Modern History; The 1900s

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        Modern History; The 1900s

          Equivalent terms

          Modern History; The 1900s

            Associated terms

            Modern History; The 1900s

              98 Archival description results for Modern History; The 1900s

              98 results directly related Exclude narrower terms
              NAM DOC-MN-N-67 · Item · 1908
              Part of Documents

              1908 ޖަނަވަރީ 31(1325ހ ޒުލްހައްޖު 27)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 21/940 ރުޕީޒްގެ ބާކީ(ބެލަންސް)އޮތް، ޑިސެންބަރު 31ން ޖަނަވަރީ 31ށް ވާ ހިސާބުކިތާބުގެ ކަރުދާހެއް.
              (Size: 10.5" x 8.25")
              Sri Lanka - Walker Sons & Co. Ltd - Account

              National Archives of Maldives
              NAM DOC-MN-N-66 · Item · 1907
              Part of Documents

              1907 ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 05/363 ރުޕީޒްގެ ބާކީ(ބެލަންސް)އޮތް، ނޮވެންބަރު 30ން ޑިސެންބަރު 19ޔަށް ވާ ހިސާބުކިތާބު ކަރުދާހެއް.
              (Size: 10.55" x 8.25")
              Sri Lanka - Walker Sons & Co. Ltd - Account

              National Archives of Maldives
              NAM DOC-MN-N-65 · Item · 1908
              Part of Documents

              1908މ އޭޕްރިލް 4(1326ހ ރަބީލްއައްވަލް 2)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، މރ. 'ޑީޑީ'ގެ ނަމުގާ، ރާއްޖެޔަށް ފޮނުވި މުދަލެއްގެ، އެކްސްޕޯޓް ފޯމެއްގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.
              (Size: 8.6" x 5.56")
              Sri Lanka - Walker Sons & Co. Ltd - Form(Package)

              National Archives of Maldives
              NAM DOC-MN-N-64 · Item · 1908
              Part of Documents

              1908މ އޭޕްރިލް 4(1326ހ ރަބީލްއައްވަލް 2)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.(Size: 8.65" x 5.65")
              Sri Lanka - Walker Sons & Co. Ltd - Form(Package)

              National Archives of Maldives
              NAM DOC-MN-N-62 · Item · 1908
              Part of Documents

              1908 މޭ 30(1326ހ ރަބީލްއާހިރު 29)ގާ، ޝްރީލަންކާގާ ހުންނަ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ މާލެ ބޮޑުބަނޑޭރިގެޔަށް؛ ބަނޑޭރިގެއިން، އަބްދުލް ހައިނީ ޝެއިހު ޖީވަންޖީގެ 'ޖަންދަރުން' ފޮނުއްވި، ރަބީލްއާހިރު 22ގާ، މަލިކު މީހުންގެ ހަބަރު ލިޔުއްވާފާވާ ސިޓީޔާ، މޫސާ ބަހީގެ ބަނޑަހަލުގެ -/1000 ރުފިޔާގެ ހުންޑީ ލަށްވާފާވާ ދެ ސިޓީޔާ، އެ ހުންޑީޔާ، މޭ 29ގާ ލިބިއްޖެ ކަމާ، އެ ސިޓީ ތަކުގާ ހުރިގޮތަށް ކަންތައް އެބަ ކުރަށްވާކަމާ، މިކަންކަން ބުނެ؛ ފޮނުވާފާވާ ސިޓީއެއް.
              (Size: 10.2" x 7.85")
              Sri Lanka - Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-59A · Item · 1908
              Part of Documents

              1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ، ދިވެހި އެންބަސީއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ 'މިދާ ޔޫސުފް ބަހީގެ ސަފްދަރީން ސަރުކާރަށް ފޮނުވާ ތަކެތީގެ ހިސާބު-'، މިހެން ސުރުހީކޮށް، އެ އުޅަދުން ފޮނުވާފާވާ ތަކެތީގެ ލިސްޓެއް.(N-59ގާ، ބުނެފާވާ)
              (Size: 10.1" x 7.85")
              Sri Lanka - Maldivian Embassy - list(Package)

              National Archives of Maldives
              NAM DOC-MN-N-59 · Item · 1908
              Part of Documents

              1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-ޔޫސުފް ބަހީގެ ސަފްދަރީން-'، މިހެން މަތީގާ ލިޔެ، މިލަދޫގޭ އަލިމަނިކު އަތުގާ ފޮނުއްވި، އެ އޭޕްރިލް މަހު 10ގާ ލިޔުއްވާފާ ވާ ސިޓީޔާ އަދި ސަރުކާރުގެ -/3000 ރުފިޔާ ހަމަޔަށް ލިބުނު ކަމާ، އަދި 'ވާކަރާ'(ވޯކާ) ވާހަކަދަށްކައިގެން، އެ އަލިމަނިކު އާއި ހަސަނާ، އެތާގެ ކޮންނަބޯޓަކަށް، އެއެތިފަހަރު ހިންގާ، ގެންގުޅެން ދަސްކުރުމަށްޓަކާ ފޮނުވުމުން، އެމީހުން ގޮސް އެއީ މާލޭގާ އޮތް އެއްޗާ މުޅިން ތަފާތު އެއްޗެއް ކަމުގަޔާ، އެވަށްތަރުގެ އެއްޗެއް ދަސްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމާ، ޝްރީލަންކާ ސަރުކާރުން އެތަމްރީނު ދިނުމަށް ތައްޔާރަށް ތިބިކަމުގާ ވިޔަސް، އެތާގާ، މާލޭގާ އޮތްކަހަލަ ކޮންނައެތިގަނޑެއް ނެތްކަމުގަޔާ، އަދި މާލޭގާ އޮތް ކޮންނައެތި ވަކިވަރަކަށް ވުރެން ގިނައިން، އަދި އެކި ބާރުމިނުގާ ހިންގައިފިއްޔާ، އޭތި އަވަހަށް ހަލާކުވާނެކަމުގާ ވާކަރު(ވޯކާ) ލަފާދިންކަމާ، އަދި އޭގެ އިތުރުން، ގަންނަން އަންގާފާވާ ސާމާނު، އަލިމަނިކުމެން ދެމީހުންގެ ހަވާލުގާ، ސަފްދަރީން ފޮނުވާ ކަމާ، މިސިޓީއާއެކު، އެތަކެތީގެ ހިސާބު ފޮނުވާކަމާ، އަދި، ފޮނުވި، މާލޭ ކޮނުނުއިރު ފެނުނު ހިލަގާކޮޅުތައްވެސް ލިބި، އަދި އެގާތަކުތެރޭގާ، ވަރަށް ހުދުކޮށް، އޮތް ގާކޮޅު އެތާ މީހުންނަށް ދެއްކުމުން، އެކަހަލަ ގާ ހުރިތާކު ޖަވާހިރު ހުންނާނެކަމުގާ، ސިލޯނުގެ މީހުން ބުނިކަމާ، އެހެންކަމުން، ނެގޭ، އެޒާތުގެ ގާ ވަކިން ބެހެއްޓުމަށް ފެންނަކަމުގަޔާ، އަދިވެސް އެ ހިލަގާ ބަލާ، ފައިދާއެއް ހުރިއްޔާ، އަންގާނެ ކަމުގަޔާ، އަދި، އޭގެ އިތުރުން، ސަރުކާރުން، އާގުބޯޓެއް ދުއްވައިފިއްޔާ ފައިދާވާނެ ކަމުގާ ފެންނަކަމާ، އަދި އެވާހަކަ ވާކަރާ ދެއްކުމުން، އެމީހުންގެ 'ލޭޑީ ގޯޑަން' ކިޔާ ބޯޓު، އަހަރުދުވަހުގެ ޗާޓާރަށް، މަހަކު -/7500 ރުފިޔާއަށް ދީފާނެކަމުގާ ބުނިކަމާއި، ދެއްޔާ، ބަނދަރު-ހަރަދު ސަރުކާރުން ދެއްވާ، އެހެން ހުރިހާ ހަރަދަކާ 'ނޮކުސާނު'(ނުކުސާން/އުނދަގޫ؟؟) އެމީހުން އުފުލާނެކަމުގަޔާ، އެހެންވިއްޔާ އަހަރަކު ގިނަވެގެން ދާނީ 1ލައްކަ ކަމާ، އޭރުން -/70،000 ސަލާމަތް ކުރެވޭނެ ކަމާ، ބޯޓެއް ބަނދެއްޖެއްޔާ، އާހިރުގާ ހަރަދު ކުޑަވާނެކަމުގަޔާ، އެކަމަކު، ފުރަތަމަ ފަށައިގަނެ، އަހަރެއްހާދުވަސްވަންދެން، އަޖުމަބަލައިލަން ދުއްވަން، ރަންގަޅުވާނީ ކުއްޔަށް ހިފުންކަމުގާ ކަމާ، އަދި ޖޫނު 10ގެ ކުރީ ޖަވާބެއް ދިނުމަށާ، ކުއްޔަށް ހިފާނަމަ، ރަނގަޅަށް މަރާމާތުކޮށް، އޯގަސްޓް 1ގާ ހަވާލުކުރާނެ ކަމުގާ، ވާކަރުމެން ބުނިކަމާ، ބަރާކުރާނެ މުދާވެސް ލިބޭނެކަމުގަޔާ، އެހެން އެކަން ކުރުމުން، އެބަޔަކަށް އެކަނި މުދާ ބަރާކުރުމުގެ ކަންތައް ދިނުމުން، ސަރުކާރަށް އެތައް ހާސް ރުފިޔާއެއް ދީފާނެކަމުގާ ބުނެ، އެކަމުން ކުދި ވިޔަފާރިވެރިން ނައްތާލުމަށް އުޅޭ ބުންބާ މީހުން ކިބައިން ސަލާމަތް ވާނެކަމުގަޔާ، އިތުރު ފައިސާ ދެން ފޮނުވާނީ، އެންގުމުން ކަމާ، މި ހުރިހާ ކަންކަމެއް ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.
              (Size: 10.1" x 7.85")
              Sri Lanka - Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-58 · Item · 1908
              Part of Documents

              1908މ މޭ 24(1326ހ ރަބީލްއާހިރު 23)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-އީ.ޖީގެ ދީނުގަންޖާއިން-'، މިހެންލިޔެ، ޝްރީލަންކާއަށް ރާއްޖޭން ގެންދާ މަސް ހުންނަނީ، މަސްގަނޑު މާބޮޑަށް ކަނޑާ، ރަނގަޅަށް ނުހިއްކާ، ކަށިވެސް ނުފިލުވާ ކަމުން، އެ މަހުގެ 'އިއްޒަތް' ދެރަވެ، ރަނގަޅު އަގު ނުލިބޭތީވެ، މަސް ގެންދާ ހުރިހާ ސޭޓުންނާ އަދި އެރަށުގެ މަސްގަންނަ 'ސަންމާންކާރު'ންނާ އޭނާ އެވާހަކަ ދެއްކުމުން، އެމީހުންވެސް އެކަން ވަނީ އެހެން ކަމުގާ ބުނާ ކަމާ، ރާއްޖޭން ބޭރުވާ މަހަކީ، އޭގެ ބޮޑުބައެއް ޝްރީލަންކާޔަށް ގެންދާ މަސް ކަމުގަޔާ، އަދި ޝްރީލަންކާ ސަރުކާރުން، ބޭރު އެހެން ގައުމުތަކުން ދިރޭ މަސް ގެނެސް، އެތާގެ ކޯރުކޯރަށާ ފެންފެންގަނޑަށް ލާ އެ އާލާކުރަން ވާހަކދަށްކަމުން ގެންދާ ކަމާ، ރާއްޖޭގެ މަހުގެ ފެންވަރު ދައްވަންޏާ، އާހިރުގާ ރާއްޖެޔަށް ވެދާނެ ގެއްލުމާ، ރާއްޖޭގެ މަސްވެރިންނަށް އެކަން ނުވިސްނޭތީވެ، ސަރުކާރުން، ކަމާބެހޭ އަމުރެއް ނެރުއްވުމަކީ ރަނގަޅުވާނެ ކަމެއްކަމުގާ ދެކޭ ކަމާ، އަދި މޫސާ ބަހީގެ ހައިދަރީން، ތިރިނާކޮޅަށް ސާމާނުލީ ދުވަހު ހަލާކުވީ ހެންވޭރު ގަނޑުވަރުގެ ހަތަބުކޮޅުގެ ބޮލާ، އާ ގޮނޑިޔަކާ، އަދި އިތުރު ފޮށިގަނޑެއް ފޮނުވި ކަމާ، ބަންގާޅުގަޔާ އަދި ސިލޯނުގާ ކާށްޓާ ކާށިތެލުގެ އަގު ދަށްވެއްޖެ ކަމާ، = ކުރިޔަށް އޮތް އަހަރު ބަންގާޅުގާ ހަނޑޫ ހަށްދާލޭ ގިނަވާނެ ކަމުގެ ވާހަކަ އިވޭ ކަމާ، ސުތުލިން ލިބުނު ގެއްލުން ބޮޑުކަމުން، ސުތުލި ހެއްދި މީހުންވެސް އެއަހަރު ހަށްދާނީ ހަނޑޫކަމުގަޔާ، ބަންގާޅު ސަރުކާރުންވެސް އެކަމާ އުޅޭކަމާ، އަދި ކަރާޗީގާ ހަނޑުލުގެ އަގު، 44-45ށް ކަނޑިއެއް(3 ނާޅި/3ކިލޯ) އަރައިފިކަމާ، އަދި ބަންގާޅުގާ ގަޑުބަޑު ވަރަށް ބޮޑުކަމާ މިއެންމެހާ ކަންކަން ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.(Size: 10.15" x 7.9")
              Sri Lanka - Maldivian Embassy - letter(Official)

              National Archives of Maldives
              NAM DOC-MN-N-57A · Item · 1926
              Part of Documents

              1926މ ޖޫނު 16(1344ހ ޒުލްހައްޖު 5)ގެ، ދަ ސިލޯނު އޮބްޒާވާ ނޫހުގާ، 'ވާލްޑް ޓުވާ އިން 28ޓަން ޔޮޓް'(28ޓަނު ނަވެއްގާ މުޅިދުނިޔޭގެ ދަތުރެއް) މިޝުރުހީ ދަށުގާ ލިޔެފާވާ ލިޔުންކޮޅެއް އޮތް ނޫސްކެފުމެއް.(N-56ގާވާ އުރައިގާ އޮތް)(Size: 22.45" x 4.5")
              Sri Lanka - News Cuttings (Foriegn)

              National Archives of Maldives
              NAM DOC-MN-N-57 · Item · 1926
              Part of Documents

              1926މ ޖޫނު 16(1344ހ ޒުލްހައްޖު 5)ގެ، 'ޓައިމްޒް އޮފް ސިލޯނު' ނޫހުގާ، 'ނޯވީޖިއަން ޔޮޓް އެޓް ދަ މޯލްޑިވްޒް'(ނޯވޭގެ ނަވެއް ދިވެހިރާއްޖޭގާ)، މި ސުރުހީގެ ދަށުގާ ލިޔެފާވާ ލިޔުންކޮޅެއް އޮތް ނޫސްކެފުމެއް.(N-56ގާވާ އުރައިގާ އޮތް)(Size: 6.75" x 2.55")
              Sri Lanka - News Cuttings (Foriegn)

              National Archives of Maldives