1903މ މާޗް 17(1320ހ ޒުލްހައްޖު 17)ގާ، ރާއްޖޭގެ ރަދުންނަށް، ކޮޅުނބުގާ ހުންނަ 'ތޯމަސް ކުކް އެންޑް ސަންޒް، ބޭންކާޒް އެންޑް ޖެނެރަލް ޕެސެންޖާ އޭޖެންޓްޒް' ކުންފުނީން ސްވޭޒްއަށް ފޮނުވި ކޭބަލް(ޓެލެގްރާފް)އަކަށް، އަހުމަދު ދީދީ ދެއްކެވި 50/10،105 ރުޕީޒް، ގެ ފައިސާގެ ރަސީދު(އިނގިރޭސިން) އަދި މިކަރުދާހުގެ ނުފުށުގާ އޮތް، މިރަސީދުގެ ދިވެހި ތަރުޖަމާގާ ފައިސާ ދެއްކީ، އެއްގަމުގޭ އަހުމަދު ދީދީ ކަމުގާ ލިޔެފާ ލިޔުމެއް.(Size: 5.15" x 7.45)
Sri Lanka - Thomas Cook & Sons - Account(Money)
Modern History; The 1900s
98 Descripción archivística resultados para Modern History; The 1900s
1908މ ޑިސެންބަރު 1(1326ހ ޒުލްގައިދު 7)ގާ، ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީއަށް، ކޮޅުނބުގާ ހުންނަ ކޮލޯނިޔަލް ސެކެޓްރީގެ އޮފީހުގެ ނަމުގާ، އޭ.އާރް ސްލޭޓާ ކިޔާ މީހަކު ފޮނުވާފާވާ، 18985 ނަންބަރު ސިޓީ(އިނގިރޭސި) ނަކަލުކޮށް ލިޔެ، އޭގެ ތިރީގާ، 1908މ ޑިސެންބަރު 3(1326ހ ޒުލްގައިދު 9)ގާ، އެސަފީރު ސޮއިކޮށް މާލެ ބޮޑުބަނޑޭރިގެޔަށް؟؟؛ މަތީގާ އެވަނީ، އޭނާ އެތާގެ ސަރުކާރަށް، މުހައްމަދު ދީދީމެން ކޮޅުނަބަށް ގޮސް އުޅޭ ވާހަކ ލިޔުމުން އޭގެ ޖަވާބުގާ ފޮނުވި ސިޓީގެ ނަކެލެއް ކަމާ، އަދި އެބައިމީހުން ރާއްޖެ ދާން އުޅޭ ހަބަރު އިވޭ ކަމާ، އޮޑިފަހަރުން މިކަހަލަ ހަބަރު ނުފޮނުވެނީ، އެ އޮޑިފަހަރުތަކަށް އޮންނަ އިތުބާރުކުޑަކަމުންކަމާ، ނައިފަރު އަދި ހިންނަވަރު އޮޑިފަހުރގެ މީހުން އަލީ ދީދީ މެން ތިއްބަވާ ގެޔަށްދިޔަ ވާހަކަ މަރަށްކާރު ބުނި ކަމާ، އަދި އެހެންވެ އެއޮޑިފަހަރު މާލެ ދާނެ ގޮތް ހެއްދެވުން ރަނގަޅުވާނެ ކަމާ، އެއިން އެބޭފުޅުންގެ ސިޓީ ގެންގޮސްފާނެ ކަމުގާ ހީވާކަމުގާ ލިޔެ؛ އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.15" x 7.85")
Sri Lanka - Maldivian Embassy - letter(Official)
1357ހ ރަބީލްއާހިރު 7(1938މ ޖޫނު 6)ގާ، މިސުރުގެ ގާހިރާ އިން، އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ދީދީ، ދިވެހިރާއްޖޭގެ ކީރިތި މަހާ ރަދުންނަށް ރަސްކަމަށް ކޮލިލެއްވުމުގެ ކަންތައް ތަރުތީބުކުރަށްވާ ކޮމިޓީގެ ރައީސް(ވަކި ނަމެއް ނެތް)އަށް؛ 1357 ރަބީލްއައްވަލް 14(1938މ މޭ 15)ގާ އެ ފަރާތުން ފޮނުއްވާފާވާ ސިޓީޔާ(N-33)ގެ، އެކީގާ ފޮނުވާފާވާ ލިސްޓު(N-34)ލިބުނު ކަމާ، އެސިޓީގާ، ރަސްކަމަށް ކޮލިލާދުވަހު ގުރަނދަ ކިޔާނެ މީހަކު ބުނުމަށް އެދިފާވާތީ، އޭނަޔަށް ފެނިވަޑައިގަންނަވަނީ، ފަލީލަތުއް ޝެއިހު އައްސައީދު އަފީފުއްދީނު މަނިކުފާނާ ފަލީލަތުއް ޝެއިހު މޫސާ މަލިންކަލޯގެފާނާ ދެބޭކަލުން ކުރެ ރަދުން ހިތްޕުޅުހަމަޖެހޭ ބޭފުޅެއް ކަމުގާ ބުނެ، އެވާހަކަ ރަދުން އަރިހުގާ ދަންނަވަން އެދި؛ ފޮނުވާފާވާ ސިޓީއެއް.(Size: 9.8" x 7.75)
Egypt - Coronation day - Letter
1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Mesaaz Delmege Forsyth Company
1908 އޭޕްރިލް 30(1326ހ ރަބީލްއައްވަލް 28)ގާ، ޝްރީލަންކާގާ ހުންނަ، ދިވެހި އެންބަސީއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، އޭނާގެ ރަސްމީ 'ލެޓާހެޑް'ގާ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ 'މިދާ ޔޫސުފް ބަހީގެ ސަފްދަރީން ސަރުކާރަށް ފޮނުވާ ތަކެތީގެ ހިސާބު-'، މިހެން ސުރުހީކޮށް، އެ އުޅަދުން ފޮނުވާފާވާ ތަކެތީގެ ލިސްޓެއް.(N-59ގާ، ބުނެފާވާ)
(Size: 10.1" x 7.85")
Sri Lanka - Maldivian Embassy - list(Package)
1907 ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ އެންބަސީ އަށް ފޮނުވާފާވާ، 05/363 ރުޕީޒްގެ ބާކީ(ބެލަންސް)އޮތް، ނޮވެންބަރު 30ން ޑިސެންބަރު 19ޔަށް ވާ ހިސާބުކިތާބު ކަރުދާހެއް.
(Size: 10.55" x 8.25")
Sri Lanka - Walker Sons & Co. Ltd - Account
1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ޝްރީލަންކާގާ ހުންނަ ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން، އެތާގާ ހުންނަ ދިވެހި ސަފީރަށް، ތަކެއްޗަށް އެދޭ 12449 ނަންބަރު ފޯމުއާ ހަވާލާދީ، އެ ތަކެތި ފޮނުވި ކަމުގާ ލިޔެފާވާ ތަކެތި ފޮނުވިކަމުގެ ބިއްލަޑީ(ބިލް އޮފް ލޭޑިން)(Size: 8.55" x 5.85")
Sri Lanka - Brown & Co. Ltd - Account
1326ހ ރަޖަބް 18{1908މ އޯގަސްޓް 16..(ލިޔުމުގާ އޮތީ19....އޮޅުމެއް)}ގާ، މަލިކު މީހުންގެ ވެރިޔަކަށް އިސްކޮށްފާވާ، ފަތްތިލަގޯތި އިބްރާހީމް ތަކުރު، ކޮޅުނބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު އަބްދުލް ހަމީދު ދީދީ އަށް، އޭނާ ވިދާޅުވެފާ، އޭނާގެ ބައްޕައަށް(އިބްރާހީމް ދޮށިމޭނާ ކިލެގެފާނު) ފޮނުވުމަށް އެދި، ބޮޑުގަނޑުވަރު މަނިކުފާނާއި، ތިބި އެހެން ބޮޑުންނާއި، ނިޔަމިންނާއި އަދި އެންމެހާ ރައްޔިތުންނަށް މުހާތިބުކޮށް؛ މާލޭ ބޮޑުބަނޑޭރިގެއިން، އެމީހުންނަށް އަންގަވަން ކުރައްވާފާވާ އަމުރުތަކުގެ ސިޓީ، ރަޖަބް 15ވީ ބުރާސްފަތި ދުވަހު ލިބުމުން، 16ވީ ހުކުރުދުވަހު އެންމެން އެއްކޮށް އެސިޓީގާ ބުނެފާވާ: ސިޓީ ލިބުމަށްފަހު، ދިވެހިރާއްޖޭގެ ރަސްގެފާނާ އިދިކޮޅަށް އެރަށަށް ދިޔަ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އެހީތެރިކަމަކާ، އެއްބައިވަންތަކަމެއް ނުބަހަށްޓާ، ރަދުންނަށާއި ރަދުންގެ ބޮޑުންނާއި އެކުގާ ތިބިއްޔާ، ކުރީގާ އޮތްފަދައިން، މާލެ އައިސްގޮސް އުޅުވޭނޭ ކަމުގާ ވައުދު ކުރަށްވާފާ ވައުދު ގަބޫލުކޮށް އެކަމާ އެމީހުން އުފާވާ ކަމާއި، އެމީހުންނާއި އެމީހުންގެ ދަރިފަސްކޮޅުވެސް އެ ރަސްކަމުގެ ދަށުގާ ގެންގުޅުއްވާން އެދިދަންނަވާ، އަދި އެގޮތުގާ އޭރު އެތާގާ ތިބީ، އިސްދޫ މަނިކު ހާޖީ އާއި ވާދޫގޭ ޔޫސުބު ކަމާ، އޭގެފަހުން އެދެމީހުންނާ، އެއްވެސް ކަހަލަ ގުޅުމެއް އެހީތެރިކަމެއް، އެމީހުން ނުބާއްވާ ކަމާއި، އެކަމަކު އޭރުގާ، އެރަށުގެ ސަރުކާރުން އެމީހުންގެ ހަވަރުގެ ބާރު ދުއްވާލާފާވާތީވެ، މީހަކު ހިފާ ރަށުން ބޭރުކުރުން އެއީ ކުރެވޭނެކަމެއް ނޫންކަމާ، އެކަމަކު ސަރުކާރާ ގުޅައިގެން އެކަންބަލާ ކަމާ، އަދި އެ އަމުރުފުޅު ލިބުމުގެ ކުރީގާ، އެ މަނިކު ގެންގުޅުނު ބަނގަލާ ބޯޓު އެރަށުގާ އުޅޭ ސޯޅިޔާ ވިޔަފާރިވެރިއަކަށް ޗާޓަރަށް ދޫކުރުމުން، އޭނާ އެރަށުގެ ފަޅުވެރިން ލައިގެން އެބޯޓު ދުއްވަމުން ދާ ކަމާ، އެހެންވެ އެކަން ހުއްޓުވައިފިއްޔާ، އެމީހުން ކުއްވެރިވާނެކަމާއި، އެދެމީހުން އެރަށުގާ މުޅިއުމުރަށް ތިއްބަސް، އެއްވެސް ކަހަލަ އެހީއެއް، ރަހުމަތްތެރިކަމެއް، މަލިކު މީހުންގެ ފަރާތުން ނުލިބޭނެ ކަމާ، އަދި އެރަށުގެ އެންމެން، އެދެމީހުން ކައިރިޔަށް ގޮސް، އެމީހުން އެރަށުގާ ތިބެން ބޭނުމިއްޔާ ދިވެހި ސަރުކާރުން ސިޓީއެއް ގެނައުމަށާ، އެހެންނޫނީ އެރަށުގާ ނުތިބެވޭނެ ކަމުގެ އިންޒާރު ކުރިކަމާއި، އަދި އޭގެ ފަހުން، ދިވެހި ސަރުކާރުގެ ސިޓީއެއް ނެތިއްޔާ، އެއްވެސް ދިވެއްސަކަށް އެރަށަށް ނޭރޭނެ ކަމާ، އެމީހުންގެ ކިބައިން، އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ވެފާވާނަމަ، އެކަން އަންގަވާ އެކަމާ އަޅާނެ ފިޔަވަޅެއްވެސް އެންގެވުމަށް އެދި، 14 މީހުންގެ ނަންޖަހާ، ނަމާދިމާލުގާ ސޮއިކޮށް، މަތީ ވައަތު ކަނުގާ....'މިއީ މަލިކުން އައި ސިޓީއެކެ- އެމީހުން މަޑުވެތިބިއްޔާ، އިހުއުޅުނު ފަދައިން ރާއްޖެ ގޮސްއުޅުން ދެބައިމީހުންނަށް ރަގަޅެވެ...1908މ/10/10'(1326ހ/9/14)ލިޔެ، އެ ސަފީރު، ސޮއިކޮށް ފޮނުވާފާވާ ސިޓީއެއް.
މި ކަރުދާސް(ސިޓީ)ގެ އަނެއްފަރާތުގާ ވެސް ލިޔެފާވެއެ... އެކަމަކު ފަހުގެ ކޮންމެސް އިރެއްގާ އެފަރާތުގާ ފަހަތް އަޅާފާވުމުން އެބައި ވަނީ (މިވަގުތަށް) ގެއްލިފައެ.
Minicoy - letter(Official)
(Size:13" x 16.4")
1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރުނުދައްކާމީހާ އަތުންނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ވާނީގާ ވާރު ދޭން ޖެހެނީ، ޖުމްލަ ތލ(54)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވަރާއި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކިއެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ، ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްވެހިކަން ބަދުލުވުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ލިޔެފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Dh.Vaanee -Tax
(Size:22" x 14.95")
1326ހ ޒުލްހައްޖު 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 7ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި ރައްޔިތުން، އެރަށުގެ މާމިސްކިތް މައްޗަށް އިހުގެ ރަސްރަސްކަލުން ދެއްވަވާފާވާ ފަތްކޮޅުތައް، އެރަށް އަނދައިގެން ދިޔައިރު، ނެތިދިއުމުން، 1287ހ(1870މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ދެއްވި ފަތްކޮޅު ބާވެގެން އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވާގޮތަށް؛ އެ މާމިސްކިތާ އެމިސްކިތުގެ ހަރިންމަ(މިސްކިތާއި ޒިޔާރަތްފަދަ ތަންތަނަށްޓަކައި އެތަންތާނގެ ވަށައިގެން ދޫކޮށްފައި އޮންނަބިން) ސާފުކޮށް، މަރާމާތުކޮށް، އެތާގެ އެންމެހާ ކަންކަމެއް ބެލެހެއްޓުމުގެ ބޯގަޔަކަށް، ހުވަދޫއަތޮޅު(ގއ.) މާނާގަލަ ލަށްވާ، އަދި އެ މިސްކިތުގެ މުދިމަކަށް ވާރުކޮޑި(ވާރު ދޭން ނުޖެހުން؟؟)ލަށްވާ، އެބޯގަ ހަވާލުވެރިކަން، އެރަށު އެންމެންނަށް ލަށްވާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެ ރަދުންގެ ކައްތިރި މުދި(ސިއްކަ) ޖަހާ، މާލެ ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާ ގެދަރި ހުސެއިން ލިޔުނު ފަތެއް.
G.A.Villin'gili - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(Size:19" x 11.95)