1326ހ ޖުމާދިލްއައްވަލް 17(1908މ ޖޫނު 17)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމުގެ 6ވަނަ އަހަރު އެރަދުންގެ ދަރުބާރުގާ މުލަކުއަތޮޅު(މ.) ކޮޅުފުށީ ރައްޔިތުން، އެމީހުންގެ ރަށުގާ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު އަޅުއްވާފާވާ މިސްކިތަށް، އިހު ރަސްރަސްކަލުން ދެއްވި ފަތްތައް ބާވެގެން އަލުން ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ އިހުފަތް ބެއްލެވިއިރު، އެއީ، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތަކާ، އެފަތުގެ މައްޗަށް އައްސުލްތާނު އަލްގާޒީ ހުސެއިން ފާމުލަދޭރި ކިލެގެ ދެއްވި ފަތަކާ، އެފަތުގެ މައްޗަށް، އައްސުލްތާނު އަލްގާޒީ އިބްރާހީމް އިސްކަންދަރު ލިޔެދެއްވި ފަތެއް ކަމާ، އެ ފަތްތަކުގާ، އެ މިސްކިތު ބޯގަޔަށްވާ، ކޮޅުފުށީގެ ފާލައްބަޔާ އެންމެހާ ތަކެތި، އެރަށު ދެކުނުން އޮތް ދިއްތުނޑި، އެރަށުގެ ދެ ފިރިހެނުންގެ ރަސް ބޮލި، އެމިސްކިތު ގޯތީ (ހަރިންމަ)ގާ ވަޅުލާ ކޮންމެ މީހެއްގެ ސަންދޯކުގާ އެޅި ފޮތިގަނޑު، އެރަށުގެ ގުލާމުން(އަޅުން)، އެރަށުން ކުރި ކޮންމެ މަސްވެރިކަމަކުން މަސްބަޔެއް، އޮޑި އޮޑީގެ ގޮއި މަސް، ކަހަނބަށްދާ ކޮންމެ ދިއުމަކުން ބައެއް އަދި ކޮންމެ ރާއެރުމަކުން ބަޔަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެތަނުގެ ހަވާލުވެރިކަން އެރަށު، ހަސަން އޮޅިގިނާކަލޯގެ ދަރިކޮޅަށް ލަށްވާ، އެރަށުގެ ހަތީބުކަމަށް، އެ ދަރިކޮޅަށް އިސްކަން ދޭންވާނެ ކަމާ، ބޮޑުތަކުރުފާނު ދެއްވި ފަތުގާ، އެއަތޮޅު ނާލާފުށި އަދި މެދުފުށި، އެ މިސްކިތަށް ލައްވާފާވާ ކަމާ، އެފަތުގާވާ ނާލާފުށީގެ މަތިކިބާ ދޮން ބީނާ ރުއްރުކަކީ އެހާތަނަށް އާއިރު މިސްކިތަށް ވެގެންވާ އެއްޗެއް ނޫން ކަމާއި، ބޮޑުތަކުރުފާނު ލިޔެދެއްވި ފަތުގާވާ މުހައްމަދު ހަތީބު ކަލޯއަށް ލައްވާފާވާ ރުކާއި ވަކަރުގަނޑުވެސް އެޒަމާނަށް އާއިރު އެނގިފެނިވެ ނުވާކަމާއި، މިއެންމެހާ ކަންކަމުގެ، އަމުރު، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރީގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size: 18.65" X 12.15
M.Kolhufushi - Mosque built by Bodu Thakurufaanu - Endowment for Shrine (ziyaaraiy)
Modern History; The 1900's
1 Archival description results for Modern History; The 1900's
1 results directly related
Exclude narrower terms
NAM DOC-MN-F0-148
·
Item
·
1908
Part of Documents