - Writing(Package)