NAM DOC-MN-F0-64
·
Item
·
1. 1799, 2.1758, 3.1872
Part of Documents
މިކަރުދާހުގާ 3 ފަތެއް ވެއެ:
- 1213ހ ޝައުބާން(1799މ ޖަނަވަރީ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ، ކޮޅުމަޑުލު (ތ.)ވިލުފުށިގާ، ބަންޑާރަޔަށް އޮތް ފާލަށްބައަށްވީ އެއްޗަކުން، 8ކޮއްޓޭ ބޮލި އެރަށުގެ މިސްކިތް، ބެލެހެއްޓުމަށްމ، ބޯގަޔަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގެ އަމުރަށް، ލިޔެފާވާ ފަތެއްގެ ނަކަލެއް؟/ތަރުޖަމާއެއް؟.
- 1171ހ ރަމްލޯނު(1758މ މޭ)ގާ، ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު ގެދަރި އަލްގާޒީ މުހައްމަދު މުހީބުއްދީނުގެ ޝަރީއަތު މަޖިލީހަށް، ކޮޅުމަޑުލު(ތ.) ވިލުފުށީ މިސްކިތުގެ ވަގުފަށް ލަށްވާފާވާ ފުށިފަރަށް، އެއަތޮޅު ބުރުނީ މީހުން އަރާ، ރުއްއަޅާ، ހިތްތަލަ ކޮނެ، ރުއްތައް ކަނޑާ، އެރަށް ހަލާކު ކުރާކަމުގެ މައްސަލަޔާއެކު، ކުރީގެ ރަސްރަސްކަލުންނާއި، ފަނޑިޔާރުން ދެއްވާފާވާ ފަތްކޮޅު ހިފައިގެން، އެ މިސްކިތުގެ ވަގުފްގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ ކެޔޮޅު ދޮންތަކުރުގެ ދަރިކޮޅާއި އައިމިނާފާނުގެ ދަރިކޮޅުގެ މީހުން ގޮސް، އެކަން ބަށްލަވާ، ކޮޅެއްގާ ޖައްސާދެއްވުމަށް އެދުމުން، ބުރުނީ މީހުންނަށް މާލެ އައުމަށް އެންގެވުމުން، އެމީހުން މާލެ ނައިސް، ހަމަ، އެކަންކަން ކުރަމުންގެންދާ ކަމާއި، އެމިސްކިތުގެ ވަގުފާއި ހިލާފުވާކަން، ފަތްފަތުން ސާބިތުވެ އޮތުމުން، އެކަންކަން ކުރަމުންދާ ކަމުގެ ހެކި ހޯދާ، އެ ހެކިވެރިން ލަށްވާ ހުވާކޮށް، އެއްވެސް މީހެއްގެ ބަހަކަށް ޖެހިލުމެއްނުވެ މިގޮތަށް ޝަރީޔަތްކޮށް، ކުށް ސާބިތުވެއްޖެ ހިނދު، އެމީހުން މައްޗަށް، ތައުޒީޒުކޮށް(ދުއްރައިގެ އަދަބުދިނުން) އަދި މާލެ އައުމުގެ އަމުރަށް ނުކިޔަމަންވީކަމުގެ ކުށަށްވެސް، ހަމަ އެއަދަބު ދިނުމަށާއި، އެމީހުން އެޅި އަދި ކެނޑިހާ ރުކަކާއި، ކޮނުނުހާ ހިތްތަލައަކަށާއި، ދިންހާ ގެއްލުމަކަށް، ގަދަކަމުންނަމަވެސް، އެރަށުގެ ވެރިންނަށް އޮތް އެއްޗަކުން އަތުލާ، ވިލުފުށީ މީހުންނަށްއެ އަތޮޅުގެ އަތޮޅުވެރިޔާ، ހުސެއިން މަނިކުއަށް، އަންގަވާފާ އޮތް ފަތެއްގެ ތަރުޖަމާ؟/ނަކަލެއް؟.
- 1289ހ ޖުމާދިލްއާހިރު 15(1872މ އޯގަސްޓް 20)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގާ، ވިލުފުށީ އުމަރުގެ ދަރި ހަސަން، އޭނާގެ މިލްކުގާވާހާ ރުއްގަހުގެ 'ވަތުމާލު'ން ވަގުފް ސައްހަވާ ކޮންމެ އެއްޗެއް، އޭނާގެ ދެ އަންހެން ދަރިންނާއި އެމީހުންގެ ދަރިކޮޅަށް މަތިކޮށް ވަގުފްކޮށްފާ، އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނު، ފަތެއް ލިޔެދެއްވާފާ ވަނިކޮށް، އޭގެފަހުން ލިބުނު ފިރިހެންދަރިފުޅަށް، ބުނެވިދިޔަ ދެ އަންހެން ދަރިންގެ އިޒްނަ ލިބި، އެވަގުފްގެ ހަވާލުވެރިކަން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެދެ އަންހެން ދަރިން އިޒްނަދިން ކަމުގާ، ދެ ހެކިން ބުނުމުން، އެވަގުފް ސައްހަކަމުގާ ނިޔާކޮށް، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރު ލިޔެފާވާ، ތަރުޖަމާއެއް/ނަކަލެއް؟
- Three waqf documents for residential land, a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7"), 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin, 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin
1.Th.Vilufushi, 2.Th.Thimarafushi, 3.Th.Vilufushi - Vilufushi Miskiiy (Mosque) - 1.Endowment for Shrine (ziyaaraiy), 2.Order (Trees), 3.Endowment for Trees
- Three waqf documents for residential land, a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7"), 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin, 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin