Modern History; The 1900s

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Modern History; The 1900s

          Termos equivalentes

          Modern History; The 1900s

            Termos associados

            Modern History; The 1900s

              98 Descrição arquivística resultados para Modern History; The 1900s

              98 resultados diretamente relacionados Excluir termos específicos
              NAM DOC-MN-N-102 · Item · 1908
              Parte de Documents

              1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދ 'އިސްކޫނަރު މޭރީން 2 ވަނަ ހިސާބު'، މަތީގާ ޖަހާ، ފުރަތަމަ ސަފްހާގާ، 'އަލީ ކޮއިފުޅު ނާކޮޅުގެ ހިސާބުގާ ދެއްކި ހިސާބު'،ލިޔެ، އޭގެ ދަށުގާ، ޖުމްލައަކަށް 18ރުފިޔާ 11އަނާ(ރުފިޔާއެއްގެ ސޯޅަބައިކުޅަ އެއްބައި) އަރާފާވާ، ހިސާބުކިތާބު ކަރުދާހަކާ، އަދި 2ވަނަ ސަފްހާގާވެސް، 'އިސްކޫނަރު މޭރީން 2 ހިސާބު'، މަތީގާ ޖަހާ، 'މިނާކޮޅުން ގެންދިޔަ މީހުންގެ ތަކެތި' ލިޔެ، އޭގެ ގެދަށުގާ، އަމިއްލަ މީހުންގެ 12އެއްޗެއް، އަދި ސަރުކާރުގެ ތަކެތި ކަމުގާވާ، ވީގޮދަން އަދި ކޮށިހުއިގަޓަރި، އެދެ ބާވަތް، އަދަދާއެކީ ޖަހާ، 3 އަދި 4ވަނަ ސަފްހާގާ 'އިސްކޫނަރު މޭރީގެ ހިސާބު'، މަތީގާ ޖަހާ، '-މަރައްކާރުގެ ހިސާބު-'، ލިޔެ، އޭގެ ދަށުން، އޭޕްރިލް 3އިން 16އަށް، ފޮނުވާފާވާ ތަކެތީގެ އަގު ހިމަނާ ހަދާފާވާ ލިސްޓަކާ، އަދި މި އެއްޗެތީގެ އިތުރުން، ދެން އޮތީ، ހަނޑުލުގެ ހިސާބުކަމާ، އޭގާ އޮޅުމެއް އުޅޭތީ އެ އޮޅުންފިލުވާދެއްވުމަށް އެދި ލިޔެފާވާ ލިޔުންކޮޅެއް ހިމެނޭ ހިސާބުކިތާބުގެ ކަރުދާހެއް.
              Sri Lanka - Maldivian Embassy - Account
              (Size: 10.25" x 7.85")

              Sem título
              NAM DOC-MN-N-15A · Item · 1908
              Parte de Documents

              1908މ ޖުލައި 20(1326މ ޖުމާދިލްއާހިރު 21)ގާ، ކޮޅުބުގެ ޕޮލިހުގެ އިންސްޕެކްޓާ ޖެނެރަލް އަށް، ކޭ މިސްކީނު ކިޔާ ޝްރީލަންކާ މީހަކު، މާލޭގެ 6 ނަންބަރު ފިހާރާގެ ސިންނައްޕޫ ކިޔާ މީހަކު އޭނާގެ ކޮއްކޮ/ބޭބެ ރާއްޖެ ގެންދިޔަކަމާއި، ތުންތުންމަތިން ދެކުވޭ ވާހަކައިން، އޭނާގެ ކޮއްކޮ/ބޭބެ މަރުވެއްޖެ ކަން އިވި، އެ ސިންނައްޕޫއަށް އެތައް ސިޓީއެއް ލިޔެ، ޖަވާބެއް ލިބިފާނުވާ ކަމާއި، އަދި އެހެންވެ، އޭނާގެ ކޮއްކޮ/ބޭބެ، ދުނިޔޭގާ ހުރިނެތް ކަން ބައްލަވާދެއްވުމަށް އެދި، ލިޔެފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެ ސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާ ފޮނުވި ސިޓީއެއްކަން ބަޔާންކޮށް، އަދި އެކަމުގެ ހަބަރުބަށްލަވާ ދެއްވުމަށް އެދި، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް (N-15)އާއެކު ފޮނުވާފާވާ ހަވާލާ ސިޓީއެއް.A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
              Sri Lanka -Maldivian Embassy - letter(Official)

              Sem título
              NAM DOC-MN-N-15B · Item · 1908
              Parte de Documents

              1908މ ޖުލައި 24(1326ހ ޖުމާދިލްއާހިރު 26)ގާ، ޝްރީލަންކާއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، ކޮޅުނބުގެ އިންސްޕެކްޓާ ޖެނެރަލްއަށް، ސިންނަވަށްޕޫ، އޭގެ 4 މަހެއްހާ ކުރިން ރާއްޖެއަށް ދިޔަކަން އެނގިވަޑައިގަންނަވާ ކަމާއި، އެކަމަކު، ކޭ މިސްކީނުގެ ކޮއްކޮ/ބޭބެ މަރުވެފާވާ ކަން އެނގިވަޑައިގެން ނެތް ކަމާއި، އެކަން ބަށްލަވާދެއްވުމަށް އެދި ރާއްޖެޔަށް ސިޓީއެއް ފޮނުއްވަވައިފި ކަމުގާ ލިޔެ ފޮނުވާފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާއަށް ފޮނުއްވެވި ސިޓީއެއްކަން ބަޔާންކޮށް އަބްދުލް ހަމީދުގެ ސޮއި ކޮށް މާލެފޮނުވާފާވާ ސިޓީއެއް. A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
              Sri Lanka -Maldivian Embassy - letter(Official)

              Sem título
              NAM DOC-MN-N-17 · Item · 1908
              Parte de Documents

              1908މ ޑިސެންބަރު 4(1326ހ ޒުލްގައިދު 10)ގާ، ކޮޅުބުގާ ހުންނަވާ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ؛ ޝްރީލަންކާ ސަރުކާރުން އޭނާޔާ ބައްދަލުކުރަށްވާ، ވިލާތުން އެ ސަރުކާރުގާ، ރާއްޖޭގާ އުޅޭވައްތަރުގެ ދެތިން ވާލަށް އެދިފާވާވާހަކަ ބުނެ، އެއެއްޗެތި ކުނިނުވެ ގެންދާނެގޮތް ލިޔެފާ އިނގިރޭސިވިލާތުން ފޮނުވާފާވާ، އެސަފީރަށް އަތްޕުޅަށް ދެއްވި، ލިޔުމެއްގެ ކޮޕީއެއްގާ، އޭނާ، އެ ބައްދަލުވުމުގެ ވާހާކަ ވިދާޅުވެ، ދިވެހިސަރުކާރަށް ލިޔުއްވައިގެން އެކަންތައް ކޮށްދެއްވިދާނެކަމުގާ އޭނާ ވިދާޅުވި ކަމާ، އެކަމަށް ބޭނުންވާތަކެތި ޝްރީލަންކާ ސަރުކާރުން ދޭންބުނުމުން، އެކަން ދިވެހި ސަރުކާރުން ކުރެވިދާނެކަމުގާ ވިދާޅުވި ކަމާ، އަދި އެއްޗެތި ކުނިނުވެ ފޮނުވާނޭގޮތް ދިވެހިން ލިޔުއްވާ، އަދި ވީހާވެސް އަވަހަކަށް އެކަން ކޮއްދެއްވުމަށް އެދި؛ ރާއްޖޭގެ ބަނޑޭރި ގެޔަށް ފޮނުވާފާވާ ސިޓީއެއް.A letter requesting to sent a sample of a Maldivian bat species, togehter with instructions for its preparation for shipment (Size: 13.1" x 8")
              Sri Lanka - Maldivian Embassy - letter(Official)

              Sem título
              NAM DOC-MN-S2 - 39 · Item · 1900
              Parte de Documents

              1317ހ(1899މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 7ވަނަ އަހަރު، ނިލަންދިއަތޮޅު ދެކުނުބުރި(ދ.) ވާނީ، ކަތީބު މޫސާ ގެދަރި އަލީ، އަށް ވަންދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
              Letter of appointment for an island chief (Size: 13.2" X 8.2")
              R - Vandhoo - Shrine endowment letter

              Sem título
              NAM DOC-MN-S2-38 · Item · 1900
              Parte de Documents

              1318ހ(1900މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 8ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި (ރ.) ވަންދޫ، އިބްރާހީމް ގެދަރި އަހުމަދުއަށް ވަންދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
              Letter of appointment for an island chief (Size: 13.2" X 8.2")

              Sem título
              NAM DOC-MN-S2-34 · Item · 1906
              Parte de Documents

              1324ހ(1906މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 4ވަނަ އަހަރު، ތިލަދުންމަތި އުތުރުބުރި(ހއ.) މުޅަދޫ، މޫސާ ގެދަރި އާދަމްއަށް މުޅަދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
              Letter of appointment for an Imam (Size: 13.2" X 8.2")
              Ha - Mulhadhoo - Shrine endowment letter

              Sem título
              NAM DOC-MN-S2-35 · Item · 1906
              Parte de Documents

              1324ހ(1906މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 4ވަނަ އަހަރު، ކޮޅުމަޑުލު(ތ.) އޮމަދޫ، ހަސަން ގެދަރި މުހައްމަދުއަށް އޮމަދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
              Letter of appointment for an Imam (Size: 13.2" X 8.2")
              Th - Omadhoo - Shrine endowment letter

              Sem título
              NAM DOC-MN-N-88 · Item · 1908
              Parte de Documents

              1908މ ޑިސެންބަރު 10(1326ހ ޒުލްގައިދު 16)ގާ، ، ރާއްޖޭގެ ސަފީރު، އީ. އަބްދުލް ހަމީދު ދީދީ، ބޮޑުބަނޑޭރިގެޔަށް؛ ޒުލްގައިދަ 9ގާ، ތިރިނާކޮޅު، ވެދުން ހިފައިގެން، ކޮޅުނަބަށް ގޮސް، އެއިން ފޮނުވި، ޝައްވާލް 21ގާ ލިޔެފާވާ ސިޓީ، -/4500ރުފިޔާ، ވެދުމުގެ ސާމާނު، ސަރުކާރުގެ މަސް، ކޮފުރާ އަދި ލޮނުމަސްވެސް ހަމަޔަށް ލިބުނު ކަމާ، އެއެއްޗެތި ވިއްކާ، އެއިރު ހުރި ހިސާބު، އެ ނާކޮޅުން ފޮނުވާނެ ކަމާ، އަދި އެނަވުން ފާމުދޭރި ކިލެގެފާނުގެ ދަރިކަލުން، އަބްދުލް މަޖީދު ދީދީ އަދި ކަކާގޭ އިސްމާއީލް ދީދީގެ ދެބަފައިން ވެސް ކޮޅުބަށް ދިޔަކަމާ، އަދި ހައްދުންމަތީގާ ބައިތް އޮޑިޔާ، ފަތުހުލް ރަހްމާނު ނާކޮޅާ ބަންގާޅަށް ދިޔަކަމާ ދެން ފުރި ނާކޮޅު އަދި ނުދާ ކަމުގެ ހަބަރު، މުހައްމަދު ކަލޭފާނު، ތެލިގިރާފުން25، ޑިސެންބަރުގާ، އެންގި ކަމާ، ވެލާނާގޭ މުހައްމަދު ދީދީ މެން އުޅޭނޫޅޭގޮތް ބަލާކަމުގާ އަންގާ ޝްރީލަންކާ ސަރުކާރުން ފޮނުވާފާވާ ސިޓީއެއްގެ ކޮޕީއެއް ފޮނުވިކަމާ، މިސިޓީ ލިޔެނިކޮށް ބަންގާޅުން ލިބުނު މުހައްމަދު ކަލޭފާނުގެ ސިޓީއެއްގާ، ނުގޮސްގެން އުޅުނު އޮޑިޔަށް ދެވުނީ ބައެއް މުދަލާ މަތީ ހުރި ކެބުސަލާމަތިތަކާ އުކާލާފާ ކަމާ، އަދި އަމާނަތުލް ރަހުމާނު ނާކޮޅު ކޯރަކަށް ފެތިއްޖެޔޭ ކިޔާ މާލެޔަށް ލިބިފާވަނީ ދޮގު ހަބަރެއް ކަމާ، ހަނޑުލުގެ އެކި ބާވަތުގެ އަގާއި، އަލި-ހަނޑޫ ކިޔާ ބާވަތެއްގެ ހަނޑުލުގެ ނަމޫނާ، އެއޮޑިން ފޮނުވާނެ ކަމާ، މިސިޓީގެ މިހިސާބުން މުހައްމަދު ކަލޭފާނުގެ ތެލިގިރާފެއް ލިބި، އަމާނަތުއް ރަހުމާނު ނާކޮޅު ސެޓިގަމަށް ވަދެ، އެތަނުން ދެން ދާނީ ބަންގާޅުއަށް ކަމުގާ އޭގާ އޮތް ކަމާ، އަދި އެދުވަހު، ގާލީގެ ގަންދަރަ ކިޔާ ހިސާބަކުން، ރާއްޖޭގެ ބޮއްކުރައެއް ފާޑު އެއްޗެއް ފެނިގެން އުޅޭކަމުގެ ވާހަކަ މުހައްމަދު އިސްމާއީލް ލިޔެފާވާތީ، އެއްވެސް ނާކޮޅަކުން ދޯންޏެއް ގެއްލުނުތޯ އަހާ، ބަންގާޅަށް، އެސަފީރު ސިޓީއެއް ލިޔުނު ކަމާ، މި ހުރިހާ ކަމެއް ތަފްސީލުކޮށް ބަޔާންކޮށް؛ ފޮނުވާފާވާ ސިޓީއެއް.
              (Size: 10.15" x 7.35")
              Sri Lanka - Maldivian Embassy - letter(Official)

              Sem título
              NAM DOC-MN-N-105 · Item · 1907
              Parte de Documents

              1325ހ ޝައުބާން 26(1907މ އޮކްޓޯބަރު 4)ގާ، ސްރިލަންކާގާ ހުންނަ ދިވެހި އެނބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގެއަށް؛ ކަރާ ބޯޓުން އޭނާޔަށް ފޮނުވި ސިޓީ ލިބުނުކަމާއި، މިއީ އޭގެ ޖަވާބުކަމުގާ ބުނެ، ވާކަރަށް އަންގަން ބުނެފާވާ ކަންކަން އަންގާ، ބަންނަމުން ގެންދާ ބޯޓު، މުޅިން ދަގަނޑުން ބަނދެ 10ދުވަހުގެ ތެރޭގާ ނިމޭނެ ކަމާ، އެއުޅަނދު މާލޭ ގެންދާނީ ރޫޅާލައިގެން ކަމަށްވާތީ، މީހުންނާ އިންޖިނޭރަކާވެސް ދާންވާނެކަމާ، އެކަމާ މެދު ފެންނަގޮތެއް ބުނެ އެންގުމަށާ، އަދި، ގުޅީ އަލީކަލޭފާނުގެ ކުޑަބައްތެލި މާލެއިން ފާދިއްޕޮޅަށް ދާން ދިޔަ މަގުމަތީ ކާށިދޫއަށް ޖަށްސާ، އެތަނުން ފުރައިގެން ދަނިކޮށް ގަދެވެގެން، ބެހިގެންގޮސް 5 ދުވަހު ކަނޑުމަތީ ވެފާ، ޖަފްނާކައިރީގާ އޮންނަ ތާވަށްކަޑޭ ކިޔާ ތާކަށް އުރި، އެތާ އެއްދުވަހު ތިބެފާ އެތަނުން މަންނާރު ކިޔާ ހިސާބެއްގާ 9 ދުވަހު ތިބެފާ، ޝްރީލަންކާ ސަރުކާރުގެ ހަރަދުގާ ރޭލުން ކޮޅުބަށް، ސެޕްޓެންބަރު 21ގާ ގޮސް، މަރައްކާރު( އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް)ގެ ގޭގާ، ހެޔޮ ހާލުގާ ތިބި ކަމާ، އޭގާ ތިބީ ނައިފަރު 6، ކުޅުދުފުށި 2 އަދި ނޮޅިވަރަމު 1 މީހެއް ކަމާ، އަދި އޭގާ ގެންދިޔަ އެއްޗިއްސާ، އެތަކެއްޗަށް ވީގޮތް އަދި އެމީހުންނަށް ކަންތައްތައް ކުރާނޭގޮތް ބުނެ، އަދި ޝްރީލަންކާޔަށް ދާ ބޯޓުން ދާ ޕެސެންޖަރުންގެ އަތްނުކަނޑާ(ކަށިވިދުރި ވެކްސިން) ދޫނުކުރާ ކަމާ، އަދި އެތާގާ ބަލިމަޑުކަން ގިނަވެފާވާ ދުވަސްކޮޅަކަށް ވާތީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ވިސްނަންޖެހޭނެ ކަމާއި، އދވސ. ލިޔެ؛ އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
              (Size: 10.45" x 8.2")
              Sri Lanka - Dhivehi Embassy - letter(Official)

              Sem título