NAM DOC-MN-S3-5
·
Item
·
1949
Part of Documents
1360ހ ރަބީލްއާހިރު 3(1949މ އޭޕްރިލް 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން(ވުޒާރަތުލް ދާހިލިއްޔާގެ ތައްގަނޑުގާ)، ފެލިދެއަތޮޅު ފެލިދޫ، ހުސެއިން ގެދަރި އަހުމަދު އަށް، އެރަށުގެ މާމުދިންކަމާ، ޖަމާތްތެރިކަން އަދި ދުއާމާލޫދުއާއި ސަލަވާތްފާތިހާ ކިޔެވުމުގެ ޒިންމާ މަތިކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަން އަންގަވާ، ވަޒީރުލް ދާހިލިއްޔާ، ހަސަން ފަރީދު ދީދީ ސޮއިކޮށްފާވާ ލިޔުމެއް.Letter of appointment for an Imam (Size: 13.2" X 8.15")
V - Felidhoo - Shrine endowment letter