1357ހ ރަބީލްއާހިރު 21(1938މ ޖޫނު 20)ގާ، މިސުރުގެ ގާހިރާއިން، އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ދީދީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަށް؛ އެ މަހްކަމާ(ޑިޕާޓްމަންޓް)އިން، އެއަހަރުގެ ރަބީލްއައްވަލް 25ގާ ލިޔެފާވާ، ރަދުންނަށް ކޮލިލުމުގެ ގޮތުން ކުރަން ކަނޑައެޅި ކަންތައް ތަރުތީބުކުރެއްވި ކަން އެންގެވި ސިޓީއާ އެޔާ އެކު ފޮނުއްވި ލިޔުން ލިބުނުކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް.
(Size: 9.8" x 7.75")
Egypt - Royal Palace - Coronation(letter)
Modern History; The 1900s
98 Descrição arquivística resultados para Modern History; The 1900s
1318ހ(1908މ)ގާ،(ލިޔުނު ފަރާތެއް ނެތް) ސިރާޖުއްދީނު ފަނޑިޔާރު މަނިކުފާނުންގެ ގޯތީގެ ހުޅަނގުން އޮތް މަގާ އިންވެ ހުޅަނގަށް އޮތް ގޯތި، އެގޯތީގެ ވާރުތަވެރިން، ކަޅު އަހުމަދު ކޮޔަށް ވިއްކާ އަގުދީ ނިންމި ކަމުގާ ބަޔާންކޮށް ލިޔެފާވާ ލިޔުމެއް.
K.Male' - Writing(Housing Plot)
(Size: 4.67" x 5.3")
1215ހ(1800މ)ގާ، އައްއްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، މިނަން، 2ވަނަ ފޮޅުވަތުގާ، އަދި، ފަހު ފޮޅުވަތުގާ، އަލްހާޒިނު އަލްކަބީރު މުހައްމަދު، މިނަން، އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
(Size:14.85" x 12.2")
1324ހ(1906މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 4ވަނަ އަހަރު، ހައްދުންމަތީ(ލ.) ފޮނަދޫ، ހިރިހަމާދިގެ އަހުމަދު ގެދަރި ހަސަން ދީދީ، އަށް ފޮނަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an island chief (Size: 13.2" X 8.2")
1904 ޑިސެންބަރު 6(1322ހ ރަމްލޯނު 28)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00ރ ގެ ފުރުތަމަބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް.
އަދި މި ކަރުދާހުގެ ތިރީގާ:
ހަމަ އެތާރީހުކޮށް،... ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާގެ ދިވެހި ސަރުކާރުން ދެންވަން ނިންމަވާ، އެފައިސާގެ 2/1 ކަމުގާވާ 10،000.00 ރުފިޔާ 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވި 10،000.00 ރުފިޔާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ ތައްޔިބު އަލީއަށް ދެއްވާ، އަތުލެއްވި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ. (N-19އާ ގުޅޭ)
A receipt with five Laari Sri Lankan stamp on it (Size: 13.5" x 8.25")
Sri Lanka - Nur Bhai - Account(Money)
1908މ ސެޕްޓެންބަރު 3(1326ހ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ 'ތިރިނާކޮޅުން މިދަތުރު ގެންދާ ތަކެތީގެ ހިސާބު'، ޖަހާފާވާ، އެކިއެކި ތަކެތި(މސލ: ހަނޑޫ ބަސްތާ، ސައީދު އަބްދުލް ގާދިރުގެ ގުޑާކު ފޮށި، އަހުމަދު ދީދީގެ ރާނާ އީޓު، އަބްދުލް މަޖީދު ދީދީގެ ގިތެޔޮ ފޮށި، ބުޗާ މުހައްމަދު ފުޅުގެ ސިމެންޓު ފީފީ، ކަޅުހުރާގެ ދޮށީ ސީދީގެ ސިމެންޓު ފީފާ އދވސ) އަދަދާއެކު ލިސްޓުކޮށްފާވާ ލިޔުމެއް.(Size: 13.5" X 8.5")
Sri Lanka - Maldivian Embassy - list(Package)
1903މ ޖޫނު 23(1321ހ ރަބީލްއައްވަލް 27)ގާ، ކޮޅުބުގާ ހުންނަ ކޮލޯނިއަލް ސެކެޓްރިގެ އޮފީހުން، މެސާޒް، ޓީ.އޭ.ޖޭ ނޫރުބާއީ އެންޑް ކޮންޕެނީޔަށް، ދިވެހިރާއްޖެއިން ފޮނުވާފާވާ 3 ސިޓީ ހިމަނާ، އެކޮންޕެނީ ފޮނުވި ސިޓީ ލިބިނުކަމުގާ ލިޔެފާވާ ސިޓީއެއް.Notificaion of the receipt of letters from T.A.J Noorbai&Company (Size: 13.4" x 8.5")
Sri Lanka - Office of the Colonial Secretary - letter(Official)
1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް، ކޮލޮންބޯ އަޔަން ވާކްސް އިން، ދަ މޯލްޑިވިއަން ؟؟؟(އަތުލިޔުން ކިޔާކަށް ނޭނގެ.. ބޯޓެއްގެނަން)، މާލެގެ ނަމުގާ 1500.00ރުފިޔާ ލިބި، އެ އެކައުންޓަށް އެފައިސާ ލައިފިކަމުގާ ބަޔާންކޮށް، ސިލޯނުގެ 5 ސެންޓުގެ އިސްޓޭމްޕެއް ޖަހާފާވާ ރަސީދެއް.(Size: 8.01" x 5.55")
Sri Lanka - Walker Sons & Co. Ltd - Account(Money)
1908މ ސެޕްޓެންބަރު 3(1326މ ޝައުބާން 7)ގާ، ޝްރީލަންކާގެ ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ، އިނގިރޭސި 'ލެޓާހެޑް' އެއްގާ)، އޭނާ ސޮއިކޮށް، ފޮނުވާފާވާ '- ސަރުކާރުގެ ހިސާބު – ތިރިނާކޮޅު އައީ އަގޮސްތުން 22 ދުވަހު އެވެ' ޖަހާ، 1908މ އޯގަސްޓް 22(1326ހ ރަޖަބް 24)އިން 1908މ ސެޕްޓެންބަރު 2(1326މ ޝައުބާން 6)ގެ ނިޔަލަށް، ބަލަހަށްޓާފާވާ ހިސާބް ކަރުދާހެއް.(Size: 13.5" X 8.35")
Sri Lanka - Maldivian Embassy - Account
1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ކޮޅުނބުއިން، ރާއްޖޭގެ ސަފީރުގެ ނަމުގާ، ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން ހަދާފާވާ 'އިންވޮއިސް' އެއް.(Size: 5.7" x 8.9")
Sri Lanka - Brown & Co. Ltd - Account