1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"
R00554; Maldives-- Irujehi Goathi-- Deed for Housing plot; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; 4edc87a21fe2fb11f750557ca01e7946036c72d36705e3f961544293d6d55e72
1 Archival description results for R00554; Maldives-- Irujehi Goathi-- Deed for Housing plot; National Archives - Records Room Museum Building; This document (scanned JPG file) was sent to NAM by the President’s office. We do not have any information on who scanned and made this digital document. This document has not been published. The document was stored on a CD, later copied to a hard drive, then copied to the NAM server and moved once again to the NAM “Digital Data” server recently.; Yes; 4edc87a21fe2fb11f750557ca01e7946036c72d36705e3f961544293d6d55e72
1 results directly related
Exclude narrower terms
NAM DOC-MN-F9-11
·
Item
·
1959
Part of Documents