NAM DOC-MN-N-39
·
Item
·
1909
Part of Documents
1909މ މޭ 28(1327ހ ޖުމާދިލްއައްވަލް 8)ގާ، ކޮޅުނބުގާ ހުންނަ ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑުބަނޑޭރިގެއަށް؛ 'ފަތުހުލް ކަރީމު' ބޯޓުން، ސަރުކާރުގެ، 4ފީފާ ކާށިތެޔޮ ފޮނުވާ ކަމާއި، ގަންނަން ރަގަޅު، ކުޑަ އާގުބޯޓެއް(ދެލި އަންދައިގެން ދުއްވާ) ފެނިގެން، އޭނާ އެޔަށް އަރާ، ދުއްވާހަދާ، އެ ބެލި ކަމުގަޔާ، އެބޯޓުގެ ހުރިހާ ތަފްސީލެއް ވަރަށް ސާފުކޮށް ލިޔެ، އެބޯޓު، ނީލަމުގާ ޖުލައި 3ގާ، ވިށްކާލަން އުޅޭ ކަމާ، އެކަމަކު، ސިލޯނު ސަރުކާރާ ވާހަކަދަށްކައިގެން ގަނެފިއްޔާ އަގުހެޔޮވާނެ ކަމާ، ލަފާ އަގަކީ، 8-10ހާހާ ދޭތެރޭ ކަމުގަޔާ، އަދި ފޮނުވާ ތެލުގެ ބިއްލަޑީ(ބިލް އޮފް ލޭޑިންގް)، މި ސިޓީއާއެކި ފޮނުވި ކަމުގާ ލިޔެ؛ ފޮނުވާފާވާ ސިޓީއެއް.(Size: 8.15" x 5.15")
Sri Lanka - Maldivian Embassy - letter(Official)