1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި މަގުތެދުކުރެއްވުމުގެ ތެރޭގާ އުނިވެފާހުރި މީސްމީހުންގެ އަމިއްލަ ގޯތިގޯތި ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް، މާފަންނުގެ ސަރުދާރުންނާއި މުދިމުން އެދުނު އެދުމުގެ މަތިން، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން ހުރި އަމިއްލަ ގޯތިތަކުގެ މިން ހަމަކުރެއްވި އިރު، ހިރިމަރަދޫ އިސްމާއީލް ތަކުރު ގަނެ، މިލްކުކޮށްފާވާ ކަމުގާ، 1287ހ(1870މ)ގާ، އަލްގާޒީ އިބްރާހީމް މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތި، ހަމަކުރައްވާ، އެގޯތިން އެ އިސްމާއީލްތަކުރުގެ 5 ދަރިންގެ ބައިން، ކުރެންދޫ ވާނީ އާދަމްފުޅުއަށް ނުވިއްކާއޮތް، އެތާގެ އިރުމަތީބިތް، މާފަންނާއި މައްޗަންގޯޅި ދެއަވަށް ދެމެދުގާ އޮތް މަގާ އިންވެ، އަދި ހުޅަނގު ބިތް ވެލިދޫގޭ ހަދީޖާ ދީދީގެ ގޯއްޗާ އިންވެ އޮތް، އެދޮންކަމަނަގެ ބައި(މ.ފާގަތިގޯތި؟)، އެއީ އެދޮންކަމަނަގެ ދަރިންނަށް އޮތް، އޭނާގެ މިލްކު ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެބައިގެ މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
(ތާރީހެއް ނެތް)، މަތީގާ ބުނެފާއެވާ ގޯތީގެ ބެހެނިވެރިން، އެތަން، ވެލިދޫގޭ މުހައްމަދު ދީދީ އަށް -/90 ރުފިއާއަށް ވިއްކާ، އަގުހިފާ ހަލާސްކޮށް،(މިހިސާބަށް ނަކަލުކޮށް) އަދި، ދެންއޮތްބައި ކިޔަން ނޭނގޭ ކަމުގާ ލިޔެފާވާ ލިޔުމެއް.
Real estate document for Maafannu Faagathigoathi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
R00514; Maldives-- Faagathi Goathi-- Housing plot-- Private property; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; 50af63b34e3aafe8e7237217f698555dc4b8b2b01b927bd5a8010fc5c5293e09
1 Archival description results for R00514; Maldives-- Faagathi Goathi-- Housing plot-- Private property; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; 50af63b34e3aafe8e7237217f698555dc4b8b2b01b927bd5a8010fc5c5293e09
1 results directly related
Exclude narrower terms
NAM DOC-MN-F7-14
·
Item
·
1921
Part of Documents