1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑުބަނޑޭރިގެޔަށް؛ މަތީގާ ' އިސްކޫނަރު މޭރީ އިން'، މިހެން މަތީގާ ޖަހާ، ސަފަރު 3ގާ ލިޔެފާވާ ސިޓީއާ 3 ފޮށި ލިބި، އެއްފޮށީގާ އޮތް ކޮތަޅުގާ ހުރި، އިސްޓޭންޕަށް އަގު ދެއްކުމަށް ފޮނުވި ލާރި އެތާގެ ޓްރެޝަރީއަށް ގެންގޮސް އެމީހުން އޭގާވާ ލާރި ގުނިއިރު -/100ރުފިޔާ މަދުވެ އަދި އެއިން ވަގު ނޫޓެއް ފެނުނު ކަމާ އެކަމާބެހޭ އެކިއެކި ވާހަކަޔާ، އަދި 900ބަސްތާ ހަނޑޫ، ބަސްތާއަކަށް -/11 ރުފިޔާވެސް ނުޖެހޭ އަގެއްގާ، ނާކޮޅަށް ލީ ކަމާ، އިސްޓޭންޕަށް -/2500 ރުފިޔާ ދީ އަދި ތިންމަހެއްހާ ދުވަހުން އެތަކެތި ލިބެންވާއިރަށް މާލެއިން ލިޔާނެ ކުއްޖެއް ފޮނުއްވެވުމަށް އެދި، އަދި އެއްގަމުގޭ އަބްދުލޯހި ދީދީ، ކާލީކޯޓު(ކެލިކަޓް)އަށް ވަޑައިގަތުމަށް، ސޫދުކުޅި(ޓުޓިކޯރިން)އަށް ވަޑައިގެން ހަބަރު ލިބޭ ވާހަކަޔާ، އެނާކޮޅުން ހެންވޭރުގަނޑުވަރުގެ އަދި ފަޅުކޮންނަ ބޯޓުގެ ސާމާނު ފޮނުވިކަމާ، މުހައްރަމް މަހު، މުލަކުން ބެހިގެން ޖާވާޔަށް ދިޔަ މީހުންގެ ތެރެއިން ސަލާމަތްވީ 9 މީހުން ފޮނުވާ ވާހަކަޔާ، އަދި އޭގެ 6 މީހުން، ކަޑުމަތީ ބަނޑަށް މަރުވިކަމާ، އެ 9 މީހުން، ކޮޅުބަށް ދިޔައީ ޖާވާއިން ޕިނާގު(ޕިނޭންގް)އަށް ގޮސްފާކަމާ، އަދި ބަނޑޭރިގެއިން ފޮނުވަން އެންގެވި ހުސެއިން ތަކުރުފާނު އާއި އިބްރާހީމް މަނިކުވެސް އެނާކޮޅުން ދާނެ ކަމާ، ފައިސާކޮޅެއް ފޮނުވަން އެދިފަޔާ، ކަންތައްތައް ލަސްވި ސަބަބާ އަދިވެސް އެހެނިހެން ވާހަކަ ލިޔެ؛ ފޮނުވާފާވާ ސިޓީއެއް.Sri Lanka - Maldivian Embassy - letter(Official)
(Size: 10.15" x 10.85)
Modern History; The 1900s
98 Description archivistique résultats pour Modern History; The 1900s
1332ހ ޒުލްހައްޖު 4(1914މ އޮކްޓޯބަރު 24)ގާ،(ލިޔުނު ފަރާތެއް އިނގޭކަށް ނެތް)އަތިރީގޭ އަބްދުލް ހަމީދު ދީދީޔަށް؛ ދޮންމަނިކުގެ އަބްދުއްލޯގެ ސަލާމްއާއި، އަބްދުލް މަޖީދު ދީދީ ހާލު ރަނގަޅުކަމުގާ ބުނެ ފަށްޓާފާވާ، ދިއްދޫ އޮޑި އުރުނީ ޒުލްގައިދު 30 މެންދުރު 12 ޖެހިއިރުގާ ކަމާ، އެވާހަކަ، ހައްޖުމަހުގެ 2ވަނަރޭ، އިނގުމުން، އެދުވަހު ނާޖޫއާ، އޭނާޔާ(ލިޔުނުފަރާތް)، އަބްދުއްލޯ އަދި އެނަވުގެ މާލިމީއާ އެންމެން، އެބޯޓު ފުންވޭތޯ އާގު ބޯޓެއް ހޯދަން އުޅެނިކޮށް، އުރުނު ބޯޓުގެ 3 މީހުންނާ ދިމާވެ، އެއޮޑި އޮތީ އެއްގަމުގައޭ ބުންޏަސް ރަނގަޅުވާނޭ ބުނުމުން، އެ ހަތަރު މީހުން އެއޮޑި ކައިރިޔަށް ގޮސް ބަލާ އަދި ދެން އޮތްގޮތަކީ، މާލުބަނޑެއް ހިފައިގެން މުދާ ބާލާ އޮޑި ފުންކުރަން ޖެހުން ކަމުގަޔާ، އެވަރުންވެސް އޮޑި ސަލާމަތްވާނެހެން ހީނުވާ ކަމުގާ ބުނެ، އޮޑި ބީހިފާއޮތް ގޮތް ތަފްސީލުކޮށް ބަޔާންކޮށް، އަދި އެހާދިސާ ހިނގީ އޮޑީގާ އާރުކާޓީ(ދަތުރުކުރާ އެއްޗެތި ބަނދަރަށްވަދެ ނިކުމެވާ މަގު ދައްކާން އަރާމީހާ) ހުއްޓާ ކަމާއި، ބޯޓު ބީހެންއުޅޭތީ ނަގިލިލާން، ބޯޓުގާ ތިބި މީހުން ބުނުމުންވެސް އެ އާރުކާޓީ އެ އަޑުނާހާ، އަދި ބީހުމުންވެސް މުދާކޮޅުވެސް ބާލާދޭން ނޫޅޭ ކަމާ، އަދި މުދާ ބާލަން ކުލީ މީހުންނާއި ސާމާނު ބޭނުންވާ ކަމުގަޔާ، އޮޑީ މީހުންނަށާ އަދި އެމީހުން ގެންގޮއްސާވާ ކާއްޓަށް ހަދާނީ ކިހިނެތްތޯ އަހާ، ތިރީގާ ނޯޓެއްގެ ގޮތުގާ، މިސިޓީ ލިޔުނުއިރުވެސް އަބްދުއްލޯ ދީދީ ވަޑައިނުގަންނަވާކަމާ، އަމާނަތުއްރަހުމާނުގެ ހަބަރެއް ނުވާ ކަމާ، ދިޔައީ ބޮޑުނާކޮޅު އާއި ހައްދުންމަތީ އޮޑިޔާ ކަމުގާ ލިޔެފާވާ، އަދި ސިޓީގެ ތިރީގާ އެހެން ދެއްޔެއް އަދި އަތުލިޔުމަކުން، 'ޒުވާބުދިނީ 1914 އުކްތޫބަރު 28'(1332ހ ޒުލްހައްޖު 8)ސިޓީއެއް. (Size: 10" x 8")
letter(Official)
1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ ހުސެއިނީ'ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 500 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 680.86 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Delmege Forsyth Company - Account
(N-90)ގެ ޑުބްލިކޭޓެއް... 4ވަނަ ސަފްހާގެ ތިރީގާ އަތުލިޔުމުން، މިކަރުދާހުގެ އަސްލު، ޕޯސްޓުން ފޮނުވާކަމުގާ، އިނގިރޭސިން ލިޔެފާވެއެ. (Size: 10.95" x 8")
Sri Lanka - Delmege Forsyth & Company Agent - letter(Official)
1326 ރަމްލޯނު 6(1908މ އޮކްޓޯބަރު 2)ގާ، ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ ޝައުބާން މަހު 26ވަނަ ދުވަހު، ވެލިދޫގޭ ބައްތެލި، ގާފަރުބޭރުން ނުކުމެ މާލެޔަށް އައުމުގެ މަގުމަތީ، ގަދަވެގެން، ބެހިގެންގޮސް، ޝްރީލަންކާގެ، އުސްވެތިކެއިޔަވަޔޭ ކިޔާ ހިސާބަކަށް އުރި، އެހިސާބުގާ ތިބި މީހުން އެމީހުންނަށް އެހީވުމުން ފުރާނަޔަކަށް ގެއްލުންނުލިބި ސަލާމަތްވީ ކަމުގާ އެބައްތެލީގާ ތިބި މީހުން ބުނި ކަމާ، އެމީހުން ރޯދަމަހުގެ 4ވަނަ ދުވަހު ކޮޅުނބަށް ގެނެސް، އޭރު އެމީހުން ތިބީ މަރަށްކާރުގޭގާ ކަމާ، އެމީހުންގެ އަތްކަނޑުވާފާ(ކަށިވިދުރި ވެކްސިން ދިނުން؟؟؟) ވީހާވެސް އަވަހަކަށް މާލެ ފޮނުވާނެ ކަމާ، އެބައްތެލީގާ ތިބީ ކުޅުދުފުށީ މީހުންކަމާ، އެމީހުންނަކީ: އަލީ، ކަނބުރު ހުސެއިންގެ ދަރި އާދަނު، އެދުރު އީސާގެ އަލީ، ރާވެރި އަހުމަދު، ހައްވާ އަލީގެ މޫސާ ކަމުގަޔާ، އޭގާ ހުރިކަމުގާ ބުނާ ތަކެއްޗަކީ: 700 ރޯނުބޮނޑި، ހުތްހަކުރު 15ބާގަ ކަމާ، އެއްޗެތިން ސަލާމަތްވީ 263 ރޯނުބޮނޑި ކަމުގަޔާ، އަދި މިހާދިސާޔާ ގުޅޭގޮތުން ބަދަލުވި ސިޓީތައް ފޮނުވި ކަމާ، އޭގެތެރެއިން އިނގިރޭސިން ހުރި ސިޓީ އަނބުރާ ފޮނުއްވާދެއްވުމަށް އެދި، 'އަބްދުލް ހަމީދު ދީދީ ދިވހިރާއްޖޭގެ ސަފީރު'ގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނަ ސޮއިކޮށް، މާލެ ފޮނުވާފާވާ ސިޓީއެއް.A letter sent to Malé updating a report on a ship that was wrecked in a storm off Sri Lanka (Size: 13.1" x 8.4")
Sri Lanka - Maldivian Embassy - letter(Official)
1349ހ ރަބީލްއާހިރު 30(1930މ ސެޕްޓެންބަރު 24)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 3، އެރަދުންގެ ރަސްކަމުގެ 29ވަނަ އަހަރު، ނިލަންދި އަތޮޅު ދެކުނުބުރި(ފަތުގާ އޮތީ އުތުރުކަމަށް)(ދ.)ބަނޑިދޫގެ ފާލައްބަކޮށް(ގަސްރުކުގެ ތެރެއިން ސަރުކާރަށް ނަގާބައި ވަކިކޮށް، ތައްޖަހައި ފާހަގަ ކުރުން)އެފާލައްބައިގެ 2/1 އެރަށު މާމިސްކިތު ބޯގަޔަށް ލަށްވާ، އަނެއްބައި، އަހަރަކު 50ކޮއްޓޭ ބޮށްޔަށް، ބޮލިކޮއްޓޭއަކަށް 2ރުފިއާގެ މަގުން، އަހަރުންއަހަރަށް، ދޮށުން(ހުކުރު މިސްކިތާ މެދުޒިޔާރަތުގެ މިސްކިތް ބަލަހަށްޓަން، ރަސްގެފާނުން ހޮށްވަވާފާ ތިބޭ މީހުން)ނަށް ދިނުމަށް އަމުރުކުރެއްވުމުން، އެކަން އަންގާ، އެރަށު ރައްޔިތުންނަށް، ބޮޑުބަނޑޭރިގޭން، ސިއްކަ(ވީދިގެން ކޮންތަނެއްގެކަން ނޭނގޭ)ޖަހާ، ލިޔެފާވާ ފަތެއް.
Dh.Ban'didhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size: 8.45" x 5.75")
1319ހ ރަބީލްއައްވަލް(1901މ ޖުލައި)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 9ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ނިލަންދި އަތޮޅު އުތުރުބުރީ(ފ) ހިމިތީ ރައްޔިތުން، އެމީހުންގެ ރަށުގެ ހުކުރު މިސްކަތް ބެލެހެއްޓޭނޭ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން؛ ހިމިތީގެ ރައްޔިތުން، އަހަރުން އަހަރަށް، ފުރަބަންޑާރަޔަށް(ސަރުކާރު) ދައްކަމުން އަންނަ ވާރުބޮލިން، އަހަރަކު 20ކޮއްޓޭ(12ހާސް ބޮލި = 1ކޮއްޓޭ) އެ މިސްކިތަށް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހަސަން ފާމުލަދޭރިކިލެގެފާނުގެ ދަރި އަލްވަޖީހު؟؟ އަލިމަނިކުފާނު ކިޔުމުން، މާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެފާވާ ފަތެއް. F.Himithi - Hukuru Miskiiy (Mosque)
(Size: 8.85" x 7.95")
1908މ ސެޕްޓެންބަރު 3(1326ހ ޝައުބާން 7)ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް'ގާ، ބޮޑުބަނޑޭރިގެޔަށް؛ ރަޖަބް 19 އަދި 22ގާ ލިޔެ، ތިރިނާކޮޅުން ފޮނުއްވި، ސިޓީ ލިބި، އެ ނާކޮޅުން ފޮނުވުމަށް އެދުނު، ބެންތެކި ފިލާ ނޫން، ހުރިހާ އެއްޗެތި ފޮނުވިކަމާ، އަދި އެ ނާކޮޅުގެ މާލިމީ، ދޮންކޮއިފުޅުގެ އަތުގާ، ފޮނުވި ތަކެތީގެ ހިސާބުކިތާބު ފޮނުވި ކަމާއި، އަދި މާލެއަށް، ހަމައެކަނި އެ ތިރިނާކޮޅުން ހަނޑޫ ގެންގޮސް ވިޔަފާރި ކޮށްފިއްޔާ، ވިއްސަކަށް ހާހުގެ ފައިދާ ވާނެކަމާއި، މިކަންކން ލިޔެ އޭނާ ސޮއިކޮށް؛ ފޮނުވާފާވާ ސިޓީއެއް.(Size: 8.2" x 5.25"
Sri Lanka - Maldivian Embassy - letter(Official)
1900މ ޑިސެންބަރު(ދުވަހެއްނެތް)(1318ހ ރަމްލޯނު)ގާ، 12 ފަރާތެއް ސޮއިކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ޝްރީލަންކާއަށް ވަޑައިގަތުމަށް މަރުހަބާކިޔާ، އަދި އެރަދުން އެއީ، ޝްރީލަންކާޔަށް ވަޑައިގެން އެންމެފުރަތަމަ ދިވެހި ވެރިޔާ ކަމުގާވުމުން އެކަމަށް ތަހުނިޔާ ދަންނަވާ، އެކިއެކި ތައުރީފާއި ހުޝާމަތުކޮށް، ފަށުވި އިބާރާތުން ލިޔެ، ފަހަތާއި ކާރި އަޅާ، ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.
Sri Lanka - Mosque - Writing(Commemoration)
(Size: 19.35" x 11.8")
1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، އާދަމްޖީ ލުކްމަންޖީ ކިޔާ ކުންފުންޏެއްގެ، ހިސާބުކިތާބު ބަލަހަށްޓާފާވާ، ބާކީ(ބެލަންސް)އަށް، 87/757 ރުޕީޒް އޮތް، ކަރުދާހެއް.(Size: 7.9" x 8.2")
Sri Lanka - Adamji Lukmanji Company - Account