Modern History; The 1900s

Área de elementos

Taxonomía

Código

Nota(s) sobre el alcance

    Nota(s) sobre el origen

      Mostrar nota(s)

        Términos jerárquicos

        Modern History; The 1900s

          Términos equivalentes

          Modern History; The 1900s

            Términos asociados

            Modern History; The 1900s

              98 Descripción archivística resultados para Modern History; The 1900s

              98 resultados directamente relacionados Excluir términos relacionados
              NAM DOC-MN-N-50A · Unidad documental simple · 1905
              Parte de Documents

              1905މ ޖޫނު 27(1323ހ ރަބީލްއާހިރު 21) 'ގުންޖާ ނައިޑްރީ'؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ފޮނުވާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 543.00 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް. (Size: 10.25" x 7.95")
              Sri Lanka - Account

              Sin título
              NAM DOC-MN-N-72 · Unidad documental simple · 1908
              Parte de Documents

              1908މ އޭޕްރިލް 9(1326ހ ރަބީލްއައްވަލް 7)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް.(Size: 9.95" x 7.8")
              Sri Lanka - Walker Sons & Co. Ltd - Form(Package)

              Sin título
              NAM DOC-MN-N-75 · Unidad documental simple · 1907
              Parte de Documents

              1907މ ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، އެސް.ޑަބްލިއު.ވޮލަސް އެންޑް ކޮންޕެނީ ކިޔާ ކުންފުންޏެއްގެ ހިސާބުކިތާބު ބަލަހަށްޓާފާވާ، ބާކީ(ބެލަންސް)އަށް،45/926 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size:7.5" x 8.95")
              Sri Lanka - S.W.Wallis & Company - Account

              Sin título
              NAM DOC-MN-N-77 · Unidad documental simple · 1908
              Parte de Documents

              1908މ އޭޕްރިލް 7(1326ހ ރަބީލްއައްވަލް 5)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއް.(Size: 7.5" x 8.95")
              Sri Lanka - Walker Sons & Co. Ltd - Form(Package)

              Sin título
              NAM DOC-MN-N-106 · Unidad documental simple · 1903
              Parte de Documents

              1321ހ(1903މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން؛ ޝްރީލަންކާގާ ހުންނަ ރާއްޖޭގެ މަރައްކާރުކަން(އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް) އެގައުމުގެ އެން.އެމް އަބްދުލްކަރީމު އަށް، ދެއްވައިފި ކަމާ، އަދި، ދިވެހި އޮޑި އަދި ނާ ފަހަރުން އެ މަގާމްގާ ހުންނަ މީހަކަށް، އިހުއްސުރެ، އޮންނަ ކޮންމެ ކަމެއް އޮންނާނެ ކަމާ، އަދި ދިވެހިރާއްޖޭގެ މީހަކު ކޮޅުނބުގަ ހާލުގާ ޖެހިގެން އުޅޭނަމަ، އެބަޔަކު ކޮޅުނބުގާ ތިބިހާ ދުވަހަކު، އެކަށީގެންވާ ގޮތުގާ، ވެވެންހުރި އެންމެ ރަންގަޅަކަށް، އެ މަރައްކާރުގެ އެހީ ލިބި، ބެހިގެން ދިޔަ ބަޔެއްނަމަ އެމީހުން މާލެ ފޮނުވާދޭން ޖެހޭނެ ކަމާއި، މި އެންމެ ކަންކަމުގެ އަމުރަށް ލިޔެފާވާ ފަތެއް..
              Sri Lanka - Designation
              (Size: 7.95" x 5")

              Sin título
              NAM DOC-MN-N-90A · Unidad documental simple · 1906
              Parte de Documents

              1906މ ޖޫނު 8(1324ހ ރަބީލްއާހިރު 15)ގާ، ޑެލްމޭޖް ފޯސީތު ގެ ފަރާތުން؛ ރާއްޖޭގެ ރަދުންނަށް ފޮނުވި ސިޓީ(N-90)ގާ ބުނެފާވާ، ރާއްޖޭގާ ހުރި އެމީހުންގެ ފިހާރަ އަގުކޮށްފާވާ، ހިސާބުކިތާބު.
              (Size: 10.8" x 8")

              Sin título
              NAM DOC-MN-N-79 · Unidad documental simple · 1908
              Parte de Documents

              1908މ އޭޕްރިލް 6(1326ހ ރަބީލްއައްވަލް 4)ގާ، ސުތުލި، ރަނާއި ރިހީގެ ގަހަނާ، އަދި ސީނުކަރާގެ 'އާޓްސް' އެއްޗެތީގެ ވިޔަފާރިކުރާ، އިންޑިޔާގެ ސާދާގަރުންގެ ކުންފުންޏެއް ކަމުގާވާ ދަޔަރާމް ބްރޯޒްގެ ޝްރީލަންކާގާ ހުންނަ ގޮފިން، ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، ފައިސާދެއްކި ކަމުގާ ޖަހާ، ޝްރީލަންކާގެ 5 ސެންޓު އިސްޓޭންޕެއް ޖަހާފާވާ، -/49 ރުޕީޒް ގެ އިންވޮއިސް އެއް.(Size: 10.15" x 7.8")
              Sri Lanka - Dayaram Bros - Account

              Sin título
              NAM DOC-MN-N-82 · Unidad documental simple · 1907
              Parte de Documents

              1325ހ ޖުމާދިލްއާހިރު 7(1907މ ޖުލައި 18)ގާ، އަބްދުލް ހަމީދު ދީދީ(ރާއްޖޭގެ ސަފީރު)، މާލެ ބޮޑުބަނޑޭރިގެއަށް ފޮނުވާފާވާ، ތިރިނާކޮޅަށް ލީ ފައްޗީއަށް ވީ ތަކެތި ލިސްޓުކޮށް، އެޔަށް އެކޮޅުން ނާލު ދެއްކިކަމާ، އަދި ބިއްލަޑީ ލިބުމުން، އެތަކެތި އެތާނާ ހަވަލުކުރުމަށް އެދިފަޔާ، ލިޔެފާވާ ސިޓީއެއް.
              (Size: 8" x 5")
              Sri Lanka - Maldivian Embassy - letter(Official)

              Sin título
              NAM DOC-MN-S2-33 · Unidad documental simple · 1907
              Parte de Documents

              1325ހ(1907މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، ފާދިއްޕޮޅު(ޅ.) ހިންނަވަރު، ހަސަން ގެދަރި އަބްދުއްރަހްމާނުއަށް ހިންނަވރުގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
              Letter of appointment for an island chief (Size: 13.2" X 8.2")
              Lh - Hinnavaru - Shrine endowment letter

              Sin título
              NAM DOC-MN-N-11 · Unidad documental simple · 1908
              Parte de Documents

              1908މ ޑިސެންބަރު 31(1326ހ ޒުލްހައްޖު 7)ގާ، ޝްރީލަންކާއިން، ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ އިނގިރޭސި 'ލެޓާހެޑް' އެއްގާ) 'ތިރިނާކޮޅުން ގެންދާ ދާގީނާގެ ހިސާބު'، މިހެންޖަހާ،ފޮނުވި ތަކެއްޗާއި، ނިސްބަތްވާ އަގު ޖަހާ، ލިސްޓުކޮށް، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ކަރުދާހެއް.
              (Size: 3.45" x 8.45")
              Sri Lanka - Maldivian Embassy - list(Package)

              Sin título