1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، މޫސަލް މަހްލީ ގެދަރި އައްނައިބު ސަލާހުއްދީނު ބަންޑާރަ މަނިކުފާނުންގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ ހާޖީ ހަސަންކަލޭފާނުގެ ދަރި ހާޖީ އަހުމަދު ކަލޭފާނު އައިސް؛ މާފަންނު ކުޑަކޮށީގާ އޮތް އަހުމަދު ހާޖީގެ ވަގުފް ގޯތި އޭނާއާއި އޭނާގެ އެއްބަޑު އެއްބަފާ މެދުތުއްތުއާއި ދޮށީތުއްތުގެ ރުހުމުގައި އެތިންބެއިންނަށް ހަމައަށް ބަހާ، އެގޯތީގެ އުތުރުބައި ހާޖީ އަހުމަދަށް، އެއާޖެހުނުބައި މެދުތުއްތުއަށް އެންމެ ދެކުނުބައި ދޮށީތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، (މީން ކޮންމެ މީހަހަކަށްވީ ތަނުގެ މިން ހިމަނާފާ) ލިޔެދެއްވުމަށް އެދުމުން، އެތާގެ އިހުފަތް ބައްލަވާ، އެފަތަކީ މިގޯތި އޭނާގެ ކާފަ ކަޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވުމަށް ފަހު، އެކަލޭފާނުން އެގޯތި ވަގުފް ކޮށް، އެކަލޭފާނުންގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، މިން ހިމަނާ، އައްނައިބު އަހުމަދު ބަންޑާރަ މަނިކުފާނުން 1272ހ(1856މ)(ފަތުގައި އޮތީ 1372... އެހެން ފަތްތަކަށް ބަލާއިރު އޮޅުމަކަށް ބެލެވޭ)ގާ ލިޔުއްވާދެއްވި ފަތެއްކަން ސާބިތުވުމުން، މިގޯތި އެތިން ބެއިންނަށް ބަހާ، ހާޖީ އަހުމަދު ކަލޭގެފާނަށް ލިބުނު ބައިގެ ބޮޑުމިން ބައްލަވާ، އެބައިގެ އިމާއި މިން ހިމަނާ، އަހުމަދުލްމަހްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - M.Baansaage - Deed for housing plot
Modern History; The 1920's
19 Archival description results for Modern History; The 1920's
1344ހ ޒުލްގައިދު 25(1926މ ޖޫނު 6)ގާ، F3-2ގާ 3ބަޔަށް ބެހި ގޯތިން، ކަނޑޫދޫ ދޮށީތުއްތުގެ ބައިގެ ފަތުގެ ނަކަލެއް. Size: 8.8" X 6.7"
K.Male' - M.Dhooriyaage (Housing Plot) - Deed for housing plot
1339ހ ޒުލްޙައްޖު(1921މ އޯގަސްޓް)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، އަހުމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަމްފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - Ma.Auge/Huvarafusee Kudage (Housing Plot) - Deed for housing plot
1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު ހުސެން ސަލާހުދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަތިރިގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ އަމިއްލަ މުދަލުން ގަނެ މިލްކުކުރި ހެންވޭރު ކުޑަފަރީ ގޯތިF3-9) ފަތް) ވަގުފް ކޮށް، އޭނާގެ ދަރި މުހައްމަދު ފަރީދުދީދީ ގެ ދަރިކޮޅަށް މިކަމުގެ ހަވާލުވެރިކަން ދެއްވި ކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، މި ބަސް އައްސަވާ، މިވަގުފް ސައްހަކަމަށް ނިޔާކުރައްވާ، އޭނާ އެދުނުގޮތަށް ފަތެއް ލިޔެދެއްވުމަށް ޝަރީއަތުގެ މަޖިލީހުން އަމުރު ކުރެއްވުމުން، އަހުމަދު މަހައްލީގެ ދަރި އައްނައިބު މުހައްމަދު ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - H.Kudafareege - Deed for housing plot
1342ހ ޖުމާދިލްއައްވަލް 14(1923މ ޑިސެންބަރު 22)ގާ، އައްނައިބު ހުސެން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަލްއަމީރު އަލްހާއްޖަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާ އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތީގެ ވާރުތަވެރީންގެ ތެރެއިން، އެއްބައި މީހުންނަށް ވީތަން، ބައްލަވައިގަނެ، އަނެއްބައި މީހުންގެ ތަން، އޭނާއަށް ހިބައިން ދީފާވާތީ، މިގޯތި އޭނާ މިލްކުވީކަމުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިގޯތި، މަރަދޫ ހަތީބު މަނިކަށް މިލްކުވެއްޖެކަމަށް ލިޔެދެއްވާފައިވާ ފަތް ބައްލަވާ، މިގޯތީވެރިންގެ ތެރެއިން، ސައްޔިދު ފާމުލަދޭރިކިލެގެފާނު އާއި، ސައްޔިދު ހަސަން މެދުސީދީއަށް ވީތަން، އައްސުލްތާނު އިބްރާހީމް ނޫރައްދީނުއަށް ވެދުމަށް އެރުވުމުން، މިރަދުންގެ ވާރުތައިން، މިގޯތި އަބްދުލް މަޖީދު ދީދީއަށް ހިބައިން ދެއްވާ، އަދި، މިގޯތިން ވެލިދޫގޭ ސިއްތިއަށް ވީތަނާއި އެހެން ބެހެނިވެރީނަށް ވީތަންވެސް، އަބްދުލް މަޖީދު ބައްލަވައިގަނެ، އޭނާއަށް މުޅި މިގޯތި މިލްކުވީކަމަގާ ސާބިތުވުމުން، މުޅިއެގޯތީ އެއީ އޭނާގެ މަލްކެއްކަމުގަ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Private Property
1344ހ ޖުމާދިލްއައްވަލް 19(1925މ ޑިސެންބަރު 6)ގާ، އައްނައިބު ހުސެން ސަލާހުދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަތިރިގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ އަމިއްލަ މުދަލުން ގަނެ މިލްކުކުރި، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާއި އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތި(F3-10ފަތް) ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް އެވަގުފްގެ ހަވާލުވެރިކަން ދެއްވި ކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، މި ކަން ބަށްލަވާ، މިވަގުފް ސައްހަކަމަށް ނިޔާކުރައްވާ، އޭނާ އެދުނުގޮތަށް ފަތެއް ލިޔެދެއްވުމަށް ޝަރީއަތުގެ މަޖިލީހުން އަމުރު ކުރެއްވުމުން، އަބްދުލޯ މަހައްލީގެ ދަރި ސައީދު ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Deed for housing plot
1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Beruge - Deed for housing plot
1347ހ ޖުމާދިލްއައްވަލް(1928މ އޮކްޓޯބަރު)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރަނަހަމާދި އާދަމް ކަލޭފާނުގެ ކުޑަކިބާ ބަނޑޭރި އަލްހާއްޖު އަލީކަލޭފާނު، މައްޗަންގޯޅި ބޮޑުގަލު، ފަތަސްލީގެ ކިޔާ ގޯތި، ބޮޑުގަލުގޭ އިސްމާއީލް މަނިކުގެ ދަރި ދޮންމަނިކުގެ އަތުން ގަނެފައިވާތީ، އެކަމަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތާގެ އިހުފަތުން، އެގޯތި އެއީ ބޮޑުގަލުގޭ ދޮންއަލީ ތަކުރުފާނުގެ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފައިވާކަމުގާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރުއްދީނު ލިޔެދެއްވާފާ ފަތެއް ކަމުގާ ސާބިތުވެ، އަދި މިގޯތީގެ ވާރުތަވެރި ދޮންމަނިކު، އަލީކަލޭގެފާނަށް -/550 އަށް ވިއްކިކަމުގާ އިގުރާރުވުމުން، މައްޗަންގޯޅި ގަނޑުވަރުގެ ދެކުނު މަގު ހެއްދެވީމާ، ގޯތި ކުޑަވުމުން، އަލީރަސްގެފާނު ގަނޑުވަރުގެ ހުޅަގުން އެހެދި މަގާ އިންވެގެން ދެކުނުން އެ ގޯއްޗަށް އެމަދުވިބައި ލަށްވާ މިން ހަމަކުރައްވާ، އަދި އެ އަލީކަލޭފާނުންގެ އެދުމުމުގެމަތިން އެގޯތި ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލެއްވުމަށް އެދުމުން، އެކަން އެގޮތައް ކުރައްވާ، އެ މަޖިލީހުން، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔުއްވާފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin
K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot
1346ހ ރަޖަބް 2(1927މ ޑިސެންބަރު 27)ގާ، މަހްކަމްތުލް ޝަރިއްޔާގެ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހަށް، ފާދިއްޕޮޅު އަތޮޅުވެރި އަލީބެ އާދަމް ކަލޭފާނު އާއި ތޮއްޑޫ އިބްރާހީމް މަނިކު އައިސް، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުކަމުގާ،1345ހ(1927މ)ގާ ފަތް(F5-27)ލިޔެދެއްވާފާވާ، ހ.ކަޅުހުރާގޭ އިރުން އޮތް މަގާ އިންވެގެން އިރުން އޮތް، މެދުރީ މުސްކުޅި މަނިކުގެ ވަގުފް ގޯތީގެ އުތުރުން އޮތް ގޯއްޗާ(މަސްއޮޑިގެF3-17B-)އި އެގޯތީގާވާ ގެ، ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން ޔޫސުފްފުޅުގެ ދަރިފުޅަށް، އަދި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް، އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ލަށްވާ، ފަތެއް ލިޔުމަށް ޔޫސުފްފުޅު ފޮނުވީތީ އައިކަމުގާ ބުނުމުން، އެކަން ބައްލަވާ، އެވަގުފް ސައްހަ ކަމަށް ނިޔާ ކުރެއްވުމުން، އެމަޖިލީހުން، އައްނައިބު އަހުމަދު މަހައްލީ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' -G.Hikifinifenmaagege - Deed for housing plot