1908މ އޭޕްރިލް 7(1326ހ ރަބީލްއައްވަލް 5)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ، އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް.
(Size: 9.95" x 7.75")
Sri Lanka - Walker Sons & Co. Ltd - Form(Package)
Modern History; The 1900s
98 Description archivistique résultats pour Modern History; The 1900s
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރުނުދައްކާމީހާ އަތުންނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމަނާ، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ކުޑަހުވަދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ޑމމ(119)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ، ވާރުގެ، މިފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ލިޔެފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
(Size:22.1" x 15")
Dh.Kudahuvadhoo - Tax
1908މ އޭޕްރިލް 6(1326ހ ރަބީލްއައްވަލް 4)ގާ، ސުތުލި، ރަނާއި ރިހީގެ ގަހަނާ އަދި ސީނުކަރާގެ 'އާޓްސް' އެއްޗެތީގެ ވިޔަފާރިކުރާ، އިންޑިޔާގެ ސާދާގަރުންގެ ކުންފުންޏެއް ކަމުގާވާ ދަޔަރާމް ބްރޯޒްގެ ޝްރީލަންކާގާ ހުންނަ ގޮފިން، ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް ފައިސާދެއްކި ކަމުގާ ޖަހާ، ޝްރީލަންކާގެ 5 ސެންޓު އިސްޓޭންޕެއް ޖަހާފާވާ، -/141 ރުޕީޒް ގެ އިންވޮއިސް އެއް.(Size: 10.2" x 7.8")
Sri Lanka - Account
1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ) އާއި ގުންޖާ ހުސެއިނީ ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ 15 އާއި 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ (N-50B އަދި N-50C) ފޮނުވާ، ރާއްޖެއަށް ވިއްކާފާވާ، 450؟؟؟ 950؟؟؟ ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91'ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.
(މަތީގާވާ 50 ނަންބަރުގެ ހިސާބުކިތާބުގެ ކަރުދާސް އެއީ އެއް ލެޖަރެއްގެ ކަރުދާސް ކަމަށް ބެލެވޭ)
(Size: 9.45" x 7.75")
Sri Lanka - Delmege Forsyth Company - Account
1345ހ މުހައްރަމް 29(1926މ އޯގަސްޓް 8)ގާ ލިބިފާވާ، 1926މ ޖޫނު 28(1344ހ ޒުލްހައްޖު 17)ގާ ޕޯސްޓު ތައްގަނޑު ޖަހާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދގެ ފަރާތުން، ބޮޑުބަނޑޭރިގޭ 'ޗީފް ޓްރެޝަރާ(ދައުލަތުގެ ހަޒާންދާރު)، މާލެ މޯލްޑިވް އައިލަންޑްޒް' އަށް އެޑްރެސްކޮށް، އަނެއްފަރާތުގާ، 6 ސެންޓުގެ 2 ސްޓޭންޕް ޖަހާ، ރެޖިސްޓްރީކޮށް ފޮނުވާފާވާ ސިޓީއެއްގެ(N-57) އުރައެއް. (Size: 9.35" x 4.25")
Sri Lanka - Maldivian Embassy - Envelope
1962މ ސެޕްޓެންބަރު 16)1382ހ ރަބީލްއާހިރު 16)ގާ، މާލެ އައިސްފާވާ ކަމުގެ ޕޯސްޓު ތައްގަނޑުޖަހާ، އައްސުލްތާނު މުހައްމަދު ދީދީ މޯލްޑިވް އައިލަންޑްޒް، ޓައިޕްކޮށް، އެޑްރެސްކޮށް، އެމެރިކާގެ 1 ސެންޓް އިސްޓޭންޕެއް ޖަހާފާވާ ސިޓީއުރައެއް.(Size: 9.45" x 4.25")
America - Envelope
1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-ޔޫސުފް ބަހީގެ ސަފްދަރީން-'، މިހެން މަތީގާ ލިޔެ، މިލަދޫގޭ އަލިމަނިކު އަތުގާ ފޮނުއްވި، އެ އޭޕްރިލް މަހު 10ގާ ލިޔުއްވާފާ ވާ ސިޓީޔާ އަދި ސަރުކާރުގެ -/3000 ރުފިޔާ ހަމަޔަށް ލިބުނު ކަމާ، އަދި 'ވާކަރާ'(ވޯކާ) ވާހަކަދަށްކައިގެން، އެ އަލިމަނިކު އާއި ހަސަނާ، އެތާގެ ކޮންނަބޯޓަކަށް، އެއެތިފަހަރު ހިންގާ، ގެންގުޅެން ދަސްކުރުމަށްޓަކާ ފޮނުވުމުން، އެމީހުން ގޮސް އެއީ މާލޭގާ އޮތް އެއްޗާ މުޅިން ތަފާތު އެއްޗެއް ކަމުގަޔާ، އެވަށްތަރުގެ އެއްޗެއް ދަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމާ، ޝްރީލަންކާ ސަރުކާރުން އެތަމްރީނު ދިނުމަށް ތައްޔާރަށް ތިބިކަމުގާ ވިޔަސް، އެތާގާ، މާލޭގާ އޮތްކަހަލަ ކޮންނައެތިގަނޑެއް ނެތްކަމުގަޔާ، އަދި މާލޭގާ އޮތް ކޮންނައެތި ވަކިވަރަކަށް ވުރެން ގިނައިން، އަދި އެކި ބާރުމިނުގާ ހިންގައިފިއްޔާ، އޭތި އަވަހަށް ހަލާކުވާނެކަމުގާ ވާކަރު(ވޯކާ) ލަފާދިންކަމާ، އަދި އޭގެ އިތުރުން، ގަންނަން އަންގާފާވާ ސާމާނު، އަލިމަނިކުމެން ދެމީހުންގެ ހަވާލުގާ، ސަފްދަރީން ފޮނުވާ ކަމާ، މިސިޓީއާއެކު، އެތަކެތީގެ ހިސާބު ފޮނުވާކަމާ، އަދި، ފޮނުވި، މާލޭ ކޮނުނުއިރު ފެނުނު ހިލަގާކޮޅުތައްވެސް ލިބި، އަދި އެގާތަކުތެރޭގާ، ވަރަށް ހުދުކޮށް، އޮތް ގާކޮޅު އެތާ މީހުންނަށް ދެއްކުމުން، އެކަހަލަ ގާ ހުރިތާކު ޖަވާހިރު ހުންނާނެކަމުގާ، ސިލޯނުގެ މީހުން ބުނިކަމާ، އެހެންކަމުން، ނެގޭ، އެޒާތުގެ ގާ ވަކިން ބެހެއްޓުމަށް ފެންނަކަމުގަޔާ، އަދިވެސް އެ ހިލަގާ ބަލާ، ފައިދާއެއް ހުރިއްޔާ، އަންގާނެ ކަމުގަޔާ، އަދި، އޭގެ އިތުރުން، ސަރުކާރުން، އާގުބޯޓެއް ދުއްވައިފިއްޔާ ފައިދާވާނެ ކަމުގާ ފެންނަކަމާ، އަދި އެވާހަކަ ވާކަރާ ދެއްކުމުން، އެމީހުންގެ 'ލޭޑީ ގޯޑަން' ކިޔާ ބޯޓު، އަހަރުދުވަހުގެ ޗާޓާރަށް، މަހަކު -/7500 ރުފިޔާއަށް ދީފާނެކަމުގާ ބުނިކަމާއި، ދެއްޔާ، ބަނދަރު-ހަރަދު ސަރުކާރުން ދެއްވާ، އެހެން ހުރިހާ ހަރަދަކާ 'ނޮކުސާނު'(ނުކުސާން/އުނދަގޫ؟؟) އެމީހުން އުފުލާނެކަމުގަޔާ، އެހެންވިއްޔާ އަހަރަކު ގިނަވެގެން ދާނީ 1ލައްކަ ކަމާ، އޭރުން -/70،000 ސަލާމަތް ކުރެވޭނެ ކަމާ، ބޯޓެއް ބަނދެއްޖެއްޔާ، އާހިރުގާ ހަރަދު ކުޑަވާނެކަމުގަޔާ، އެކަމަކު، ފުރަތަމަ ފަށައިގަނެ، އަހަރެއްހާދުވަސްވަންދެން، އަޖުމަބަލައިލަން ދުއްވަން، ރަންގަޅުވާނީ ކުއްޔަށް ހިފުންކަމުގާ ކަމާ، އަދި ޖޫނު 10ގެ ކުރީ ޖަވާބެއް ދިނުމަށާ، ކުއްޔަށް ހިފާނަމަ، ރަނގަޅަށް މަރާމާތުކޮށް، އޯގަސްޓް 1ގާ ހަވާލުކުރާނެ ކަމުގާ، ވާކަރުމެން ބުނިކަމާ، ބަރާކުރާނެ މުދާވެސް ލިބޭނެކަމުގަޔާ، އެހެން އެކަން ކުރުމުން، އެބަޔަކަށް އެކަނި މުދާ ބަރާކުރުމުގެ ކަންތައް ދިނުމުން، ސަރުކާރަށް އެތައް ހާސް ރުފިޔާއެއް ދީފާނެކަމުގާ ބުނެ، އެކަމުން ކުދި ވިޔަފާރިވެރިން ނައްތާލުމަށް އުޅޭ ބުންބާ މީހުން ކިބައިން ސަލާމަތް ވާނެކަމުގަޔާ، އިތުރު ފައިސާ ދެން ފޮނުވާނީ، އެންގުމުން ކަމާ، މި ހުރިހާ ކަންކަމެއް ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - letter(Official)
1318ހ ޒުލގައިދު 18(1901މ މާޗް 9)ގާ، މާންދޫގޭ ތުއްތު މަނިއްޕުޅު، ބާޒާރުގާ ހުންނަ، ބަނޑަހަ(ވިޔަފާރިކުރާން ވަގުތީ ގޮތުން ހަދައިފައި ހުންނަ ތަންތަން)ތަކުގާ އުޅޭ ބުންބާ އަދި ސޯޅިޔާ(ޝްރީލަންކާގެ މުސްލިމުން)މީހުން، ބަނޑޭރިގެޔަށް ގެންނަވާ، އެމީހުން ކައިރީގާ، ދޮށިމޭނާކިލެގެފާނުންގެ ގެދޮރަކަށް ވަދެ، މުދަލެއް ފޭރި، އެކިލެގެފާނުންގެ ބޭފުޅަކަށް އުނދަގޫކޮށް، އޭނާގެ އެއްވެސް މިލްކެއް އަތުލައިގަނެ، އަރައިގަނެ ނުވަތަ އެފަދަ އެއްވެސް ކަމެއް، އެމަނިއްޕުޅު ކުރެއްވިކަން، އެއިން އެއްވެސް މީހަކު ދެނެތިބިއްޔާ ދެނެތިބިކަމުގާ، ނުދެނެތިބިއްޔާ، ނުދެނެތިބިކަމުގާ ބުނެ ސޮއިކުރުމަށް އަމުރުކުރެއްވިކަން ބަޔާންކޮށް، އަދި އެމީހުން އެކަހަލަ އެއްވެސް ކަމެއް ނުދެނެތިބީމޭ ބުނެ، އަލީ ބަހީ އީސާ؟؟ޖީ ބަނޑަހަލުން، ޖީވަންޖީ ބަނޑަހަލުން، މޫސާ ބަހީ މުހައްމަދު އަލީ ބަނޑަހަލުން، ޔޫސުފް ބަހީ ތޮއްޔިބު ބަހީ ބަނޑަހަލުން، ކާދީ ބަހީ ތާޖް ބަހީ ފިހާރައިން، އދވސ، އެތައް ބަނޑަހަލަކާއި ފިހާރައަކުން، 42 މީހެއްގެ ނަން ލިސްޓުކޮށް، 4 މީހުންގެ ނޫން އެހެން އެންމެގެ ނަމާއި ދިމާލުގާ ސޮއިކޮށްފާވާ ލިޔުމެއް.
K.Male' -Order
(Size:16.3" x 13.01")
1326ހ މުހައްރަމް 13(1908މ ފެބްރުވަރީ 16)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ 'ލެޓާހެޑް'ގާ، '- ސަރުކާރުހިސާބު -'، ސުރުހީކޮށް، އެކި އެކި ތަކެއްޗާ ނިސްބަތްވާ އަގު ޖަހާފާވާ ލިސްޓަކާ، އެ ލިސްޓުގެ ތިރީގާ، އެ ހިސާބުގާ ބުނެފާވާ ތަކެއްޗަކީ، އަގުދީ ނިންމާފާވާ ތަކެތިކަމުގާ ލިޔެ، އަދި އޭގެ ތިރީގާ 'ކާރާގެ' ބޯޓުން 6ފީފާ ކާށިތެޔޮ އަދި 5 ފޮށިގަނޑު ފޮނުވިކަމާ، އެފޮށިގަނޑުގާ ވީ ކޮންކޮން ތަކެއްޗެއް ކަމާ، ހުންޑީއެއް ލިބިއްޖެއްޔާ، މާލެއިން، ވާކަރަށް('ވޯކާ އެންޑް ސަންޒް؟؟)، އެތެލުގެ އަގު ދެއްވުމަށާ، ވާކަރުގެ ބިލްތަކެއް މި ސިޓީއާއެކީ ފޮނުވިކަމާ، އަދި އެބިލްތައް ބައްލަވާ، އެޔަށްވީ ފައިސާ ފޮނުއްވާދިނުމަށާ، އަދި އެންމެކުރިން ފުރާ އެއްޗަކުން ފައިސާ ފޮނުއްވާދެއްވުމަށާއި، ފައިސާ ނެތިގެން ވަރަށް ދަތިވާކަމާއި ލިޔެ، އޭގެ އިތުރުން، ކަރުދާހުގެ ދެ އަރިމަތީގާވެސް އެކި އެއްޗެހި ނޯޓްކޮށްފާވާ ލިޔުމެއް.
(Size: 10.4" x 8.2")
Sri Lanka - Maldivian Embassy - Account
1908މ އޭޕްރިލް 4(1326ހ ރަބީލްއައްވަލް 2)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.(Size: 8.65" x 5.65")
Sri Lanka - Walker Sons & Co. Ltd - Form(Package)