Modern History; The 1910's

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        Modern History; The 1910's

          Termes équivalents

          Modern History; The 1910's

            Termes associés

            Modern History; The 1910's

              6 Description archivistique résultats pour Modern History; The 1910's

              6 résultats directement liés Exclure les termes spécifiques
              NAM DOC-MN-F0-37 · Pièce · 1915
              Fait partie de Documents

              1334ހ(1916މ)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހަށް، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅުމީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދި ބައިވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އެއްބަސް ވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، އޭނާގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އޭނާގެ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަހްކަމާގެ އަސްލު ތައްގަނޑު ޖަހާފާވަ ނަކަލެއް. R-19)އެއީ، މީގެ އަސުލު) (Size:12.8" X 8.3") Chief Justices - Bandaara Naaibu Hussain Salahuddin
              A.Maamunagau - Endowment for Trees

              Sans titre
              NAM DOC-MN-F0-90 · Pièce · 1916
              Fait partie de Documents

              1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ:
              1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް.
              (Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin
              Mosque built by Aiminaa Maavaa Kilege - Endowment for Mosque

              Sans titre
              NAM DOC-MN-F3-9 · Pièce · 1915
              Fait partie de Documents

              1339ހ ޒުލްޙައްޖު(1921މ އޯގަސްޓު)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަނޑިޔާރު މަނިކުފާނުން، އަހްމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަންފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
              K.Male' - H.Kudafareege - Private Property

              Sans titre
              NAM DOC-MN-F0-87 · Pièce · 1915
              Fait partie de Documents

              1333ހ ޝައްވާލް 18(1915މ އޯގަސްޓް 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ށ.ބިލެއްފަހި ރަނަހަމާދި ކަލޭފާނުގެ ދަރި ފޭދޫ އަލީ ކަލޭފާނުއާ، ގާލީ ކޮއިއާ، ފޭދޫކޮށީގޭ އިބްރާހީމް ފުޅު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ ކުރީގެ ފަތް ކަމުގާވާ 1252ހ(1836މ)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު، އެތަނުގެ މިން ހިމަނާ ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ގަލޮޅު ފާރުރީތި މިސްކިތުގެ އިރުން، ބިލެތްފަހި ރަނަހަމާދިކަލޭގެ ދަރިން މައްޗަށް ވަގުފްވެ އޮތް ގޯއްޗެއް ކަމުގާ ސަބިތުވެ، އަދި އޭގެފަހުން، ކިހާދޫ އިބްރާހީމް ތަކުރުގެ ދަރި އައިސާފާނުގެ ދަރިން، އެމީހުންގެ މާމަގެ ވަގުފް މާވަތްކަޑަ ގޯތި، އެ ފޭދޫކޮށީ ގޯތި ތެރޭ އޮތްކަމަށް ބުނުމުން، އެތަނުގެ އިހު ފަތް ގެނެސް ބެލިއިރު، އެއީ، ގަލޮޅު ކޮލިހިނގާމަގު(މަޖީދީމަގ)ގެ ދެކުނައް އޮތް ގޯއްޗެއްކަމާއި، ހަވާލުވެރިންނަކީ އައިސާފާނުގެ ދަރި އައިމިނާފާނުއާ، އިސްމާއީލް ފާމުލަދޭރި ތަކުރުފާނުގެ ދަރި މުހައްމަދު މަނިކުގެ، ދަރިކޮޅު ކަމުގާ، 1251ހ(1835މ)ގާ، ހަމަ އެ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް ކަމާއި، އެގޯތި ފޭދޫކޯށީގޯތީގެ އުތުރުން އިރުވައި(އިރުއުތުރު؟؟)ކަނުގާ އޮންނަކަމަށް ސާބިތުވުމުން، މާވަތްކަޑަ ގޯތީ ވަކިކޮށް، ފަތެއް ލިޔެދެއްވަން ނިޔާކޮށް، ހަބަރުއިނގޭ ދުވަސްވީ މީހުންނާ، ދޮށުންގެ ބޭކަލުންނާ، ނައިބުބޭކަލުންނާ، ދޭވާނިން އެތަނަށް ހާޒިރުވެ، މިންއަޅާ، ކުރީގާއޮތްގޮތަށް މާވަތްކަޑަ ގޯތި ވަކިކޮށް، ފޭދޫކޮށިގޯތިން މަދުވީ ތަންކޮޅު، އެގޯތި ދެކުނުންއޮތް ބަންޑާރަގޯތިން ނަގާ، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size: 17.4" X 11.2") Chief Justices - Al Naaibu Hussain Salahuddin
              K.Male' - G. Feydhookoshee Goathi (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F0-153 · Pièce · 1913
              Fait partie de Documents

              1332ހ ސަފަރު 2(1913މ ޑިސެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް އަރިއަތޮޅު(އދ.) މަހިބަދޫ ރައްޔިތުން ގޮސް، އެމީހުންގެ ރަށުގެ ހުކުރު މިސްކިތާއި ކުޑަމިސްކިތް ބެލެހެއްޓުމަށްޓަކާ ބޯގައެއް ދެއްވުމަށް އެދި ދެންނެވުމުން، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާ ކުރަށްވާ، މަހިބަދޫ ހުކުރު މިސްކިތަށް، އެރަށުގެ ގޮއިފާލައްބައިގެ 2/1 އަދި ކުޑަމިސްކިތަށް ވިލިނގިލި(ކ؟؟؟)ފަޅުހުރާ ކިޔާ ރަށް ބޯގަޔަށް ދެއްވާ، އެދެމިސްކިތުގެ ހަވާލުވެރިކަން މަހިބަދޫ ރައްޔިތުންނަށް ލަށްވާ، އަދި މި ހަވާލުވެރިކަމުގެ ނާޒިރަކަށް ވާނީ، އެއިރަކު ރަސްކަމުގާ އިންނެވި ބޭފުޅަކު އިސްކުރެއްވި މީހަކު ކަމުގާޔާ، މިއެންމެހާ ކަންތައް ބަޔާންކޮށް، ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 18.9" X 12"
              A.Mahibadhoo - Hukuru/Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)e

              Sans titre
              NAM DOC-MN-F0-91 · Pièce · 1914
              Fait partie de Documents

              1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9"
              F.Dharan'boodhoo - Endowment for Shrine (ziyaaraiy)

              Sans titre