Modern History; The 1920's

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        Modern History; The 1920's

          Termes équivalents

          Modern History; The 1920's

            Termes associés

            Modern History; The 1920's

              19 Description archivistique résultats pour Modern History; The 1920's

              19 résultats directement liés Exclure les termes spécifiques
              NAM DOC-MN-F3-10A · Pièce · 1925
              Fait partie de Documents

              1344ހ ޖުމާދިލްއައްވަލް 19(1925މ ޑިސެންބަރު 6)ގާ، އައްނައިބު ހުސެން ސަލާހުދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަތިރިގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ އަމިއްލަ މުދަލުން ގަނެ މިލްކުކުރި، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާއި އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތި(F3-10ފަތް) ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް އެވަގުފްގެ ހަވާލުވެރިކަން ދެއްވި ކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، މި ކަން ބަށްލަވާ، މިވަގުފް ސައްހަކަމަށް ނިޔާކުރައްވާ، އޭނާ އެދުނުގޮތަށް ފަތެއް ލިޔެދެއްވުމަށް ޝަރީއަތުގެ މަޖިލީހުން އަމުރު ކުރެއްވުމުން، އަބްދުލޯ މަހައްލީގެ ދަރި ސައީދު ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
              K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F0-26 · Pièce · 1923
              Fait partie de Documents

              1341ހ ޝައްވާލް 17(1923މ ޖޫނު 2)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ މަޖިލީހުގާ، ވަށަފަރު ހަސަން ވަތަބަޑޭރި ތަކުރުފާނުގެ ދަރި އަލީ ތަކުރުފާނު، އޭނާގެ މިލްކުގާވާ ހުރިހާ އެއްޗެއް، މިލްކުން ކަނޑާ، ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ތިބިހާ ދަރީންނަށާއި، އޭނާގެ މަރުވި އަންހެން ދަރީގެ ދަރިންނަށާ، އެމީހުން ނެތުމުން، އެދަރީންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
              އަދި މިފަތުގެ ނުފުށުގާ:
              1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް.
              Last will and testament (Size: 11.8" X 9.4")
              K.Male' - Endowment for property

              Sans titre
              NAM DOC-MN-F0-39 · Pièce · 1927
              Fait partie de Documents

              1345ހ ޖުމާދިލްއާހިރު 20(1926މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީޔާގެ، ބަންޑާރަ ނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ބުޗާ މުހައްމަދުފުޅު، އޭނާގެ އެއްބަނޑު ދޮންއަލިފުޅުގެ އަނބި ފިހާރަ ދޮންކޮއްކޮގެ ހަދީޖާފުޅު އާއި މޭނާގެ އާދަމް ކަލޭފާނު ދެމީހުންގެ މައްޗަށް، ހަމަހަމައަށް ހަވާލުވެރިކަން އޮތް، ގަލޮޅު ތުއްކަމަނާފާނު ހިންނައިގެ ހުޅަނގުން އޮތް، އުމަރު މޭނާ ބަނޑޭރި ތަކުރުފާނުގެ ވަގުފް ގޯތިން، އާދަމް ކަލޭގެފާނަށް އޮތްތަން، އޭނާގެ ދަރިކޮޅު މީހުން، ހަދީޖާފުޅު އާއި ހަވާލުކޮށް، އެކަމުގެ ބަދަލުގާ، ހަދީޖާފުޅުއާއި އޭނަގެ ފިރ ދޮންއަލިފުޅުގެ އަތުން -/256 ރުފިޔާ ނަގާ، އެ ލާރި އަނބުރާ ނުދައްކާހާ ހިނދަކު އެތަނުގެ ހަވާލުވެރިކަން ނުލިބޭނޭ ކަމުގާ، ހެކިންގެ ހާޒިރުގާ ލިޔުމަކުން ދީފާ ވާކަމާއި، މަގުތައް ތެދުކުރެއްވުމުގެ ތެރޭގާ އެގޯތީގެ އިމާއި މިން ތަފާތުވުމުން، އަލުން އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުފަތް ބަށްލަވާ، 1172ހ(1759މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން، އެގޯތި، އުމަރުމޭނާ ބަނޑޭރިއަށް ވަގުފްވެ އޮތްކަމަށް ސާބިތުވެ، 1316ހ(1898މ)ގާ، ހަތީބު ހުސެއިން ލިޔެދެއްވާފާވާ ފަތަކުން އެގޯތި އެއީ ޒަމާނުއްސުރެ ހަދީޖާފުޅު އާއި އާދަމް ކަލޭގެފާނަށް އޮތް ތަނެއް ކަމުގާ ސާބިތުވެ، އަދި، އެ އާދަމް ކަލޭފާނުގެ ދަރިކޮޅު މީހުން، ބުޗާމުހައްމަދު ފުޅު އެބުނާ ކަމުގެ މައްޗަށް އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީގެ ދަރި ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. Court order on a disupte over the land of Umaru Meyna Thakurufaanu Vagufu Goathi. The land was inherited equally by his two half-siblings, Buchaa Muhammadfulhu and Dhonalifulhu, as well as by his wife Fihaara Dhokkoge Khadijafulhu and Meynaa Adamkileyfaanu. The family of Meynaa Adamkileyfaanu's half-brother leased a part of inherited land to Khadijafulhu for 256 rufiyaa. Khadijafulhu claimed that the family would not be able to regain ownership of the land until they repaid what was owed. In the course of drafting this new document, it was found out that there were inaccuracies with the measurements of the land, which was then checked against an earlier document prepared by Al-Ghazi Muahmmad Muhhibbuddeen in 1759. That older document reportedly stated that Umaru Bandeyri had the right to inherit the land. The court was thus requested to certify the measurements, and to recognize another document, written in 1898 by Hatheeb Hussein and authenticated by Buchaa Muhammadfulhu, which was seen to prove that the land belonged to Khadhijafulhu and Adamkaleyfaanu who are descendants of the family. (Size: 14.8" X 9.6") Chief Justices - Bandaara Naaibu Hussain Salahuddin
              K.Male' - Umaru Meyna Thakurufaanuge Vagufu Goathi (Housing Plot) - Order (Private property)

              Sans titre
              NAM DOC-MN-F3-9A · Pièce · 1927
              Fait partie de Documents

              1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު ހުސެން ސަލާހުދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަތިރިގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ އަމިއްލަ މުދަލުން ގަނެ މިލްކުކުރި ހެންވޭރު ކުޑަފަރީ ގޯތިF3-9) ފަތް) ވަގުފް ކޮށް، އޭނާގެ ދަރި މުހައްމަދު ފަރީދުދީދީ ގެ ދަރިކޮޅަށް މިކަމުގެ ހަވާލުވެރިކަން ދެއްވި ކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، މި ބަސް އައްސަވާ، މިވަގުފް ސައްހަކަމަށް ނިޔާކުރައްވާ، އޭނާ އެދުނުގޮތަށް ފަތެއް ލިޔެދެއްވުމަށް ޝަރީއަތުގެ މަޖިލީހުން އަމުރު ކުރެއްވުމުން، އަހުމަދު މަހައްލީގެ ދަރި އައްނައިބު މުހައްމަދު ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
              K.Male' - H.Kudafareege - Deed for housing plot

              Sans titre
              NAM DOC-MN-F3-14 · Pièce · 1928
              Fait partie de Documents

              1347ހ ޖުމާދިލްއައްވަލް(1928މ އޮކްޓޯބަރު)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރަނަހަމާދި އާދަމް ކަލޭފާނުގެ ކުޑަކިބާ ބަނޑޭރި އަލްހާއްޖު އަލީކަލޭފާނު، މައްޗަންގޯޅި ބޮޑުގަލު، ފަތަސްލީގެ ކިޔާ ގޯތި، ބޮޑުގަލުގޭ އިސްމާއީލް މަނިކުގެ ދަރި ދޮންމަނިކުގެ އަތުން ގަނެފައިވާތީ، އެކަމަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތާގެ އިހުފަތުން، އެގޯތި އެއީ ބޮޑުގަލުގޭ ދޮންއަލީ ތަކުރުފާނުގެ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފައިވާކަމުގާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރުއްދީނު ލިޔެދެއްވާފާ ފަތެއް ކަމުގާ ސާބިތުވެ، އަދި މިގޯތީގެ ވާރުތަވެރި ދޮންމަނިކު، އަލީކަލޭގެފާނަށް -/550 އަށް ވިއްކިކަމުގާ އިގުރާރުވުމުން، މައްޗަންގޯޅި ގަނޑުވަރުގެ ދެކުނު މަގު ހެއްދެވީމާ، ގޯތި ކުޑަވުމުން، އަލީރަސްގެފާނު ގަނޑުވަރުގެ ހުޅަގުން އެހެދި މަގާ އިންވެގެން ދެކުނުން އެ ގޯއްޗަށް އެމަދުވިބައި ލަށްވާ މިން ހަމަކުރައްވާ، އަދި އެ އަލީކަލޭފާނުންގެ އެދުމުމުގެމަތިން އެގޯތި ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލެއްވުމަށް އެދުމުން، އެކަން އެގޮތައް ކުރައްވާ، އެ މަޖިލީހުން، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔުއްވާފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin
              K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F3-13 · Pièce · 1921
              Fait partie de Documents

              1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް.  (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
              K.Male' - G.Beruge - Deed for housing plot

              Sans titre
              NAM DOC-MN-F3-1 · Pièce · 1927
              Fait partie de Documents

              1346ހ ޖުމާދަލްއައްވަލު 18(1927މ ނޮވެންބަރު 13)ގާ އައްނައިބު މޫސަލް މަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުގާ، ބަނޑޭރިބެއިކަލުންނާއި، މާފަންނު ސަރުދާރުތުއްތު އައިސް؛ މާފަންނު ވައިޖެހޭކޮށްޓޭ ކިޔާތާންގާ، ބޮނޑިބަތްގޭ ކުޑަކޮއްކޮގެ ދަރި މަރިޔަމްފުޅުގެ ދަރި ތުއްތުއަށް މިލްކުވެފާވާކަމަށް، އެ މަޖިލީހުން، 1345ހ(1927މ)ގާ، ފަތްލިޔެދެއްވާފާވާ ގޯތި، ތުއްތުގެ ރުހުމާއެކު ސަރުކާރަށް ނަގާ، ހަމަ އެބޮޑުމިނަށް، ކުޑަކޮށީގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ތިންދަރީންނަށް މިލްކުވެފައިވާ ގޯއްޗާ އިންވެގެން އުތުރުން އޮތް ބަންޑާރަ ގޯތިން ބަދަލުދެއްވާ އެ ތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، މިން ހިމަނާ ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އެތުއްތުގެ އެދުމުގެމަތިން އެގޯތި ވަގުފްކޮށް، އެތުއްތުގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، އިމާއި މިން ހިމަނާ، އަހުމަދުލް މަހައްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
              K.Male' - M.Kandhooge (Housing Plot) - Deed for housing plot

              Sans titre
              NAM DOC-MN-F0-67 · Pièce · 1928
              Fait partie de Documents

              1347ހ ރަބީލްއައްވަލް 22(1928މ ސެޕްޓެންބަރު 7)ގާ، އިބްރާހީމް ނޫރައްދީނު އިސްކަންދަރު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، މާލެގާ ހުރި، އައްސުލްތާނު ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިޔާރަތް(ބިހުރޯޒުކަމަނާ މިސްކިތު ތެރޭގާ) ބެލެހެއްޓުމުގެ ކަންތައްތައް ރަނަގަޅު ގޮތަކަށް ދެމިހުންނާނެ ގޮތް ހެދުމަށްޓަކާ، އެންމެހާ ވަޒީރުންނާއި، ބޮޑުންނާއި މަޝްވަރާކޮށް، ކ.މާފުށި، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، އެއިރަކު ރަސްކަމުގާ ހުންނަވާ ބޭފުޅަކު އެޒިޔާރަތް ބަލަހައްޓަން މީހަކު އިސްކުރައްވަންޖެހޭނެ ކަމާއި، މާފުށިން ލިބޭ އެއްޗެހިންނާއި، އެ ޒިޔާރަތަށް ނަދުރަށް ގެނެވޭ އެއްޗެހިން، އެ ޒިޔާރަތުގެ ވިނަނޮޅާ ކުނިކެހުމާ، ދޮރާށި ދެފަރާތުގާ 2 ބަނޑިޔާކޮޅު ބެހެއްޓުމަށާ، ބޭރުފާރު ވަށާ 4 ލަންޓަން ބެހެއްޓުމާ، ކޮންމެ އަހަރަކު 'ފަސްހެޔޮރޭ'(4ބޯފޮޅި ދުވަހާއި ރަމްލާނު 29ރޭ) އެ ބަނޑިޔާ ދިއްލުމަށާ، އަހަރަކު އެއްފަހަރު ފާރުގާ ހުދުއުވަލާ، ކޮންމެ ފާތިހާދުވަހަކު އަސުރުނަމާދަށްފަހު 10މީހުން ލަށްވާ ފާތިހާ ކިޔެވުމާއި، ހުކުރުހޯމަ ވިއްލޭރާ 40މީހުން ލަށްވާ ޒިޔާރަތުގާ ޔާސީން ކިޔެވުމާއި، ކޮންމެ ހުކުރުދުވަހަކު ޒިޔާރަތުގެ ދޮރޯށި ހިރަފުސްފޮޅާ ސާފުކުރުމަށާއި، ފަރުދާ، ސަނދުވާ، ޒިޔާރަތުގާ ނަގާ ދިދަ އާއި، ދަވާދުލުމާއި، ވަޑާމުގެ ކަންކަންކުރުމާއި، އެއްޗެތި އާކުރުމުގެ ކަންކަން ބެބަލަހަށްޓަން ޖެހޭނީ ބައިތުލްމާލުން ކަމާއި، އަދި ކޮންމެ އަހަރަކު އެއްފަހަރު ހުދުއުވަލުމުގެ ކަންތަކަށް ބައިކަނޑި އުވައާއި، ޒިޔާރަތުގާ ލާ ދޮންވެލި މާފުށީ މީހުން ގެންނަން ޖެހޭނެ ކަމާއި، މިއެއްޗެތި ގެނެއުމަށް މާފުށީ މީހުންނަށް ދަތުރުކުރުމަށް އޮޑިއެއް އޮންނަންވާނެ ކަމާއި، މިހުރިހާ ކަމެއް، ދުނިޔެއޮތްހާތަ ދުވަހަކު ދެމިހުންނަންޖެހޭނެ ކަމުގާ އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލާ ލިޔެފާވާ ފަތެއް. Size: 18.5" X 10.6"
              K.Maafushi - Ghaazee Shrine (Bihuroazukamanaa Miskiiy) - Endowment for Shrine (ziyaaraiy)

              Sans titre
              NAM DOC-MN-F0-25 · Pièce · 1926
              Fait partie de Documents

              1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8"
              K.Thulusdhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sans titre